Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ-އެމެރިކާ

ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ

ގުއާމް އަކީ އެެމެރިކާގެ އިން ކޮންޓްރޯލް ކުރާ ސަރަހައްދެއް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 10 އޯގަސްޓު 2017 | ބުރާސްފަތި 10:58
އުތުރު ކޮރެއާާ އިން ދަނީ އަސްކަރީ ބާރު ދައްކާލުމުގެ ގިނަ ހަަރަކާތްތަކެއް ހިންގަމުން

އުތުރު ކޮރެއާާ އިން ދަނީ އަސްކަރީ ބާރު ދައްކާލުމުގެ ގިނަ ހަަރަކާތްތަކެއް ހިންގަމުން

ޕެސިފިކްގައި އޮންނަ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމް ކަނޑަށް މިސައިލް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭ ގައި ތައްޔާރު ވާނެ ކަމަށް އުތުރު ކޮރެއާ އިން ބުނެފިއެވެ.

އުތުރު ކޮރެއާ އިން މިހެން ބުނިއިރު އެމެރިކާ އިން ވަނީ އުތުރު ކޮރެއާ އަށް ވަރުގަދަ އިންޒާރެއް ދާދިފަހުން ދީފައެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އުތުރު ކޮރެއާ އިން ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމް ކުރިއަށް ގެންދާނަމަ އެގައުމުން "އަލިފާނާއި އަދި ރުޅިވެރިކަމާ" ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ގުއާމް ކަނޑަށް އުތުރު ކޮޮރެއާ އިން ހަތަރު މިސައިލެއް ފޮނުވާލުމާ ބެހޭ ޕްލޭން ތައްޔާރު ކުރަމުން ދާ ކަަމަށް އުތުރު ކޮރެއާ އިން ބުނިއިރު އެމެރިކާ އިން އެކަމާ ބެހޭގޮތުން ބުނެފައި ވަނީ އުުތުރު ކޮރެއާގެ އަމަލުތަކުގެ ސަބަބުން "އެގައުމުގެ ވެރިކަން ނިމުމުގެ" ފުރުސަތު އެބައޮތް ކަމަށް އިންޒާރު ކުރާކަމަށެވެ.

ގުއާމް އަކީ އެމެރިކާގެ އަސްކަރީ ބޭސްތައް ހިމެނޭ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދެކެވެ.

އދ އިން ދާދިފަހުން ވަނީ އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އެމެރިކާ އިސްވެ އޮވެ އުތުރު ކޮރެއާ އާ ދެކޮޅަށް، އދ ސެކިޔުރިޓީ ކައުންސިލް މެދުވެރިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވާލުންތަކަށް ބީރުކަންފަތެއް ދެމުންނެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު