Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ ސްޕޯޓްސް

އުމެއިރު ނެތްތަން ފޫބެއްދުމަށް މާޒިޔާއިން އައްމަޑޭ ގެނެސްފި

2 ޖެނުއަރީ 2018 | އަންގާރަ 12:46

އޭނާ ވަނީ ފާއިތުވެދިޔަ ސީޒަންތަކުގައި މޮޅު ކުޅުމެއް ދައްކާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 ޖެނުއަރީ 2018 | އަންގާރަ 12:46
އައްމަޑޭއާ މާޒިޔާގެ ޖާޒީ ހަވާލުކުރަނީ

އައްމަޑޭއާ މާޒިޔާގެ ޖާޒީ ހަވާލުކުރަނީ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑުގައި މިދިޔަ ސީޒަނުގައި މުހިންމު ދައުރެއް އަދާކުރި މުހައްމަދު އުމެއިރު އެ ޓީމު ދޫކޮށްލުމާ ގުޅިގެން އެ ޓީމުގެ މެދުތެރެ ބެލެހެއްޓުމުގެ ގޮތުން، ގްރީން ސްޓްރީޓްސްގެ އަހުމަދު ހަސަން (އައްމަޑޭ) އެ ޓީމަށް ގެނެސްފިއެވެ.

އައްމަޑޭ މާޒިޔާއަށް ސޮއި ކޮށްފައިވާއިރު އެ ކްލަބުން ބުނެފައި ވަނީ އޭނާއަކީ ފާއިތުވެދިޔަ ސީޒަންތަކުގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެއް ކަމަށާއި އަންނަ ސީޒަނުގައި އޭނާއަކީ އެ ކްލަބުގައި މުހިންމު ކުޅުންތެރިޔަކަށް ވާނެ ކުޅުންތެރިއެއް ކަމަށެވެ. ގްރީންއަށް ކުޅުމުގެ ކުރިން އޭނާ ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައެވެ. އޭނާއަކީ މަސައްކަތުގެ ރޭޓު ވަރަށް ރަނގަޅު ކުޅުންތެރިއެއް ކަމުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

އެމެއިރު މާޒިޔާ ދޫކޮށް ބަދަލުވެފައި ވަނީ ނިމިގެންދިޔަ ސީޒަނުގައި އެންމެ ކާމިޔާބު ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ.

ހަމައެހެންމެ މާޒިޔާ އިން ވަނީ މީގެ ކުރިން މާޒިޔާ އާއި ވެލެންސިއާއަށް ކުޅުނު ހުނަރުވެރި ޑިފެންޑަރު މުޖްތާޒް މުހައްމަދު (މުޖޭ) ވެސް އެ ޓީމަށް ގެނެސްފައެވެ. ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ކުޅުމެއް ދެއްކި މުޖޭއަކީ ވެސް އަންނަ ސީޒަނުގައި މާޒިޔާ ވަރުގަދަ ކުރުމަށް އެ ޓީމަށް ގެނައި ކުޅުންތެރިޔެކެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަމުންދާ މާޒިޔާ އިން ވަނީ އެ ޓީމުގެ ޒުވާން ގޯލްކީޕަރު ހުސައިން ޝަރީފްގެ ކޮންޓްރެކްޓް ވެސް ދިގު މުއްދަތަކަށް އާކޮށްފައެވެ. އެ ކްލަބުން ބުނެފައި ވަނީ 2017 ވަނަ އަހަރު އެ ޓީމާ ގުޅުމަށް ފަހު އޭނާ ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި ޔޫތު ޗެމްޕިއަންޝިޕްގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު ރާއްޖޭގެ އެއް ނަމްބަރު ކީޕަރަށް ވުމުގެ ފެންވަރު އޭނާގެ ކިބައިގައި ހުރިކަން ފެނިގެން ގޮސްފި ކަމަށެވެ.

މި ކުޅުންތެރިންގެ އިތުރުން މާޒިޔާ އިން ވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އިތުބާރު ފޯވާޑް ނާއިޒް ހަސަން (ދާދު) ވެސް އެއް އަހަރު ދުވަހުގެ އެއްބަސަވުމެއްގެ ދަށުން އެ ޓީމަށް ގެނެސްފައެވެ. ހަމައެހެންމެ އެ ޓީމުން ވަނީ ޔަސްފާދު ހަބީބް (މުލަކޭ) އާއި ސަމޫހު އަލީ (ސަމުއްޓެ) އާއި މުހައްމަދު އިރުފާން (އިރޭ) ގެ އިތުރުން މޫސާ ޔާމިން (ޔާމްބެ) ގެ ކޮންޓްރެކްޓު ވެސް އައުކޮށްފައެވެ.

މިދިޔަ ސީޒަނުގައި މާޒިޔާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެސްޓިއޯ މާލެ ލީގުގެ ޗެމްޕިއަންކަން ހޯދުން ކަމަށްވާއިރު އެ ޓީމުން އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2017

ދިވެހި ޕްރިމިއާ ލީގު: އުމެއިރުގެ ހެޓްރިކާއެކު މާޅޮސްގެ މައްޗަށް މާޒިޔާ ކުރިހޯދައިފި

31 އޮކްޓޯބަރު 2017
ދިވެހި ޕްރިމިއާ ލީގު: އުމެއިރުގެ ހެޓްރިކާއެކު މާޅޮސްގެ މައްޗަށް މާޒިޔާ ކުރިހޯދައިފި
10 އޯގަސްޓު 2017

ކޮސްޓާ ނެތްތަން ފޫ ނުބެއްދޭނެ ކަމަށް ޗެލްސީގެ ކެޕްޓަން ކޭހިލް ބުނެފި

10 އޯގަސްޓު 2017
ކޮސްޓާ ނެތްތަން ފޫ ނުބެއްދޭނެ ކަމަށް ޗެލްސީގެ ކެޕްޓަން ކޭހިލް ބުނެފި
08 އޯގަސްޓު 2017

ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ

08 އޯގަސްޓު 2017
ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ
28 މެއި 2017

އަކޫ އާއި އައްމަޑޭ ހިމަނާ ކޮލިފައިން މެޗު އަދި ޓްރެއިނިން ކޭމްޕަށް ގައުމީ ސްކޮޑް އެކުލަވާލައިފި

28 މެއި 2017
އަކޫ އާއި އައްމަޑޭ ހިމަނާ ކޮލިފައިން މެޗު އަދި ޓްރެއިނިން ކޭމްޕަށް ގައުމީ ސްކޮޑް އެކުލަވާލައިފި
22 މެއި 2017

މާޒިޔާއިން ލީގުގެ ފުރަތަމަ ބައްޔާއި ކުރިމަތިލާން ޖެހިއްޖެ

22 މެއި 2017
މާޒިޔާއިން ލީގުގެ ފުރަތަމަ ބައްޔާއި ކުރިމަތިލާން ޖެހިއްޖެ
17 މެއި 2017

އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާއިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި

17 މެއި 2017
އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާއިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި
13 އެޕްރީލު 2017

ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި

13 އެޕްރީލު 2017
ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް