Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުންދުގެ ބަހުގެ ހަމަލާ

ރައީސް މައުމޫނާއި ނަޝީދުގެ ހާރިޖީ ސިޔާސަތަށް މުންދު ފާޑު ވިދާޅުވެއްޖެ

8 ޖެނުއަރީ 2018 | ހޯމަ 02:41

ރާއްޖެއަކީ ކުޑަތަނެއް ކަމަށް ދައްކަން ރައީސް މައުމޫނު މަސައްކަތްކުރެއްވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 8 ޖެނުއަރީ 2018 | ހޯމަ 02:41
ޕީޕީއެމްގެ ޖަލްސާގައި މުންދު ވާހަކަ ދައްކަވަނީ:-

ޕީޕީއެމްގެ ޖަލްސާގައި މުންދު ވާހަކަ ދައްކަވަނީ:-

ދިވެހި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ހުސެއިން ޝަރީފު (މުންދު) ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މައުމޫނު އަބްދުލް ގައްޔޫމްގެ ހާރިޖީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން "ރުމާލު 2" ޖަގަހައިގަ އާދިއްޔަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމިނަކީ ހާރިޖީ ދާއިރާގައި ދެ ވަނައެއް ނެތް ފަދަ ބޭފުޅެއް ކަމަށެވެ. ރައީސް މައުމޫނުގެ ސަރުކާރަށް ނިސްބަތްވާ ގޮތައް މުންދު ވިދާޅުވީ މީގެ ކުރިން ދިވެހިންނަށް ވިސްނައިދޭން މަސައްކަތްކުރީ ރާއްޖެއަކީ ކުޑަ އަދި މުސްތަގުބަލެއް ނެތް ގައުމެއްގެ ގޮތުގައި ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެން ދިވެހިނަށް އޭރު ވިސްނުނީ އަޅުގަނޑުމެނަކީ ވަރަށް ނިކަމެތި ވަރަށް ކުޑަ ކުޑަ ބައެކޭ. އަޅުގަނޑުމެން ބަސް އަހައިގެން އެހެން މީހުން ބުނާ ގޮތަށް އުޅެފިއްޔާ ފަހަރެއްގައި އެއްޗެއް ދިއްކޮށްލަފާނެ އޭ. ދިއްކޮށްލައިފިއްޔާ އެއިން ލައިގެން ކައިގެން އުޅެވޭ ވަރުވާނެ އޭ. މިއީ ހާރިޖީ ވިސްނުމެއްގެ ގޮތުގައި އެންމެ ފުރަތަމަ ބޮލަށް ވެއްދި އެއްޗަކީ. އަޅުގަނޑުމެންގެ ސައިޒް އަޅުގަނޑުމެނަށް ދެއްކީ ވަރަށް ކުޑަކޮން ހަގީގަތުގައި އަސްލު ސައިޒަށް ވުރެ ކުޑަކޮށް،" ރައީސް ނަޝީދުގެ ވެރިކަމާ ރާއްޖޭގެ ހާރިޖީ ސިޔާސަތު ސިފަ ކޮށްދެއްވަމުން މުންދު ވިދާޅުވިއެވެ.

އޭގެ ފަހުން ރައީސް ނަޝީދު ވެރިކަމުގައި ގެންގުޅުއްވި ހާރިޖީ ސިޔާސަތުގައި ދިވެހިންނަށް ވިސްނަދިނުމަށް މަސައްކަތް ކޮށްފައި ވަނީ ދިވެހިން ކުރަމުން އައި މަސައްކަތްތަކާއި ދިވެހިންގެ ސަގާފަތް ދޫކޮށްލައިގެން ނޫނީ ގައުމު ތަރައްގީ ނުވާނެކަމުގެ ވިސްނުން ކަމަށް މުންދު ވިދާޅުވިއެވެ.

"އެހެން ބަޔަކު އުޅޭ ގޮތައް އުޅުނީމަ އެމީހުން ވެސް އުފަލުން އައިސް އަޅުގަނޑުމެން ކޮނޑަށް ލައިގެން ކޮންމެ ވެސް ތާކަށް ގެންދާނެ އޭ. ކޮންމެވެސް އައްސޭރިއަކަށް ނަމަވެސް ގެންދާނެ އޭ. އެއީ ދެން އައި ވިސްނުން،" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ރައީސް ޔާމިންގެ ހާރިޖީ ވިސްނުންފުޅުގައި ރާއްޖެ ދެކެނީ ދުނިޔޭގެ އެންމެ ބާރުގަދަ އަދި އެންމެ ނުފޫޒުގަދަ ގައުމުތަކާ އެއްވަރުގެ ގާބިލިއްޔަތު ހުރި ގައުމެއްގެ ގޮތުގައި ކަމަށެވެ.

"މިއަދު އަޅުގަނޑުމެނަށް އަޅުގަނޑުމެންގެ ސައިޒް ފެންނަނީ މީގެ ކުރީގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ވިސްނަދެއްވާފައިވާ ވިސްނުމަކު ނޫން. އަޅުގަނޑުމެން މިއަދު ބޭރު ގައުމުތަކަށް ގޮސް މި ތިބެނީ ވިސާރި ސައިޒްގައި ފަހްރުވެރިކަމާ އެކު،" މުންދު ވިދާޅުވިއެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ރާއްޖެ ތަމްސީލްކުރާ ވާހަކަ މީގެ ކުރިން ރައީސަކު ދައްކަވާފައިނުވާއިރު ރައީސް ޔާމިންގެ ވެރިކަމުގައި އެ ކަން ހާސިލުވުމަށް ވަރަށް ކައިރި ވެއްޖެ ކަމަށް ވެސް މުންދު ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ ވަޒީރުން ބޭރުގެ ގައުމުތަކުގައި ދައްކަވާ ވާހަކަފުޅުތައް ބޭރުގެ ފޮތްތަކުގައި ވެސް ލިޔަމުންދާ ކަމަށެވެ. ހަމަ އެހެންމެ ޖަޕާނާއި ސައުދީ އަރަބިއްޔާ އާއި މެލޭޝިޔާ ފަދަ ގައުމުތަކާއި ރާއްޖެއާ ދެމެދު މިހާރު އޮތް ފަދަ ގާތްގުޅުމެއް މީގެ ކުރީ ސަރުކާރެއްގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުންދު ވިދާޅުވީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ރައީސް ޔާމިނަށް ވުރެ ކުފޫ ހަމަވާ އެހެން ދިވެއްސަކު ނެތް ކަމަށެވެ. ރައީސް ޔާމިނަކީ މި ގައުމުގެ "ސިޔާދަތުގެ ބަތަލް" ކަމަށެވެ. އަދި މި ސަރުކާރުގައި ހުރިހާ ގައުމުތަކާ ވެސް ގުޅުން ބަދަހިކުރުމުގެ އިތުރަށް ގުޅުން ނެތް ގައުމުތަކާ ގުޅުން ބަދަހި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް އަލަށް މި ލިބެނީ ސިޔާދަތުގެ ބަތަލެއް. މިނިވަން ކަމާއި ސިޔާދަތަކީ ދެ އެއްޗެއް. އަޅުގަނޑުމެންގެ ދަރިންނާ ދަރިންނާ ހިސާބަށް ދާއިރު ޓެކްސްޓް ފޮތްތަކުގައި ލިޔެވިފައި ހުންނާނެ،" މުންދު ވިދާޅުވިއެވެ.

އޭނާ އެހެން ވިދާޅުވި ނަމަވެސް ދިވެހި ރާއްޖެ އިން ވަނީ ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައެވެ. އަދި ކޮމަންވެލްތުން ވަކިވެފައިވާއިރު ބައެއް އެހެން ގައުމުތަކާ ދެމެދު އޮތް ހާރިޖީ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް