Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤުދުސްގެ މައްސަލަ

ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ޢަރަބި ލީގުން އދ. ގައި ލޮބީ ކުރަނީ

7 ޖެނުއަރީ 2018 | އާދީއްތަ 03:28

މިމައްސަލަ ޢަރަބި ލީގުގެ ވަަޒީރުންގެ ބައްދަލުވުމަށް މިމަހު ފަހުކޮޅު ހުށަހަޅާނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 7 ޖެނުއަރީ 2018 | އާދީއްތަ 03:28
އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ: ޢަރަބި ލީގުގެ ފަލަސްތީން ކޮމިޓީގެ ރިޔާސަތު ބަލަހައްޓަނީ އުރުދުން އިން

އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ: ޢަރަބި ލީގުގެ ފަލަސްތީން ކޮމިޓީގެ ރިޔާސަތު ބަލަހައްޓަނީ އުރުދުން އިން

ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް އދ.ގައި ޢަރަބި ޤައުމުތަކުން ވަރަށް އަވަހަށް ލޮބީކުރާނެ ކަމަށް އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވެއްޖެއެވެ.

ޢަރަބި ޤައުމުތަކުން މަސައްކަތްކުރަނީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިސްރާއީލުން 1967 ވަނަ އަހަރު ހިފާފައިވާ އިރުމަތީ ޤުދުސް ބަލައިގަތުމަށް އދ. އަށް ބާރުއެޅުމަށެވެ.

ޢަރަބި 6 ޤައުމެއްގެ ޚާރިޖީ ވަޒީރުން ވަނީ ހޮނިހިރު ދުވަހު ފަލަސްތީނުގެ މައްސަލައިގައި މަޝްވަރާކުރުމަށް އުރުދުންގެ ވެރިރަށް ޢައްމާންގައި ބައްދަލުކުރައްވާފައެވެ. އެ ބޭފުޅުން މަޝްވަރާކުރައްވާފައި ވަނީ، ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށްކަމަށް ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާއި ދެކޮޅަށް މަސައްކަތްކުރުމަށް ޢަރަބި ލީޑަރުން މީގެ ކުރިން އެއްބަސްވެވަޑައިގެންނެވި އެއްބަސްވުމާއިގެން ކުރިއަށްދާނެ ގޮތަކާމެދުގައެވެ.

ޓްރަމްޕްގެ ނިންމެވުމާއިއެކު މިސްރުގެ ވެރިރަށް ޤާހިރާގައި މިކަމާގުޅޭ ގޮތުން ޢަރަބި ޤައުމުތަކުގެ ވެރިން ބައްދަލުކުރައްވައި، 6 ޤައުމުގެ މައްޗަށް އެކުލެވޭ ޚާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މިކޮމިޓީގައި ހިމެނެނީ މިސްރު، މޮރޮކޯ، ސަޢޫދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި ޢިމާރާތް އަދި ފަލަސްތީނުގެ އިތުރުން ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި އުރުދުންއެވެ.

އުރުދުންގެ ޚާރިޖީ ވަޒީރު ސަފާދީ ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް އދ.އަށް ހުށަހެޅުމަށް 6 ޤައުމުގެ ކޮމިޓީއިން ނިންމި މައްސަލަ ޢަރަބި ލީގުގެ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމަކަށް މިމަހުގެ ފަހުކޮޅު ހުށަހަޅާނެއެވެ. މި މައްސަލަ އދ.އަށް ހުށަހަޅުއްވާނެ ކަމަށް ސަފާދީ ވިދާޅުވިނަމަވެސް، ހުށަހަޅުއްވާނީ އދ.ގެ ސަލާމަތީ މަޖިލީހަށްތޯ ނުވަތަ ޢާއްމު މަޖިލީހަށްތޯ ސާފުކޮށްދެއްވާފައެއް ނުވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޢަރަބި ލީގުގެ އަމީން ޢާއްމު އަޙްމަދު އަބުލް ޣައިތު ވިދާޅުވީ ވަޒީރުންގެ ބައްދަލުުވުމުގައި ޢަރަބި-އިސްރާއީލް މައްސަލަތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް އެމެރިކާއަށް އޮތް ފުރުސަތުތަކާބެހޭ ގޮތުންވެސް މަޝްވަރާކުރެވޭނެކަމަށެވެ. މެދުއިރުމަތީގެ މައްސަލައިގައި އެމެރިކާއިން މިހާރު ގެންގުޅެނީ އިސްރާއީލަށް ބުރަވެފައިވާ ސިޔާސަތެއްކަމުން، މެދުވެރިއެއްގެ ރޯލު އަދާކުުރުމުގައި އެމެރިކާއަށް ވަކިފަރާތަކަށް ނުޖެހި އޮވެވިދާނެކަމާއިމެދު ޢަރަބި ލީގުން ސުވާލު އުފައްދައެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް އިއުލާންކުރުމުގެ މަސައްކަތް އިތުރަށް ފުޅާވެގެން މިދިޔައީ ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމި ހިސާބުންނެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
24 މާރިޗު 2017

ހުސްނީ މުބާރަކް މިނިވަން ކޮށްފި

24 މާރިޗު 2017
ހުސްނީ މުބާރަކް މިނިވަން ކޮށްފި
14 މާރިޗު 2017

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
05 މާރިޗު 2017

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް