Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގު: އުމެއިރުގެ ހެޓްރިކާއެކު މާޅޮސްގެ މައްޗަށް މާޒިޔާ ކުރިހޯދައިފި

މާޒިޔާ އޮތީ 23 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައި

ލީވާން އަލީ
ލީވާން އަލީ | 31 އޮކްޓޯބަރު 2017 | އަންގާރަ 14:21
މާޒިޔާގެ އުމެއިރު ލަނޑު ޖެހުމަށް ފަހު ޓީމު ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ

މާޒިޔާގެ އުމެއިރު ލަނޑު ޖެހުމަށް ފަހު ޓީމު ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބޮޑުތަފާތަކުން އއ.މާޅޮސްގެ މައްޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުރިހޯދައިފިއެވެ.

އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗު މާޅޮސްއާ ވާދަކޮށް މާޒިޔާ މެޗު ކާމިޔާބު ކުރީ 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ މާޒިޔާއެވެ. އެގޮތުން އެޓީމުން ވަނީ ހަވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އުމެއިރުއެވެ. އޭގެ މިނެޓެއް ފަހުން މާޒިޔާއަށް ލީޑު ފުޅާކޮށްދިނީވެސް އުމެއިރުއެވެ.

މި ލަނޑުތަކަށްފަހު ވެސް މާޒިޔާ އިން ދިޔައީ ފުލުފުލުގައި މާޅޮސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން 10 ވަނަ މިނެޓުގައި ކެރިޗް އަންޑްރެޖް ވަނީ މާޒިޔާ އަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޒިޔާގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޔަސްފާދް ހަބީބްއެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުން މާޅޮސްގެ މައްޗަށް މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އެޓީމުން މެޗުގައި ޖެހި ފަސްވަނަ ލަނޑު 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަސްހަދު އަލީ (އަޑުބަރޭ) އެވެ.

މެޗު ނިމުމުގެ ކުރިން މާޒިޔާގެ ހަވަނަ ލަނޑު ކާމިޔާބުކޮށް، އުމެއިރު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ އުމެއިރުއެވެ.

މި ނަތީޖާއާއެކު މާޒިޔާ އޮތީ ކުޅުނު 11 މެޗުން ލިބުނު 23 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި މާޅޮސް އޮތީ ކުޅުނު 11 މެޗުން ލިބުނު 8 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު