Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރާއްޖޭގައި އިޓަލީ ކުޅުންތެރިން

އިޓަލީގެ ކުޅުންތެރިންގެ މެދުގައި އެންމެ މަޝްހޫރު މަންޒިލަކީ ރާއްޖެ

ޔުވެންޓަސްއަށް ނިސްބަތްވާ ހަތަރު ކުޅުންތެރިޔަކު އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2018 | އަންގާރަ 12:19
ކިއެލީނީ އަދި ބޮނުޗީގެ އާއިލާއާއެކު ރާއްޖޭގެ ރިސޯޓެއްގެ ރެސްޓޯރެންޓެއްގައި

ކިއެލީނީ އަދި ބޮނުޗީގެ އާއިލާއާއެކު ރާއްޖޭގެ ރިސޯޓެއްގެ ރެސްޓޯރެންޓެއްގައި

އިޓަލީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ފުޓްބޯޅަ ކުޅުންތެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސަޓްގްރާމްގައި ޕޯސްޓްކޮށްފައިވާ ބައެއް ފޮޓޯތަކަށް ބަލާލާއިރު އިޓަލީގެ ޔުވެންޓަސްއަށް ނިސްބަތްވާ ހަތަރު ކުޅުންތެރިޔަކު އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އެގޮތުން އެ ޓީމުގެ ޑިފެންސްގެ އެންމެ މައި ދެ ތަނބު ކަމަށްވާ އަންދްރޭ ބަރްޒަގާލީއާ ޖިއޯޖިއޯ ކިއެލީނީގެ އިތުރުން އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްލައުޑިއޯ މާކިސިއޯ އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. ހަމައެހެންމެ އެ ޓީމުގެ ޒުވާން މިޑްފީލްޑަރު ސްޓެފަން ސްޓުރާރޯ ވެސް މިވަގުތު ހުރީ ރާއްޖޭގައެވެ.

ޔުވެންޓަސްގެ މި ކުޅުންތެރިންގެ އިތުރުން ދާދިފަހުން އެ ޓީމު ދޫކޮށް ވާދަވެރި އޭސީ މިލާންއަށް ބަދަލުވި އިތުބާރު ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އަދި ތަޖުރިބާކާރު ކީޕަރު މާކޯ ސްޓޮރާރީ ވެސް މިވަގުތު ތިބީ ރާއްޖޭގައެވެ. މީގެއިތުރުން ނަޕޯލީގެ މިޑްފީލްޑަރު އެމާނުއެލް ގިއަކެރީނީ ވެސް މިވަގުތު ހުރީ ރާއްޖޭގައެވެ. މި ހުރިހާ ކުޅުންތެރިންނަކީ ވެސް މީގެކުރިން ޔުވެންޓަސްއަށް ކުޅެފައިވާ ކުޅުންތެރިންކަން ފާހަގަ ކޮށްލެވެއެވެ.

މި ކުޅުންތެރިންގެ ތެރެއިން ބޮނޫޗީ އަދި ކިއެލީނީގެ އިތުރުން ގިއަކެރީނީ ޗުއްޓީ ހޭދަކުރަމުން އަންނަނީ އެއް ރިސޯޓެއްގައެވެ. އެގޮތުން ކިއެލީނީގެ އަންހެނުން ކެރޮލައިން ބޮނިސްޓާލީ އިންސްޓަގްރަމްގައި ޕޯސްޓްކޮށްފައިވާ ފޮޓޯއެއްގައި މި ތިން ކުޅުންތެރިން އެ ކުޅުންތެރިންގެ އާއިލާއާއެކު ރެސްޓޯރެންޓުގެ މޭޒުގައި ތިބޭ މަންޒަރު ފެނިގެންދެއެވެ. ހަމައެހެންމެ ރާއްޖޭގެ ސާފު މޫދާއި ހިތްގައިމު ގޮނޑުދޮށްތަކުގައި އަރާމުކުރާ މަންޒަރު އޭނާގެ ސްޓޯރީއިން ފެނިގެންދެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ސްޓޮރާރީއާ ބަރްޒަގާލީ އަދި ސްޓުރާރޯގެ އިތުރުން މާކިސީއޯ ޗުއްޓީ ހޭދަކުރަމުން އަންނަނީ ފޯ ސީޒަންސް ލަނޑާގިރާވަރު ރިސޯޓުގައެވެ. ސްޓޮރާރީގެ އިންސްޓަގްރަމް ސްޓޯރީއިން ވެސް މި ކުޅުންތެރިން ރާއްޖޭގެ މާހައުލުގައި ހިތްހަމަޖެހުމާއެކު ޗުއްޓީ ހޭދަކުރަމުންދާ މަންޒަރު ފެނެއެވެ.

ފިނި މޫސުމުގެ ޗުއްޓީ ހޭދަކުރުމަށް ކޮންމެ އަހަރަކު ވެސް ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ރާއްޖެއަށް އާދެއެވެ. ވަކިން ހާއްސަކޮށް އިޓަލީގެ ކުޅުންތެރިންގެ މެދުގައި ޒަމާނުއްސުރެ ވެސް ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް މަޝްހޫރު މަންޒިލެކެވެ. މީގެކުރިން އަންދްރެއާ ޕިރްލޯއާއި ޕައޮލޯ މަލްޑިނިއާ މެތިއު ފްލެމިނީ އަދި ފިލިޕޯ އިންޒާގީ ފަދަ އިޓަލީއަށް ނިސްބަތްވާ މަޝްހޫރު ކުޅުންތެރިން ރާއްޖެ އައިސްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ލީގުގެ ފުރަތަމަ ބުރުން އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަން އިއުލާން ކޮށްފި

މާލެ ލީގުގެ ފުރަތަމަ ބުރުން އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަން އިއުލާން ކޮށްފި

18 ޖޫން 2017
އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި

އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި

20 މެއި 2017
ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި

ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި

04 މެއި 2017
ކުޅުންތެރިންގެ ހިތްވަރަށް ސާބަސް، މޯހަން ބާގަން ބަލިކުރުން މަޖުބޫރު: ސެކުލޮވްސްކީ

ކުޅުންތެރިންގެ ހިތްވަރަށް ސާބަސް، މޯހަން ބާގަން ބަލިކުރުން މަޖުބޫރު: ސެކުލޮވްސްކީ

02 މެއި 2017
ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

31 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު