Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިހާރު އެވޯޑްސް

މާލެ ލީގުގެ ފުރަތަމަ ބުރުން އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަން އިއުލާން ކޮށްފި

އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަން ވަނީ އިއުލާން ކޮށްފަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 18 ޖޫން 2017 | އާދީއްތަ 15:01
މާލެ ލީގުގެ ފުރަތަމަ ބުރުން އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ގަދަ ފަސް ކުޅުންތެރިން

މާލެ ލީގުގެ ފުރަތަމަ ބުރުން އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ގަދަ ފަސް ކުޅުންތެރިން

މިހާރު ނޫހުން މުޅިން އަލަށް ތައާރަފް ކޮށްފައިވާ ކުޅިވަރު އެވޯޑް ކަމަށްވާ "މިހާރު އެވޯޑްސް" ގެ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށާއި، އަހަރުގެ އެންމެ މޮޅު ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށް، އެސްޓީއޯ މާލެ ލީގުގެ ފުރަތަމަ ބުރުން ވާދަކުރާ ކުޅުންތެރިންގެ ނަން އާންމު ކޮށްފިއެވެ.

މާލެ ލީގުގެ ފުރަތަމަ ބުރުން އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ފަސް ކުޅުންތެރިންނަކީ، ފާއިތުވި އަހަރު މޯލްޑިވްސް ފުޓްބޯޅަ އެވޯޑްސްގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ނިއުރޭޑިއަންޓްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަން އަދި ފޯވާޑް އަސަދުﷲ އަބްދުﷲ (އަސަކޯ) އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފިލްޑާ މުހަންމަދު އުމައިރު އާއި، ހަމަ އެކުލަބުގެ މިޑްފިލްޑާ މުހަންމަދު އިރުފާން، އާއި، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މިޑްފިލްޑާ އަކްރަމް އަބްދުލް ޣަނީއެވެ.

މާލެ ލީގުގެ ފުރަތަމަ ބުރުން، އެންމެ މޮޅު ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ފަސް ކުޅުންތެރިންނަކީ ގްރީން ސްޓްރީޓްގެ މިޑްފިލްޑާ އިބްރާހިމް ރިޒުހާން އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޑިފެންޑާ ސަމޫހް އަލީ (ސަމުއްޓޭ) އާއި، ކްލަބް އީގަލްސްގެ ޑިފެންޑާ ހުސައިން ޝިފާއު އާއި، އެކުލަބުގެ މިޑްފިލްޑަ ރިހާމް އަބްދުލްޣަނީ (ބޮބީ) އާއި، ޓީސީ ސްޕޯޓްސް ކުލަބުގެ ފޯވާޑްގެ ނާއިޒް ހަސަން (ދާދު) އެވެ.

މި އަހަރު މުޅިން އަލަށް ތައާރަފްކުރާ މި އެވޯޑްސްގައި ރާއްޖޭގެ ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ ފަންނާނުންނަށް އެކި ގޮތްގޮތުން ޖުމްލަ 24 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުޓުބޯޅަ އެންމެ މޮޅު ތިން ކުޅުންތެރިންނާއި، އެންމެ މޮޅު ޒުވާން ކުޅިންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިއަކަށް ލިބޭ ރަން ބޫޓް ހިމެނެއެވެ. މީގެ އިތުރުން ވޮލީބޯޅައިން އަންހެން އަދި ފިރިހެން އެންމެ މޮޅު ތިން ކުޅުންތެރިންނާއި، އަންހެން އަދި ފިރިހެން އެންމެ މޮޅު ޒުވާން ކުޅުންތެރިން ހޮވާނެއެވެ. ބެޑްމިންޓަން، އެތްލެޓިކްސް، ޓޭބަލް ޓެނިސް، އަދި ސްވިމިން އެއްކޮށްލައިގެން އަންހެން އަދި ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާ ހޮވާއިރު، އެންމެ މޮޅު ކޯޗް ހޮވުމަށް ހަމަޖެހިފައިވަނީ ހުރިހާ ކުޅިވަރެއް އެއްކޮށްލައިގެންނެވެ.

އެންމެ މޮޅު ކޯޗުގެ އިތުރުން އެންމެ މޮޅު ރެފްރީވެސް ހޮވުމަށް ހަމަޖެހިފައިވަނީ ހުރިހާ ކުޅިވަރެއް އެއްކޮށްލައިގެންނެވެ. މީގެ އިތުރުން ސްޕެޝަލް ރެކޮގްނިޝަން އެވޯޑާއި، ދިވެހި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ ފަރާތަކަށް ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ކަމަށްވާ މުހަންމަދު ޒާހިރު ނަސީރުގެ އެވޯޑްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު