Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމަޓާޓޯއިން ޓްރެވެލް އެވޯޑްސް

މަޓާޓޯއިން ޓްރެވެލް އެވޯޑްސްގެ ހާއްސަ ކެމްޕެއިނެއް ލަންޑަންގައި ފަށައިފި

މިކެމްޕެއިން އެއްމަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 6 ނޮވެމްބަރު 2017 | ހޯމަ 15:42
މަޓާޓޯގެ ޓްރެވެލް އެވޯޑްސް ކެމްޕެއިންގެ ތެރެއިން ކާރެއްގައި އިޝްތިހާރުކޮށްފައި

މަޓާޓޯގެ ޓްރެވެލް އެވޯޑްސް ކެމްޕެއިންގެ ތެރެއިން ކާރެއްގައި އިޝްތިހާރުކޮށްފައި

މޯލްޑިވްސް ޓްރެވެލް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ޓްރެވެލް އެވޯޑްސް މާރކެޓް ކުރުމަށްޓަކައި ލަންޑަންގައި ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

ނޮވެމްބަރ މަހުގެ 6 ވަނަ ދުވަހު ވޯލްޑް ޓްރޭޑް މާރކެޓާ ދިމާކޮށް ފެށި މިކެމްޕެއިންގައި ލަންޑަންގެ މަޝްހޫރު ބްލެކް ކެބްގައި ވަނީ ޓްރެވެލް އެވޯޑްސްގެ އިޝްތިހާރްތައް ޑިސްޕްލޭކޮށްފައެވެ.

އެގޮތުން މި ކެބްތަކުގައި ވަނީ ރާއްޖޭގެ ރީތި މަންޒަރުތައް ވެސް ހިމަނާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ތަންތަނުގެ ފޮޓޯ ހިމެނެއެވެ. މިއީ ދުބާއީގައި މީގެ ދެ އަހަރު ކުރިން ބޭއްވި މިފަދަ ކެމްޕެއިންނަށް ފަހު މަޓާޓޯއިން ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރުގައި ލޯންޗްކުރި އެންމެ ބޮޑު ކެމްޕެއިންނެއެވެ.

މަޓާޓޯ ޓްރެވެލް އެވޯޑްސްއަކީ މިދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ފަދަ އެވޯޑަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 2017 ވަނަ އަހަރުގެ އެވޯޑް ހަފްލާ ވެގެންދާނީ ތާރީހީ ހަފްލާއަކަށް ކަމަށް މަޓާޓޯއިން ބުންޏެވެ.

މިކަމާ ގުޅިގެން މަޓާޓޯގެ ރައީސް އަބްދުﷲ ޤިޔާސް ވިދާޅުވީ މީގެ ހަ އަހަރު ކުރިން ތަޢާރަފްކުރިއިރު މި އެވޯޑަކީ، މި އެވޯޑްގައި ބައިވެރިވާ ފަރާތްތަކާއި އަދި އެވޯޑް ހާސިލް ކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ޕްރޮޓަކްޓްތަކަށް ހުޅުވާލެވޭ މާރކެޓިން ޕްލެޓް ފޯމަކަށް ހެދުން ކަމަށެވެ.

މީގެ އިތުރުން މަޓާޓޯއިން ދަނީ ބައިނަލްއަޤްވާމީ ފެންވަރުގަޔާއި ރާއްޖޭގެ ފެންވަރުގައި ތަފާތު އެކި ޓްރެވެލް މާރކެޓްތަކުގައި ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ޤިޔާސް ވިދާޅުވިއެވެ. މިކެމްޕެއިން ވޯލްޑް ޓްރެވެލް މާރކެޓަށް ފަހު އެއް މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ އެވެ. މޯލްޑިވްސް ޓްރެވެލް އެވޯޑަކީ މިދާއިރާގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑެކެވެ. އެގޮތުން 450 ނޮމިނޭޝަން ހިމެނޭ މި އެވޯޑް ހަފްލާ އޮންނާނީ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހުގެރޭ އަދާރަން ސެލެކްޓް ހުދުރަންފުށި ގައެވެ.

ގާލާ އެޑިޝަންގައި އެވޯޑްތައް ދެވޭނީ ރިސޯޓްތަކާއި، އެއަރލައިން، ލިވްއަބޯޑްސްއަށް ހާއްސަކޮށްގެންނެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑް ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު އެންމެ ފަހުން ބާއްވާފައި ވަނީ މޯލްޑިވްސް ގެސްޓް ހައުސް އެޑިޝަން އެވެ. އެގޮތުން މި އެވޯޑަށް ވެސް އޮންލައިން އަދި އެސްއެމްއެސްގެ ޒަރީއްޔާއިން 80,000 އަށް ވުރެ ގިނަ ވޯޓްސް ލިބިފައިވެއެވެ. މި އެވޯޑް ހަފްލާ ބާއްވާފައިވަނީ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހު މާފުށީގައެވެ.

އިތުރަށް ކިޔާލަން

08 ޖުލައި 2017

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

08 ޖުލައި 2017
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު
19 ޖޫން 2017

އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް

19 ޖޫން 2017
އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް
14 ޖޫން 2017

ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި

14 ޖޫން 2017
ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި
13 ޖޫން 2017

ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި

13 ޖޫން 2017
ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި
10 އެޕްރީލު 2017

ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

10 އެޕްރީލު 2017
ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
09 އެޕްރީލު 2017

ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް

09 އެޕްރީލު 2017
ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް
11 މާރިޗު 2017

ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން

11 މާރިޗު 2017
ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު