Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
"ގޯލްޑް 100" އެވޯޑްސް

"ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް ހަމަޖައްސައިފި

މިއީ ބީއެމްއެލް އިން "ގޯލްޑް 100" އެވޯޑްސްގައި ބައިވެރިވާ ދެވަނަ ފަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2018 | ބުދަ 07:33
"ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި

"ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި

"ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.

މި އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު "ގޯލްޑް 100 ގާލާ" އެވޯޑްސްގައި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ރަނގަޅު 100 ކުންފުނި ހޮވުމަށް ހަމަޖެހިފައިވާއިރު މިއީ ބީއެމްއެލް އިން "ގޯލްޑް 100" އެވޯޑްސްގައި ބައިވެރިވާ ދެވަނަ ފަހަރެވެ.

ބީއެމްއެލްގެ ޑިރެކްޓަރ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ދެވަނަ ފަހަރަށް ގޯލްޑް 100 އެވޯޑްސްގައި ބައިވެރިވާން ފުރުސަތު ލިބުމުން އުފާކުރައްވާ ކަމަށާއި ބީއެމްއެލް އިން ރާއްޖޭގެ ވިޔަފާރީތައް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މި އެވޯޑާ އެކު ބޭންކުން ދަނީ އެކި ކުންފުނިތަކުން ހޯދަމުންދާ ކާމިޔާބުތަކުގެ އަގުވަޒަން ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ގެޓަވޭސް އާއި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން އިންތިޒާމްކުރާ މި އިވެންޓަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ 100 ކުންފުނި ހޮވުމަށް ބާއްވާ އެޑިޝަންއެކެވެ.

ބީއެމްއެލް އިން ބުނީ ވޭތުވެދިޔަ އަހަރެކޭ އެއްގޮތަށް ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރި ކުންފުނި ހޮވުމަށްޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މައުލޫމާތު އިވެލުއޭޓްކުރުމަށް މިނިވަން ކޮންސަލްޓަންސީ ފާމެއް ކަނޑައަޅާފައިވާ ކަމަށާއި، އެ އެވޯޑްތައް ލިބޭ ފަރާތްތައް އާންމު ކުރުމަށް ހާއްސަ ރަސްމިޔާތެއް ވެސް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

ގޯލްޑް 100 ގާލާ އެވޯޑްސް ހަފްލާގެ ތެރެއިން ދެ ފަރާތަކަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް ދޭނެއެވެ.

އެގޮތުން ގޯލްޑް 100 އަށް ނޮމިނޭޓްކުރާ ކުންފުނިތަކުގެ ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ. އެއީ ނޮމިނޭޓް ކުރަން ހުށަހަޅާ ކުންފުންޏަކީ ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏަކަށްވުމާއި ރާއްޖޭގެ ކުންފުންޏަކަށްވުމާއި 2016 ވަނަ އަހަރު ކުންފުނީގެ އާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާ ލިބިފައިވުން ހިމެނެއެވެ.

ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވޭ ކުންފުނިތައް އެ ހަފްލާގައި ނެރޭ ގޯލްޑް 100 މެގަޒިންގައި ލިސްޓްކުރާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން ބާއްވަނީ

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން ބާއްވަނީ

19 ނޮވެމްބަރު 2017
މަޓާޓޯއިން ޓްރެވެލް އެވޯޑްސްގެ ހާއްސަ ކެމްޕެއިނެއް ލަންޑަންގައި ފަށައިފި

މަޓާޓޯއިން ޓްރެވެލް އެވޯޑްސްގެ ހާއްސަ ކެމްޕެއިނެއް ލަންޑަންގައި ފަށައިފި

06 ނޮވެމްބަރު 2017
"ގޯލްޑް 100 ގާލާ" ގެ ދެވަނަ އެޑިޝަނަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން!

"ގޯލްޑް 100 ގާލާ" ގެ ދެވަނަ އެޑިޝަނަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން!

05 ނޮވެމްބަރު 2017
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

30 އޮކްޓޯބަރު 2017
"ތަކާފުލް އެންޓިޓީ އޮފް ދި އިޔަރ – ގޯލްޑް އެވޯޑް" އަމާނާ ތަކާފުލް އަށް ލިބިއްޖެ

"ތަކާފުލް އެންޓިޓީ އޮފް ދި އިޔަރ – ގޯލްޑް އެވޯޑް" އަމާނާ ތަކާފުލް އަށް ލިބިއްޖެ

28 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު