Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީގެ ޓްރާންސްފާތައް

އެވަޓަން ދޫކޮށް ބާކްލީ ޗެލްސީއަށް

އޭނާ ޗެލްސީއަށް ސޮއިކުރާނީ 15 މިލިއަން ޕައުންޑްގެ ފީއަކަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 5 ޖެނުއަރީ 2018 | ހުކުރު 16:08
ރޮސް ބާކްލީ

ރޮސް ބާކްލީ

އެވަޓަންއަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ ހުނަރުވެރި މިޑްފީލްޑަރު ރޮސް ބާކްލީ އެ ޓީމު ދޫކޮށް ޗެލްސީއަށް ބަދަލުވުމަށް ނިންމައިފިއެވެ.

އުމުރުން 24 އަހަރުގެ މިޑްފީލްޑަރު ހޯދުމަށް ޗެލްސީއިން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވެސް މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް އެފަހަރު ޗެލްސީއިން ހުށަހެޅި ކޮންޓްރެކްޓަށް ފުރަގަސްދީ އޭނާ ވަނީ އެވަޓަންގައި މަޑުކޮށްފައެވެ. ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ހުޅުވުނު ފިނި މޫސުމުގެ ޓްރާންސްފާ މާކެޓާއެކު މި ދެ ކްލަބުން ވަނީ އަނެއްކާވެސް ބާކްލީގެ ޓްރާންސްފާގެ މަޝްވަރާތައް ފަށާފައެވެ. މި ސީޒަނުގެ މެދުތެރެއިން އެވަޓަންއިން އޭނާއަށް ހުށަހެޅި ކޮންޓްރެކްޓްއަށް ބާކްލީ ފުރަގަސްދިންއިރު އެވަޓަންއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން ދަށް ފީއެއްގެ ދަށުން އޭނާއަށް އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އެވަޓަންގެ ކޯޗު ސޭމް އެލަޑައިސް ވެސް ވަނީ ބާކްލީ އެ ކްލަބް ދޫކޮށްލާނެ ކަމަށް ބުނެފައެވެ. ބެލެވޭ ގޮތުގައި އޭނާ ޗެލްސީއަށް ބަދަލުވާނީ 15 މިލިއަން ޕައުންޑްގެ ފީއަކަށެވެ. މިދިޔަ އޮގަސްޓު މަހު ފަލަމަސްގަޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން މި ސީޒަނުގައި ބާކްލީ އެއްވެސް މެޗެއް ކުޅެފައި ނުވާއިރު މި ޖެނުއަރީ މަހުގެ ނިޔަލަށް އޭނާ ފިޓުވާނެ ކަމަށް ބެލެވެއެވެ.

ބާކްލީ ޗެލްސީއާ ގުޅެން އުޅޭ ވާހަކަޔާމެދު އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ކޮމެންޓް ކުރަން ދެކޮޅު ހަދާފައެވެ. ބާކްލީއާ ބެހޭގޮތުން ކޮންޓޭ ބުނީ އޭނާއަކީ ޒުވާން މޮޅު ކުޅުންތެރިޔެއް ކަމަށާއި މުސްތަގުބަލުގައި އޭނާގެ ފަރާތުން ތަފާތު ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އޭނާއަކީ އަނިޔާއިން ސަލާމަތްވުމަށް މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިޔެއްކަން ފާހަގަކުރަމުން ކޮންޓޭ ބުނީ ޗެލްސީއާ އޭނާ ގުޅިއްޖެނަމަ އަނިޔާއިން ސަލާމްތްވުމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭ ކަމަށެވެ.

ބާކްލީ އެވަޓަންއާ ގުޅުނީ އޭނާގެ އުމުރުން އެންމެ 13 އަހަރުގައި 2005 ވަނަ އަހަރުއެވެ. 2011 ވަނަ އަހަރު އެވަޓަންއަށް ފުރަތަމަ މެޗު ކުޅެދިން ބާކްލީ ވަނީ އެ ޓީމަށް ކުޅުނު 150 މެޗުގައި 21 ލަނޑު ޖަހައިދީފައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު