Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހެރީ ކޭން

ރޮނާލްޑޯ އަދި މެސީއާ އެއް އަދަދަކަށް ތަށި ހޯދަން ބޭނުން: ކޭން

11 ޖެނުއަރީ 2018 | ބުރާސްފަތި 13:25

ދުނިޔޭގެ ބޮޑެތި ޓީމުތަކުން އަންނަނީ ކޭންއަށް ފާރަލަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 11 ޖެނުއަރީ 2018 | ބުރާސްފަތި 13:25
ހެރީ ކޭން

ހެރީ ކޭން

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަދި ރެއާލް މެޑްރިޑްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް އަދަދަކަށް ތަށި ހޯދަން ބޭނުންވާ ކަމަށް އިނގިރޭސިވިލާތުގެ ޓޮޓެންހަމްއަށް ކުޅެމުން އަންނަ ފޯވާޑް ހެރީ ކޭން ބުނެފިއެވެ.

ނިމިގެންދިޔަ 2017 ވަނަ އަހަރަކީ ކޭންއަށް ވަރަށް ކާމިޔާބު އަހަރެކެވެ. އޭނާ ވަނީ އެ އަހަރުގެ ތެރޭގައި ކުޅުނު 52 މެޗުގައި 56 ލަނޑު ޖަހާފައެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގައި ކުޅޭ އެހެން އެއްވެސް ކުޅުންތެރިޔަކަށް މި އަދަދަށް ލަނޑު ޖެހިފައެއް ނުވެއެވެ. ކޭންގެ މި ރެކޯޑާ އެކު އޭނާ ވެގެން ގޮސްފައި ވަނީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭ ރޮނާލްޑޯ އާއި މެސީއަށް ވުރެ ގިނައިން ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ 2017 ވަނަ އަހަރު ޕްރިމިއާ ލީގުގައި އޭނާ ޖެހި 36 ލަނޑަކީ ވެސް ރެކޯޑެކެވެ.

މަޝްހޫރު ޓީވީ ޗެނަލް އީއެސްޕީއެން އަށް ދިން އިންޓަވިއުއްގައި އުމުރުން 24 އަހަރުގެ ފޯވާޑް ބުނީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭ ރޮނާލްޑޯ އާއި މެސީއާ އެއް ފެންވަރަކަށް އެހެން އެއްވެސް ކުޅުންތެރިޔަކަށް ކުޅެވިފައި ނުވާ ކަމަށާއި އެ ދެ ކުޅުންތެރިންނަށް ތާރީހުން ޖާގަ ލިބޭނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ކަމަށެވެ.

މިދިޔަ އަހަރު އެ ދެ ކުޅުންތެރިންނަށް ވުރެ ގިނައިން ލަނޑު ޖެހުމަކީ ފަޚުރުވެރިވާން ޖެހޭ ކަމެއް ކަމަށާއި އޭނާއަށް މުހިންމު ވަނީ ކޮންމެ އަހަރަކު ވެސް އެ މަގާމު ހޯދުން ކަމަށް ކޭން ބުނެފައި ވެއެވެ. އޭނާ ބުނީ އެ ދެ ކުޅުންތެރިން ފަހަތަށް ޖައްސާލަން ބޭނުން ވާނަމަ އެ ދެ ކުޅުންތެރިންނާ އެއް އަދަދަކަށް ތަށި ހޯދަން ޖެހޭ ކަމަށާއި މިހާ ހިސާބަށް އޭނާގެ ޓީމާއެކު ކުރެވިފައިވާ ކަންކަމާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.

ކޭން ކުޅެމުން އަންނަ ޓޮޓެންހަމްއަށް މި ސީޒަނަކީ ތަފާތު ސީޒަނެކެވެ. ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑާ އެކު އެއް ގްރޫޕެއްގައި ހިމެނުނުއިރު އެ ޓީމުން ވަނީ އެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮލިފައިންގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި ސީޒަނާ ގުޅޭ ގޮތުން ކޭން ބުނީ އަދި ސީޒަނުގެ މިހާތަނަށް ޓީމުން ދައްކަމުން އަންނަ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ސްޓޭޑިއަމް ބަދަލުކުރުން ޖެހުމުން އެކަމުގެ އަސަރުތައް ފެންނަމުންދާ ކަމަށެވެ.

މީގެ ކުރިން މީޑިއާތަކުން ކޭން ސިފަ ކޮށްފައި ވަނީ "ވަން ސީޒަން ވޮންޑާ" އެއްގެ ގޮތުގައެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޭން ބުނެފައި ވަނީ އަދިވެސް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި އޭނާ މަސައްކަތްކުރަމުން އަންނަނީ ކޮންމެ ސީޒަނެއްގައި ވެސް ދައްކާ ކުޅުން އިތުރަށް ރަނގަޅު ކުރަން ކަމަށެވެ. އޭނާ ބުނީ އަމާޒަކީ ރޮނާލްޑޯ އާއި މެސީ ފަހަތަށް ޖައްސާލުން ކަމަށާއި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ލޭބަލްވުމަކީ ދެކޭ ހުވަފެނެއް ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ޓީމުތަކުން ކޭންއަށް ފާރަލަމުން އަންނައިރު ބެލެވޭ ގޮތުގައި އޭނާ ޓޮޓެންހަމް ދޫކޮށްލާނީ އެ ޓީމަށް ތަށި ނުހޯދޭ ނަމަވެއެވެ. ކޭން އަންނަނީ މި ސީޒަނުގައި ޓޮޓެންހަމްގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ކޭން ވަނީ 2020 ވަނަ އަހަރުގެ ނިޔަލަށް ޓޮޓެންހަމްގައި މަޑުކުރަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިންމައި އާ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ކޭން ވަނީ އެޓީމަށް ކުޅުނު 173 މެޗުގައި 113 ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ސީޒަނުގެ މިހާތަނަށް އޭނާ ވަނީ ކުޅުނު 26 މެޗުގައި 26 ލަނޑު ޖަހައިދީފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް