Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާކްލީ ޗެލްސީއަށް ސޮއިކުރުން

ބާކްލީ ޗެލްސީއަށް ބަދަލުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ލިވަޕޫލްގެ މޭޔަރ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 10 ޖެނުއަރީ 2018 | ބުދަ 13:23
ބާކްލީ ޗެލްސީގެ ފަރިތަކުރުންތަކުގައި

ބާކްލީ ޗެލްސީގެ ފަރިތަކުރުންތަކުގައި

އެވަޓަންއަށް ކުޅުނު އިނގިރޭސިވިލާތުގެ ފޯވާޑް އެ ޓީމު ދޫކޮށް ޗެލްސީއަށް ބަދަލުވުމާއި ގުޅިގެން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

މި ޓްރާންސްފާ ތަހުގީގު ކޮށްދިނުމަށް އެދި މައްސަލަ ފުލުހުންނަށް ހުށަހެޅީ ލިވަޕޫލްގެ މޭޔަރ ޖޯ އެންޑަސަންއެވެ. އޭނާއަކީ އުމުރު ދުވަހު އެވަޓަންއަށް ސަޕޯޓުކުރަމުން އަންނަ މީހެކެވެ. އެންޑަސަން ވަނީ ބާކްލީ ޗެލްސީއަށް ބަދަލުވި ޓްރާންސްފާ ތަހުގީގު ކޮށްދިނުމަށް އެދި ސިޓީއެއް އެ ސަރަހައްދުގެ ފުލުހުންނަށް ހުށަހަޅާފައެވެ. އެންޑަސަން ވަނީ މި މައްސަލައިގައި ޕްރިމިއާ ލީގު އަދި އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުގެ އިސްވެރިންނަށް ވެސް ސިޓީ ފޮނުވާފައެވެ. އެވަޓަން ނިސްބަތްވާ އިނގިރޭސިވިލާތުގެ މަރސީސައިޑްގެ ފުލުހުން ވަނީ އެންޑަސަން ފޮނުވި ސިޓީގައިވާ ކަންކަން ބަލަމުންދާ ކަމަށް ބުނެފައެވެ.

ލިވަޕޫލްގެ މޭޔަރގެ ރަސްމީ ލެޓާހެޑުގައި އެންޑަސަން ފޮނުވި ސިޓީގައި ވަނީ ޗެލްސީއިން ބާކްލީ ގަތުމަށް ހުށަހެޅި އަގާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ސީޒަނުގައި ބާކްލީ އެއްވެސް މެޗެއް ކުޅެފައިނުވާކަން ފާހަގަކުރައްވަމުން އެންޑަސަން މި ސީޓީގައި ލިޔުއްވާފައި ވަނީ އޭނާއަށް ޗެލްސީއިން ހުށަހަޅާފައިވާ އަގަކީ އޭނާއަށް ހައްގު އަގުކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ.

އެންޑަސަންގެ ސިޓީގައި ފާހަގަ ކުރައްވާފައިވަނީ މިއީ އެވަޓަންއަށް ލިބުނު ބޮޑު ލަނޑެއް ކަމަށާއި މިއީ ބާކްލީގެ އޭޖެންޓް މާކެޓުގައި އޭނާގެ އަގު ދަށް ކުރުމަށް ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. ޕްރިމިއާ ލީގާއި އިނގިރޭސި އެފްއޭގެ އިސްވެރިންނަށް ވަކިން ފޮނުވި ސިޓީގައި އެންޑަސަންވަނީ އެވަޓަންގެ ސަޕޯޓަރުންނަށް މި ޓްރާންސްފާގެ ހަގީގަތް އެނގުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ބާކްލީ ޗެލްސީއާއެކު ފަސް އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި ސޮއި ކޮށްފައިވާއިރު އޭނާ އެ ކްލަބަށް ބަދަލުވީ 15 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ބާކްލީ ޗެލްސީގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވަމުން އަންނައިރު އޭނާ އެ ޓީމުގެ ބޭނުން ކުރަމުން އަންނަނީ އަށް ނަމްބަރު ޖާޒީއެވެ.

އުމުރުން 24 އަހަރުގެ މިޑްފީލްޑަރު ހޯދުމަށް ޗެލްސީއިން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވެސް މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް އެފަހަރު ޗެލްސީއިން ހުށަހެޅި ކޮންޓްރެކްޓަށް ފުރަގަސްދީ އޭނާ ވަނީ އެވަޓަންގައި މަޑުކޮށްފައެވެ. އެއަށް ފަހު އެވަޓަންއިން އޭނާއަށް ހުށަހެޅި ކޮންޓްރެކްޓްއަށް ވެސް އޭނާ ފުރަގަސްދިނެވެ.

މިދިޔަ އޮގަސްޓު މަހު ފަލަމަސްގަޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން މި ސީޒަނުގައި ބާކްލީ އެއްވެސް މެޗެއް ކުޅެފައި ނުވާއިރު މި ޖެނުއަރީ މަހުގެ ނިޔަލަށް އޭނާ ފިޓުވާނެ ކަމަށް ބެލެވެއެވެ. އެންޑަސަން މި ޓްރާންސްފާ ތަހުގީގު ކޮށްދިނުމަށް އެދިފައިވާއިރު ފުލުހުން ކޮންމެ ގޮތަކަށް ނިންމުން ނިންމި ކަމުގައި ވިޔަސް މި ޓްރާންސްފާގެ އެއްވެސް ކަމެއް ބަދަލުވެގެން ނުދާނެއެވެ. އިނގިރޭސި މީޑިއާއިން މިކަން ބޮޑަށް ސިފަކޮށްފައިވަނީ ބޮޑު ޖޯކެއްގެ ގޮތުގައެވެ.

ބާކްލީ އެވަޓަންއާ ގުޅުނީ އޭނާގެ އުމުރުން އެންމެ 13 އަހަރުގައި 2005 ވަނަ އަހަރުއެވެ. 2011 ވަނަ އަހަރު އެވަޓަންއަށް ފުރަތަމަ މެޗު ކުޅެދިން ބާކްލީ ވަނީ އެ ޓީމަށް ކުޅުނު 150 މެޗުގައި 21 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ އޭނާވަނީ އިނިގރޭސިވިލާތުގެ ގައުމީ ޓީމަށް 22 މެޗު ކުޅެދީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި އެ ޓީމަށް ކުޅެފައެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
15 މެއި 2017

ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

15 މެއި 2017
ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި
17 އެޕްރީލު 2017

ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް

17 އެޕްރީލު 2017
ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް
04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
07 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު