Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިއްތިހާދު އެއާވޭސް

އިއްތިހާދުގެ ބޯޓެއްގެ ފާޚާނާ ތެރޭގައި ވިހެއުމަށްފަހު މަރުވެފައި އޮތް ކުއްޖަކު ފެނިއްޖެ

8 ޖެނުއަރީ 2018 | ހޯމަ 17:44

ތުހުމަތުގައި 37 އަހަރުގެ އަންހެނަކު ވަނީ ހައްޔަރު ކޮށްފައި

ރާއްޖެ އެމްވީ | 8 ޖެނުއަރީ 2018 | ހޯމަ 17:44
އިއްތިހާދު އެއަރވޭޒްގެ ފްލައިޓެއް

އިއްތިހާދު އެއަރވޭޒްގެ ފްލައިޓެއް

އިއްތިހާދު އެއަރވޭޒް ގެ ބޯޓެއްގެ ފާޚާނާ ތެރޭގައި ވިހެއުމަށް ފަހު މަރުވެފައި އޮތް ކުއްޖަކު ފެނިއްޖެއެވެ. ކުއްޖާ އޮތީ ފާޚާނާގެ ވަތްގަނޑެއްގެ ތެރެއަށް ލާފައެވެ.

ކުއްޖާ ފެނުނީ ސާފު ކުރަން ޖަކާޓާގެ ވައިގެބަނދަރުން ބޯޓަށް އެރި މީހުންނަށެވެ.

މައްސަލައިގެ ތުހުމަތުގައި އިންޑޮނީޝިއާގެ ފުލުހުން ވަނީ 37 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައެވެ.

ބެލެވޭ ގޮތުގައި މި އަންހެން މީހާ ފާޚާނާ ތެރޭގައި ވިހެއީ މި ދިޔަ ހޮނިހިރު ދުވަހު އަބޫދާބީން ފުރައިގެން އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާ އަށް ދަތުރު ކުރަމުން ދަނިކޮށްނެވެ.

އަންހެން މީހާ އަކީ އަބޫދާބީގައި މަސައްކަތް ކުރާ އިންޑޮނީޝިއާގެ ހުޅަނގު ޖާވާގެ އަވަށަކަށް ނިސްބަތްވާ މީހެކެވެ. އޭނާ އަބޫދާބީގައި މަސައްކަތް ކުރާތާ 4 އަހަރު ވެއްޖެ ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތަކުގައި ވެއެވެ.

ބޯޓު ދަތުރު ކުރަމުން ދަނިކޮށް އަންހެން މީހާ ލޭ ފައިބާތީ، ހާލު މާ ސީރިއަސް ވުމާއެކު ސިއްހީ ޚިދުމަތް ދިނުމަށް ދަތުރުގެ މިސްރާބު ބަދަލު ކޮށް ބެންކޮކް އަށް ބޯޓު ޖެއްސިއެވެ.

ބެންކޮކް އަށް އަންހެން މީހާ ބޭލުމަށްފަހު ބޯޓުގެ މަންޒިލަށް އަލުން ދަތުރު ފެށި އިރުވެސް ބޯޓުގެ ފާޚާނާގައި އޭނާ ވިހާފައި އޮތް ކުއްޖާ މަރުވެފައި އޮތް ކަމެއް ނޭގެއެވެ. އެކަން އެނގުނީ ބޯޓު ޖަކާޓާގައި ޖެއްސުމަށް ފަހުގައެވެ.

ހާނީ ނަމަކަށް ކިޔާ މި އަންހެން މީހާ އިންޑޮނީޝިއާގެ ފުލުހުން ހައްޔަރު ކުރީ ސިއްހީ ފަރުވާ އަށް ފަހު އެހެން ފްލައިޓެއްގައި އިންޑޮނީޝިއާ އަށް އައުމާ އެކުގައެވެ.

އޭއެފްޕީ އަށް ޖަކާޓާގެ އެއަރޕޯޓުގެ ފުލުހަކު ކިޔައިދިން ގޮތުގައި ބޯޓު ސާފު ކުރާ މީހުންނަށް ދުވަސްފުރާ ވިހާފައިވާ މިކުއްޖާ ފެނުނު އިރު އޮތީ ޕްލާސްޓިކް ކޮތަޅަކަށް ލާ އޮޅާލާފައެވެ.

ކުއްޖާ މަރުވި ސަބަބު އިންޑޮނީޝިއާގެ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2018

އައު އަހަރު ފެށުން ފާހަގަ ކުރުމުގެ ތެރޭގައި ފިލިޕީންސްގައި ގިނަ ބަޔަކު ޒަޚަމް ވެއްޖެ

01 ޖެނުއަރީ 2018
އައު އަހަރު ފެށުން ފާހަގަ ކުރުމުގެ ތެރޭގައި ފިލިޕީންސްގައި ގިނަ ބަޔަކު ޒަޚަމް ވެއްޖެ
01 ނޮވެމްބަރު 2017

ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި

01 ނޮވެމްބަރު 2017
ވިހަދީގެން ފިރިމީހާ މަރަން އުޅުމުގެ ތެރޭގައި އާއިލާގެ 15 މީހުން މަރާލައިފި
28 އޯގަސްޓު 2017

އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި

28 އޯގަސްޓު 2017
އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި
15 އޯގަސްޓު 2017

ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި

15 އޯގަސްޓު 2017
ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި
10 އޯގަސްޓު 2017

ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ

10 އޯގަސްޓު 2017
ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ
01 އޯގަސްޓު 2017

މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި

01 އޯގަސްޓު 2017
މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި
30 މެއި 2017

ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި

30 މެއި 2017
ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
11 މާރިޗު 2017

ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

11 މާރިޗު 2017
ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް