Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ޕްރައިމަރީ

ރައީސް ނަޝީދުއާ ވާދައެއް ނުކުރާނަން، ހުންނާނީ ފަހަތުގައި: އަބްދުﷲ ޝާހިދު

2 ޖެނުއަރީ 2018 | އަންގާރަ 10:34

ރައީސް ނަޝީދު ވާދަކުރައްވާ އެއްވެސް ޕްރައިމަރީއެއްގައި ވާދައެއް ނުކުރައްވާނަން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 2 ޖެނުއަރީ 2018 | އަންގާރަ 10:34
މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވާދަ ކުރައްވާ އެއްވެސް ޕްރައިމްރީއެއްގައި ވާދަ ނުކުރައްވާނެ ކަމަށާއި އަދި ހުންނަވާނީ ވެސް ރައީސް ނަޝީދުގެ އަރިހުގައި ސާބިތުކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ޝާހިދު ވާދަކުރަން ނިންމައި، ރައީސް ނަޝީދު މިނިވަން ކުރަން ކުރާ މަސައްކަތަށް ހުރަސްތައް ކުރިމަތި ކުރައްވަމުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ ރައީސް ނަޝީދު މިނިވަން ކުރެއްވުމަށް އެމްޑީޕީގެ ލީޑަރޝިޕުން އެންމެ ބުރަ މަސައްކަތް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ އެއް ބޭފުޅަކީ އެމަނިކުފާނު ކަމަށެވެ.

އެގޮތުން، ބޭރު ދުނިޔޭގެ ގައުމުތަކާއި، އދ.އާއި، ޔޫރަޕިއަން ޔޫނިއަން، އަދި އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާފައިވާ ގޮވާލުންތަކީ އެމްޑީޕީގެ ލީޑަރޝިޕުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދުއާ ގުޅޭގޮތުން ޓްވީޓާގައި ދައުރުވަމުންދާ ވާހަކަތައް ބުނާ ގޮތުގައި، އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ޝާހިދު ވަނީ ނިންމާފައެވެ. އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ 15 މެމްބަރުން ޝާހިދުއަށް ބައިއަތު ހިފައިފާވާ ކަމަށާއި ރައީސް ނަޝީދު މިނިވަން ކުރުމަށް ކުރާ މަސައްކަތަށް ހުރަސްތައް ކުރިމަތި ކުރަމުންދާ ކަމަށް ވެސް ދައުރުވަމުންދެ އެވެ.

އެ ޓުވީޓަށް ރައްދުދެއްވަމުން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ ހަގީގަތެއް ނެތް ފިތުނައިގެ ވާހަކައެއް ކަމަށެވެ. އަދި ހުންނަވާނީ ސާބިތުކަމާއެކު ރައީސް ނަޝީދުއާއި އެމްޑީޕީއާއެކު ކަމަށްވެސް ޝާހިދު ވިދާޅުވެފައި ވެއެވެ.

ޝާހިދު ވިދާޅުވީ މާތް ﷲގެ ރަހްމަތްފުޅުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ސަފުތައް ރޫޅާލުމަށް ކުރާ މަސައްކަތް ވާނީ ނާކާމިޔާބު ކަމަށްވެސް ޝާހިދު ވިދާޅުވެފައި ވެއެވެ.

ޓްވިޓަރ ގައި ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން ޝާހިދު އިތުރަށް ވިދާޅުވީ މިފަދަ ކަންކަމަކީ އެމްޑީޕީގެ އިސް ސަފުތައް ރޫޅާލުމަށް ސަރުކާރުން ރާވާ ހިންގަމުންދާ ޒިންމާދާރުކަންކުޑަ ހަޑިމުޑުދާރު ކަންތައްތަކެއް ކަމަށެވެ، އެމްޑީޕީއާއި އެ ޕާޓީއަށް ސަޕޯޓް ކުރާ ފަރާތްތަކުން އެވާހަކަތަކުގައި ނުޖެހުމަށް ޝާހިދު ގޮވައިލެއްވި އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް