Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިޤްތިޞާދު

އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

އިންވެސްޓްމަންޓް ފޯރަމުން ނިކުތް ނަތީޖާއެއް ނެތް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2018 | ހޯމަ 06:03
މިނިސްޓަރ ސަޢީދު އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަ ދައްކަވަނީ

މިނިސްޓަރ ސަޢީދު އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަ ދައްކަވަނީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ވަރަށް އިޤްތިޞާދީ ކަންކަމަށް މޮޅުކަމަށް އަމިއްލައަށް ކިޔައިގެން އުޅޭ ސަރުކާރެކެވެ. ވެރިކަމަށް ވަޑައިގަތީވެސް 'އިޤްތިޞާދީ ޕްލެޓްފޯމެއް'ގައެވެ. ރައްޔިތުން ވިސްނައިގެން ތިބީ މި 5 އަހަރު ނިމޭއިރު ރާއްޖެ އޮންނާނީ ސިންގަޕޯރ ފެންވަރުގައިކަމަށެވެ.

އެހެން ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. މާމޮޅު އިޤްތިޞާދީ މާހިރެއް ކަމަށް ހެދިގެން އުޅުނު މީހުން މިވީ އިޤްތިޞާދުގެ ކަންފުޅެއްވެސް ނުދަންނަ ބަޔަކަށެވެ. ޤައުމުގެ އިޤްތިޞާދު އަނދަވަޅަކަށް ވައްޓާލިއިރު، ވެރިކަމުން ފައިބައިގެން ދާއިރު ޤައުމުގެ ދަރަނި އެވަނީ 50 ބިލިއަން ދިވެހި ރުފިޔާއަށް އަރުވާލާފައެވެ. ދިވެހިން ހޭވެރިކަން ވާނީ ގްރީސްއަށްވީހެން މި ޤައުމުވެސް ބަނގުރޫޓުވީމައިތޯއެވެ؟

ރައީސް ޔާމީން ނޫނަސް މި ސަރުކާރުގައި މާމޮޅު އިޤްތިޞާދީ މާހިރުންކަމަށް ބަޔަކު މީހުން ޤަބޫލުކުރާ ބޭފުޅަކު އުޅުއްވައެވެ. އިޤްތިޞާދާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

ސަޢީދު އިޤްތިޞާދާބެހޭ ވަޒީރުކަމަށް އައްޔަންކުރެއްވީ ޤާސިމް އިބްރާހިމްގެ އެދިލެއްވުމެއްގެ މަތިންކަމަށްވެއެވެ. ސަޢީދަކީ ޤާސިމް އިބްރާހިމް ދަރިއެއް ފަދައިން ކިޔަވައިދީގެން އެމަނިކުފާނުގެ އެންމެ ބޮޑު ރިސޯޓުގެ ޖެނެރަލް މެނޭޖަރަކަށް ގެންގުޅުއްވި ބޭފުޅެކެވެ. އިޤްތިޞާދީ ކަންކަން އެނގިވަޑައިގަންނަވާނެ ކަމާއިމެދު ޝައްކެވެ. ޤާސިމް އިބްރާހިމްގެ ކެމްޕޭނުގައިވެސް އިސްކޮށް އުޅުއްވިއެވެ. އެހެން ނަމަވެސް ޔާމީނަށް ވެރިކަން ލިބި، އެންމެ ފުރަތަމަ ވަޒީރުކަން ލިބިވަޑައިގަންނަވާކަން އެނގިވަޑައިނުގެން އެކަމާއި ހިތްޕުޅުހަމަޖެހިވަޑައިގެން ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނަސް ގުޅުއްވި ވާހަކަ އަޑު އިވެއެވެ. އަދި ވަޒީރުކަން ލިބިވަޑައިގަންނަވާކަން އެނގިވަޑައިގަތުމުން ހަމަ އެބޭފުޅުންނަށް ގުޅުއްވިކަމަށްވެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުން ސަޢީދަކީ މަޤާމަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ.

އެކަން ޤަބޫލުކުރަން މިއަދު އެބަޖެހެއެވެ. އިޤްތިޞާދީ މާމޮޅު މާހިރެއްކަމަށް ބަޔަކު ސަޢީދު ލޭބަލް ކުރިޔަސް، ސަޢީދުގެ މިހާރު ހަޤީޤީ މަސައްކަތަކީ ރައީސް ޔާމީންނަށް ސަނާ ދެންނެވުމެވެ. ޤައުމުގެ އިޤްތިޞާދީ ޙާލަތު އޮތް ގޮތެއް ސަޢީދުއަށް އެނގިވަޑައިގަންނަވާނެކަމާމެދު ޝައްކެވެ.

މިނިސްޓަރ މުނައްވަރު ނުވަތަ މިނިސްޓަރ ޝައިނީ ދަތުރުފުޅެއް ވަޑައިގަންނަވާއިރަށް، ވާދައަށް ތާކުން ތާކު ނުޖެހޭ ދަތުރުތައް ކުރެއްވިޔަސް އަދި މިނިސްޓަރ ސަޢީދުއަށް އިޤްތިޞާދު ކުރިއެރުވުނީކަމަށް އަޅުގަނޑަށް ނުފެނެއެވެ. މިލިއަނުން ޚަރަދުކޮށްގެން އިންވެސްޓްމަންޓް ފޯރަމްތައް ބާއްވާއިރު ސަޢީދަށް މި ޤައުމަށް ގެނެވުނީ ކޮން އިންވެސްޓްމަންޓެއްތޯއެވެ؟

ރައްޔިތުންގެ ބޮލުގައި ދަރަނި އެޅޭނެ ޕްރޮޖެކްޓްތައް ނޫން އިތުރު އެއްޗެއް ނުވަދެއެވެ. އެންމެ އިންވެސްޓްމަންޓެއްވެސް ނާދެއެވެ. ޓޫރިޒަމް އިންޑަސްޓްރީގައި ބޮޑެތި ކުންފުނިތަކުން އަަބަދު ކުރަމުން އަންނަ އިންވެސްޓްމަންޓް އެއީ މިސަރުކާރުން ގެނައި އިންވެސްޓްމަންޓެކޭ ނުބުނެވޭނެއެވެ.

ސަޢީދު ބާއްވާ އިންވެސްޓްމަންޓް ފޯރަމަށް ސަރުކާރު ކުންފުނިތަކުން މިލިއަނުން ޚަރަދުކުރުން ނޫން އެހެން ކަމެއް ނޯވެއެވެ. އެންމެ ފަހުން ޑުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމަށްވެސް ޒިޔާރަތްކުރި މީހުންގެ އަދަދު އިންވެސްޓްމަންޓް ފޯރަމަަށް ދިޔަ ދިވެހި ސަރުކާރުގެ ޑެލިގޭޝަނަށްވުރެ މަދުކަމަށް ވެއެވެ. އެފޯރަމްގެ ވާހަކަ ކަވަރުކުރި މެއިންސްްޓްރީމް މީޑިއާއެއް ނެތެވެ. ޑުބާއީގައި ބަޔަކު ކަމެއްކުރިކަން ދިވެހިން ނޫން ބަޔަކު ނުދަނެއެވެ.

ރައީސް ޔާމީނު ފިނިފެންމަލަކާ އެއްފަދަކުރުން ފިޔަވައި ސަޢީދުއަށް ދެން ކުރެވުނީ ކީއްތޯއެވެ؟ ބޮޑެތި ފޯރަމްތައް ބޭއްވިއިރު، އެފޯރަމްތަކަށް ކުރި ޚަރަދު ކަވަރުކުރެވޭނެ ވަރުގެ އިންވެސްޓްމަންޓެއްވެސް ގެނެވުނު ކަމަކަށް ނުވިއެވެ.

ޤާސިމް އިބްރާހިމްގެ އަރިހުން ދަސްވި އެއްޗެއްގެ ބޭނުން ހިފިނަމަވެސް ތިއަށްވުރެ ރަނގަޅުވީސްކަން ނޭނގެއެވެ. ގައިމު ރިސޯޓް މެނޭޖްކުރުމުގައި ކޮންމެވެސް އެއްޗެއް ދަސްވާނެއެވެ. ރައީސް ޔާމީނަށް ސަނާ ނުކިޔުއްވައި އިޤްތިޞާދު ކޮޅަށް ޖައްސަވާށެވެ. މިނިސްޓަރ މުނައްވަރު ދައްކަވާ އިލްމީ ވާހަކަ އަޑުއައްސަވާށެވެ. މިއީ ވަރަށް ވާހަކައެވެ.

އިންވެސްޓްމަންޓް ފޯރަމްތަކަށް ކުރި ޚަރަދު މަތިން އަދި އަޅުގަނޑުމެން ހަނދާން ނައްތާލަައިގެން ނުވާނެއެވެ. ސިންގަޕޫރަށާއި، ޗައިނާއަށާއި، އިންޑިއާއަށް އަދި ޑުބާއީއަށް ތިކުރެއްވި ބޭކާރު ދަތުރުތަކުގެ ތަފްޞީލް ހާމަވާނެ ދުވަސް އަދި އަންނާނެއެވެ. އޭރުން މަނިކުފާނު ސަލާމަތްކުރާކަށް އެއްކަލަ ފިނިފެންމަލެއް ނާންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާރުކޭޓު ގޮޅި ކަނޑައެޅުން: ކައުންސިލަރުން އެއް ގަލަކަށް ނޭރި ބޭކާރު ވަގުތުތަކެއް!

މާރުކޭޓު ގޮޅި ކަނޑައެޅުން: ކައުންސިލަރުން އެއް ގަލަކަށް ނޭރި ބޭކާރު ވަގުތުތަކެއް!

17 ނޮވެމްބަރު 2019
ތިމާވެށީގެ މައްސަލަތަކުގައި ސަރުކާރު ޖޫރިމަނާކުރުން: ބޭކާރު ކަމެއް!

ތިމާވެށީގެ މައްސަލަތަކުގައި ސަރުކާރު ޖޫރިމަނާކުރުން: ބޭކާރު ކަމެއް!

29 ސެޕްޓެމްބަރު 2019
ކުންފުނިތަކުން ބޭކާރު ޚަރަދުކުރުން ހުއްޓާލަން ޖެހޭ!

ކުންފުނިތަކުން ބޭކާރު ޚަރަދުކުރުން ހުއްޓާލަން ޖެހޭ!

24 މެއި 2019
ސަޢީދު: އެންމެ ބޭކާރު ވަޒީރު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

20 ޖޫން 2018
އާމިރާއި ވިސާމް ޖަލުގައި ހޭދަކުރި ހިތްދަތި 11 ދުވަސް

އާމިރާއި ވިސާމް ޖަލުގައި ހޭދަކުރި ހިތްދަތި 11 ދުވަސް

27 މާރިޗު 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު