Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ނަޝީދާއި ޤާސިމްގެ ވިސްނުމުގައި އަދާލަތާއި ރައީސް މައުމޫނަށް ފުރުޞަތެއް ނެތް:ޢަބްދުއްރަޙީމް

10 ޖެނުއަރީ 2018 | ބުދަ 08:14

ރައީސް މައުމޫނަށް ނިސްބަތްކޮށް ކަމަށް ދޭހަވާ ގޮތަށް "ދެމީދާ ފެހި ބުޅަލަށް ވީވަރުވެސް ނުވި" ކަމަށް ވިދާޅުވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 10 ޖެނުއަރީ 2018 | ބުދަ 08:14
މެންބަރު ޢަބްދުއްރަޙީމް: މިފަހަރު މަޝްވަރާ އަރުވާފައި މިވަނީ ރައީސް މައުމޫން ވިދާޅުވާ ބޮޑު ކެކުރި އާއި ކުޑަ ކެކުރީގެ އުސޫލުން ކަމަށް ވިދާޅުވި

މެންބަރު ޢަބްދުއްރަޙީމް: މިފަހަރު މަޝްވަރާ އަރުވާފައި މިވަނީ ރައީސް މައުމޫން ވިދާޅުވާ ބޮޑު ކެކުރި އާއި ކުޑަ ކެކުރީގެ އުސޫލުން ކަމަށް ވިދާޅުވި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިސްނުންފުޅުގައި އަދާލަތު ޕާޓީއާއި ރައީސް މައުމޫނަށް ކުޑަވެސް ފުރުޞަތެއް ނެތް ކަމަށް ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދާއި ޤާސިމްގެ ވިސްނުންފުޅުގައި އަދާލަތު ޕާޓީ އާއި ރައީސް މައުމޫނަށް ކުޑަވެސް ފުރުޞަތެއް ނެތްކަން ވަރަށް ރަނގަޅަށް ހާމަވެއްޖެ ކަމަށެވެ.

Advertisement - newsAdvertisement

ޢަބްދުއްރަޙީމްގެ މިގޮތަށް ޓްވީޓް ކުރެއްވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެނޑިޑެސީ އާއި ގުޅުވައި، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ލަފާ ހޯއްދެވުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ހަތަރު ހުށަހެޅުއްވުމާ ގުޅިގެން ކަމަށް ބެލެވެ އެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސް ނަޝީދު ހުށަހެޅުއްވި ހަތަރު ހުށަހެޅުއްވުމުގައި ވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ ތަމްޞީލުވާ ގޮތަށް މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓުން ނެރެވޭނެ ހުށަހެޅުންތަކެކެވެ. އެ 4 ހުށަހެޅުމަކީ:

1 .ރައީސް ނަޝީދާއި ޤާސިމަށް އިންތިޚާބުގައި ވާދަކުރެވޭ ޙާލަތެއްގައި ކެނޑިޑޭޓަކަށް ރައީސް ނަޝީދު ނުކުންނެވުމާއި ރަނިން މޭޓަކަށް ގާސިމް ނުކުންނެވުން 2. ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވިފައި ޤާސިމް އިބްރާހީމަށް ވާދަނުކުރެވޭ ޙާލަތެއްގައި ކެނޑިޑޭޓަކަށް ނަޝީދު، އަދި ރަނިން މޭޓަކަށް ގާސިމް ބޭނުންފުޅުވާ ނުވަތަ ޖޭޕީން ބޭނުންވާ ފަރާތެއް ނެރުން 3. ޤާސިމަށް ވާދަކުރެވިފައި ރައީސް ނަޝީދަށް ވާދަނުކުރެވޭ ޙާލަތެއްނަމަ ކެނޑިޑަސީ ޤާސިމަށް ދިނުމާއެކު އެމްޑީޕީން ރަނިންމޭޓެއް ނެރުން 4. ރައީސް ނަޝީދާއި ޤާސިމަށް ވާދަނުކުރެވޭ ޙާލަތުގައި އެމްޑީޕީގެ ކެނޑިޑޭޓަކާއެކު ޖޭޕީގެ ރަނިންމޭޓެއް ނެރުން

މި ހުށަހެޅުއްވުންތަކަކީ ޤާސިމްގެ ލަފައާއެކު ރައީސް ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުންތަކެއް ކަމަށް އަޑު ފެތުރިފައިވާއިރު، ޢަބްދުއްރަޙީމްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، މިފަހަރު މަޝްވަރާ އަރުވާފައި މިވަނީ ރައީސް މައުމޫން ވިދާޅުވާ "ބޮޑު ކެކުރި އާއި ކުޑަ ކެކުރީގެ އުސޫލުން" ކަމަށެވެ.

މީގެ އިތުރުން ރައީސް މައުމޫނަށް ނިސްބަތް ކުރައްވައި އަބްދުއްރަޙީމް ވިދާޅުވެފައިވަނީ، ދެ މީދާ ފެހި ބުޅަލަށް ވީވަރުވެސް ނުވާ ކަމަށާއި، ކަތިވަޅި ގެއްލި، ކޮށި ދަނޑު ގެއްލި، މަރިޔަނބުވެސް ގެއްލިފައިވާ ކަމަށެވެ.

ސަރުކާރަށް ކުރައްވަމުން ގެންދެވި ތާއިދު ރައީސް މައުމޫން އަނބުރައި ގެންދެވި ފަހުން، ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން މައުމޫން ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް