Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫން

މައުމޫނަށް އޮތީ ކޮންކަހަލަ ނުރައްކަލެއް ކަން ސިފައިންގެ ވެރިންނަކަށް ވެސް ނޭނގޭ!

10 ޖެނުއަރީ 2018 | ބުދަ 10:14

ރަސްމީކޮށް އެއްޗެއް ބުނަން އެމްއެންޑީއެފް އިން ބޭނުމެއް ނުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 10 ޖެނުއަރީ 2018 | ބުދަ 10:14
މ. އެންދެރިމާގެ: ސެކިއުރިޓީ ބަލަހައްޓަން ތިބެނީ ސިފައިންގެ ދެ މީހުން -- ފޮޓޯ/ ރާއްޖެޓީވީ

މ. އެންދެރިމާގެ: ސެކިއުރިޓީ ބަލަހައްޓަން ތިބެނީ ސިފައިންގެ ދެ މީހުން -- ފޮޓޯ/ ރާއްޖެޓީވީ

އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން، މައުމޫން ދިރިއުޅުއްވާ ގެކޮޅުގައި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އިން ސެކިއުރިޓީ ބަލަހައްޓަން ފަށާފައިވާއިރު، އެމަނިކުފާނަށް އޮތް ނުރައްކަލެއް ސިފައިންގެ އިސްވެރިންނަށް ވެސް އެނގިފައިނުވާ ކަމަށް ސިފައިންގެ އިސް އެބޭފުޅަކު ވިދާޅުވެއްޖެއެވެ.

އެސްޕީޖީ ގްރޫޕުން މ. އެންދެރިމާގޭގައި ސެކިއުރިޓީ ބަލަހައްޓަން ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހު ރެއިން ފެށިގެންނެވެ. ޑިއުޓީ ބަދަލުވާ ގޮތަށް 24 ގަޑިއިރު ސިފައިންގެ ދެ މީހަކު އަބަދުވެސް އެ ގޭގައި ތިބެއެވެ. ވަދެ ނުކުމެ އުޅޭ މީހުން ބަލައިފާސްކުރުމާއި މައުމޫން ދަތުރުކުރައްވާ ކާރުކޮޅުގެ ޑިކީ ޗެކްކުރުން ފަދަ ކަންކަން ސިފައިން ދަނީ ކުރަމުންނެވެ. އަދި އެންދެރިމާގެއަށް ވަދެނިކުމެވާ މީހުންގެ ނަން ވެސް ދަނީ ނޯޓުކުރަމުންނެވެ.

Advertisement - newsAdvertisement

އެސްޕީޖީގެ އިސް ބޭފުޅަކު "ރާއްޖެއެމްވީ"އަށް ކަށަވަރުކޮށްދެއްވި ގޮތުގައި މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގޭގައި ސެކިއުރިޓީ ބަލަހައްޓަން ތިބޭ އޮފިސަރުންނަށް ވެސް މައުމޫނަށް އޮތް ނުރައްކަލަކީ ކޮބައިކަން ނޭނގޭނެ ކަމަށާއި ނުރައްކާ އޮތް މިންވަރު ނޭނގި ކުއްލި ގޮތަކަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސިފައިން ތައްޔާރަށް ތިބޭނެ ކަމަށެވެ.

ރައީސް މައުމޫނަށް ނުރައްކާ އޮތް ކަމަށް ބުނެ، ސިފައިން އަޅަން ފެށި ފިޔަވަޅުތަކާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބުރާހިމް އާޒިމް ވިދާޅުވީ އެމްއެންޑީއެފުން ފޯރުކޮށްދޭ ސެކިއުރިޓީގެ ކަންކަން ފުރިހަމަ ކުރަމުންދަނީ ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ކަމާއި އެކަމާ ގުޅޭ ގޮތުން އިތުރަށް ދެވޭނެ ކޮމެންޓެއް ނެތް ކަމަށެވެ.

ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ވިދާޅުވީ އެމްއެންޑީއެފުން އެންދެރިމާގޭގައި ކުއްލި ގޮތަށް ސެކިއުރިޓީ ވަރުގަދަ ކުރަންޖެހޭ ސަބަބެއް ނޭނގޭ ކަމަށާއި، އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ކަމަށް ބުނެ މައުމޫންގެ ގެކޮޅަށް ވަންނަ ކޮންމެ މީހެއްގެ ނަން ނޯޓުކުރަނީ އެމަނިކުފާނު ބައްދަލު ކުރައްވަނީ ކޮން ބޭފުޅުންނެއްތޯ ބެލުމަށް ކަމަށެވެ. މި ދުވަސްވަރަކީ ރައީސް މައުމޫން އިދިކޮޅު ކެންޑިޑޭޓެއް ކަނޑައެޅުމަށް މަޝްވަރާ ފަށާފައިވާ ދުވަސްވަރު ކަމަށް ވުމުން، އިދިކޮޅު ފަރާތްތަކުގެ އިތުރުން މި ސަރުކާރުގެ އިސް ބޭފުޅުން ވެސް ރައީސް މައުމޫނާ ބައްދަލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ކުޑަ ދުވަސް ކޮޅަށްވެފައި ވަނިކޮށް، ރައީސް މައުމޫން ދިރިއުޅުއްވާ ގޭގައި އެމްއެންޑީއެފުން ސެކިއުރިޓީ ބަލަހައްޓަން ފެށުމުން، އެއް ބަޔަކު ބުނަމުންދަނީ އެކަން ކުރަނީ ރައީސް މައުމޫނަށް ފާރަލުމުގެ ގޮތުން ކަމަށެވެ.

ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅަށް ވަންނަ މީހުންގެ ނަން ނޯޓުކުރަން ސިފައިން ފަށާފައިވާއިރު، އެމަނިކުފާނު ރައީސް އަބްދުﷲ ޔާމީނަށް ކުރައްވާ ތާއިދު އަނބުރާ ގެންދެވުމުން، އެމަނިކުފާނަށް ދީފައިވާ ސެކިއުރިޓީގެ މިންވަރު ސަރުކާރުން ދަށްކުރިއެވެ. އަދި ބޮޑީގާޑުންގެ އަދަދު މަދުކޮށް، ސެކިއުރިޓީގެ ގޮތުގައި ބޭނުންކުރާ ކާރު ވެސް އަތުލިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް