Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ކޮސްޓާ ނެތްތަން ފޫ ނުބެއްދޭނެ ކަމަށް ޗެލްސީގެ ކެޕްޓަން ކޭހިލް ބުނެފި

ކޮސޓާ އަކީ ޗެލްސީގެ ކުރީގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 10 އޯގަސްޓު 2017 | ބުރާސްފަތި 11:46
ކޮސްޓާ އަދި ކޭހިލް: ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ކޮސްޓާ އަދި ކޭހިލް: ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ޗެލްސީގެ ކޯޗް ކޮންޓޭއާ މައްސަލަ ޖެހި ޓީމުން މިވަގުތު ބާކީވެފައިވާ ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ނެތްތަން ފޫ ނުބެއްދޭނެ ކަމަށް ޗެލްސީގެ އާ ކެޕްޓަން ގެރީ ކޭހިލް ބުނެފި އެވެ.

މީޑިއާއާ ވާހަކަ ދައްކަމުން ކޭހިލް ބުނީ ކޮސްޓާއަކީ ޓީމުން ބާކީ ކޮށްލެވޭވަރުގެ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާ ނެތްތަން ޓީމުން ވަރަށް ބޮޑަށް ދައްކާނެ ކަމަށެވެ.

ކޭހިލްއަކީ ތަޖުރިބާކާރު ހުނަރުވެރި ގޯލާ ރައްޓެހި ކުޅުންތެރިއެއް ކަމަށާއި ކޯސްޓާގެ މަގާމު ފޫބައްދަން ގެނެސްފައިވާ އަލްވާރޯ މޮރާޓާ އަކީ ތަޖުރިބާގެ ގޮތުން ކޮސްޓާއަށް ވުރެ ހަގު އަދި ޖޫނިއަރ ކުޅުންތެރިއެއް ކަމަށް ވެސް ކޭހިލް ވަނީ ބުނެފައެވެ.

ކޮސްޓާ އަކީ މޮޅު ފޯވާޑެއް. އޭނާ ގޯލާ ރައްޓިހިވާނެ. ލަނޑު ޖަހާނެ. އޭނާ ނެއްތަން ފޫބައްދަން ވަރަށް އުނދަގޫވާނެ. މޮރާޓާ އަކީވެސް މޮޅު ކުޅުންތެރިއެއް އެހެން ނަމަވެސް ކޮސްޓާއާ އެއްވަރަށް ގޯލް ޖެހުމުގައި ތަޖުރިބާ މަދު." ކޭހިލް ބުންޏެވެ.

ކޮސްޓާގެ މަގާމަށް ފިޓުވަން މޮރާޓާއަށް ވަރަށް ވަގުތު ނަގާނެ ކަމަށާއި އެހެން ނަމަވެސް އެކަމަކީ ނުވާނެ ކަމެއް ކަމަށް ބުނަން ބޭނުން ނުވާކަމަށްވެސް ކޭހިލް ވަނީ ބުނެފައެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ޗެލްސީން ކާމިޔާބުކުރިއިރު އެޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކޮސްޓާ ބޭނުންނުވާ ކަމަށް އެންޓޯނިއޯ ކޮންޓޭ މީޑިއާގައި ހާމަކޮށްފައިވާއިރު، އަލްވާރޯ މޮރާޓާ ގެނައީ ކޮސްޓާގެ ނެއްތަން ފޫބެއްދުމަށް ކަމަށް ކޮންޓޭ ވެސް ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ކޮސްޓާ ވެސް މިހާރު ޗެލްސީގައި މަޑުކުރަން ބޭނުމެއް ނުވެއެވެ. އެހެން ކަމުން އޭނާ މިހާރު ބޭނުންވަނީ އޭނާގެ ކުރީގެ ކުލަބު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމަށެވެ. އެހެން ނަމަވެސް ފީފާ އިން އެ ޓީމަށް ދީފައިވާ އަދަބަކާ ގުޅިގެން އެ ޓީމަށް އެންމެ އަވަހަށް ވެސް ކުޅެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ކޮސްޓާ ޓީމުން ބާކީ ކޮށްފައިވާއިރު ޗެލްސީގެ ޑިފެންސިވް މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާ ކުރަމުންގެންދިޔަ ނެމަންޔާ މަޓިޗް ވެސް ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލާފައެވެ.

އޭގެ ބަދަލުގައި ކޮންޓޭ ވަނީ ފްރާންސުގެ މޮނާކޯއަށް ކުޅެމުންއައި ޓިމް ބަކަޔޯކޯ ގެނެސްފައެވެ. އަދި އިޓަލީގެ އިންޓަމިލާނަށް ކުޅެމުން އައި ޖަރުމަން ޑިފެންޑަރ ރުޑީގާ ވެސްވަނީ ގެނެސްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި

އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި

10 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު