Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ

އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި

މިސައިލް ވެއްޓިފައިވަނީ ޖަޕާނު ކަނޑަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 28 އޯގަސްޓު 2017 | ހޯމަ 22:11
އުތުރު ކޮރެއާއިން މީގެ ކުރިން ޓެސްޓް ކުރި މިސައިލެއް އުދުއްސައިލަނީ

އުތުރު ކޮރެއާއިން މީގެ ކުރިން ޓެސްޓް ކުރި މިސައިލެއް އުދުއްސައިލަނީ

އުތުރު ކޮރެއާއިން ޖަޕާނުގެ އުތުރުގެ ސަރަޙައްދުތަކަށް އަމާޒުކޮށް ފޮނުވާލި މިސައިލެއް ވައިގެ ތެރޭގައި ގޮވައި ކަނޑަށް ވެއްޓިއްޖެއެވެ.

އުތުރު ކޮރެއާގެ ގަޑިން ފަތިހު 5:57 ގައި ފޮނުވައިލި މި މިސައިލް ވެއްޓިފައިވަނީ ޖަޕާނުގެ އުތުރުގައިވާ ރަށެއް ކަމުގައިވާ ހޮކައިޑޯގެ އިރުމަތިން 1180 ކިލޯމީޓަރު ބޭރަށެވެ. މިސައިލް ވެއްޓިފައިވަނީ ވައިގެ ތެރޭގައި މިސައިލް ގޮވައި ތިން ބަޔަށް ބައިބައިވެގެން ކަމަށް ޖަޕާނާއި ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެއެވެ.

އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގޔަންގ އާއި ދުރުނޫން ހިސާބެއްގައި އޮންނަ ސުނާން ކިޔާ ސަރަޙައްދަކުން އުދުއްސައިލި މި މިސައިލް ވެއްޓިފައިވަނީ އެ މިސައިލް ވައްޓައިލުމަށް ޖަޕާނުން ފިޔަވަޅެއް ނާޅަނީސް ކަމަށް ޖަޕާނުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ. އަދި މި ހަމަލާ އާއި ގުޅިގެން ދޭނެ ރައްދެއްވެސް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

މި ހަމަލާ އާއި ގުޅިގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ނިޝާނެއް އަދި ފެނިފައެއް ނުވެއެވެ.

އުތުރު ކޮރެއާގެ މި ހަމަލާ އާއި ގުޅިގެން ޖަޕާނުގެ އުތުރުގައިވާ ސަރަޙައްދުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާއިރު، އިތުރު ހަމަލާއެއް ކުރިމަތިވެދާނެ ކަމަށް ބަލައި ސަމާލުވެގެން ތިބުމަށް ޖަޕާނު ސަރުކާރުން ވަނީ އެ ޤައުމުގެ ރައްޔިތުންނަށް އަންގާފައެވެ.

މި ހަމަލާ އާއި ގުޅިގެން އުތުރު ކޮރެއާއިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު