Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ - އިންޑިއާ

އިންޑިއާ ސަފީރާއި އެމްބަސީގެ ފޯނު ކޯލުތައް އަޑުއަހަމުންދާ ކަމަށް ކުރި ތުހުމަތުތައް ސަރުކާރުން ދޮގުކޮށްފި

2 ޖެނުއަރީ 2018 | އަންގާރަ 06:24

ސަރުކާރުން ބުނީ އެފަދަ ކަމެއް ނުކުރާނެ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 2 ޖެނުއަރީ 2018 | އަންގާރަ 06:24
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ

އިންޑިއާ އެމްބަސީއާއި އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާގެ ފޯނު ކޯލުތައް ދިވެހި ސަރުކާރުން އަޑުއަހަމުންދާ ކަމަށް ބުނެ އިންޑިއާގެ ނޫހެއްގައި ކޮށްފައިވާ ތުހުމަތުތައް ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.

އިންޑިއާގެ "ދަ ކުއިންޓް" ނޫހުގައި، އެގައުމުގެ ސްޓްރެޓީޖިކް އެނަލިސްޓެއް ކަމަށްވާ ރަޖީވް ޝަރުމާ ލިޔުއްވާފައިވާ ލިޔުމެއްގައިވާ ގޮތުގައި، މާލޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ ލޭންޑްލައިން ފޯނުތަކާއި އެމްބަސީގައި މަސައްކަތް ކުރައްވާ ޑިޕްލޮމެޓުންނާއި ސަފީރު އަކިލޭޝް މިޝްރާގެ މޯބައިލް ފޯނު ކޯލުތައް ދިވެހި ސަރުކާރުން ދަނީ އަޑުއަހަމުންނެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވިދާޅުވީ ދިވެހި ސަރުކާރުން އެކަހަލަ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ.

މިދިޔަ މަހުގެ ތިން ވަނަ ދުވަހު ޝާއިއު ކުރި ލިޔުމުގައިވާ ގޮތުގައި، އިންޑިއާގެ ސަފީރާއި ބައްދަލު ނުކުރުމަށް، މިނިސްޓަރުންނަށާއި ސަރުކާރުގެ އޮފިޝަލުންނަށާއި ޕީޕީއެމްގެ އިސްވެރިންނަށް ސަރުކާރުން ވަނީ އަންގާފަ އެވެ. ލިޔުމުގައިވާ ގޮތުގައި މިކަންތައްތަކުގެ ސަބަބުން، އިންޑިއާ ސަފީރަށް ރާއްޖޭގައި ހަރަކާތްތެރިވުމަށް ވަނީ ހުރަސް އެޅިފަ އެވެ. އެ ލިޔުމުގައި ސިފަކޮށްފައިވާ ގޮތުގައި އިންޑިއާ ސަފީރު މިހާރު ހުންނެވީ "ކޮއްޓަކަށް ލާފައިވާ ގުރައެއްގެ" ހާލަތުގައެވެ.

އިންޑިއާގެ ނޫހެއްގައި އެފަދަ ވާހަކަތަކެއް ޝާއިއު ކޮށްފައިވަނީ، ޗައިނާއާއެކު ދިވެހި ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމާއި ގުޅިގެން އިންޑިއާ ސަރުކާރުން ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ.

ހޯމް މިނިސްޓްރީގެ ހުއްދަ ނުހޯދައި، އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާއި ބައްދަލުކުރި ގއ. އަތޮޅު ކައުންސިލް ވަނީ ތިން މަސް ދުވަހަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ. އިންޑިއާއިން އެކަމާ ވެސް ނުރުހުން ފާޅުކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް