Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރުގެ އާމްދަނީ

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

އާމްދަނީ ހޯދުމަށް އައު ކަންތައްތައް ކޮށްގެން ސަރުކާރަށް ލިބުނީ 592 މިލިއަން ރުފިޔާ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2017 | ބުރާސްފަތި 04:42
ހެރެތެރެ އައިލެންޑް ރިސޯޓް

ހެރެތެރެ އައިލެންޑް ރިސޯޓް

ސަރުކާރުގެ 2017 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 26.7 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. އެހެން ނަމަވެސް ކުރަންޖެހުނު ހަރަދުތައް ބޮޑުވުމުގެ ސަބަބުން ސަރުކާރުން ވަނީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފަ އެވެ. އެގޮތުން 493 މިލިއަން ރުފިޔާ ވަނީ މިއަހަރުގެ ބަޖެޓަށް އިތުރުކުރުމަށް ނިންމައިފައެވެ.

ފިނޭންސް މިނިސްޓްރީން 2017 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާ ފައިވާ ކަންތައްތަކަށް ބަލާ އިރު އާމްދަނީގެ ގޮތުގައި ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ. އެގޮތުން މުޅި ޖުލްމަ އާމްދަނީ 21 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާ އިރު އައު މަޝްރޫއުތައް ހިންގައިގެން ދެ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއަޕޯޓް ޑިވެލޮޕްމެންޓް ޗާޖުން 565 މިލިއަން ރުފިޔާ އާއި ބިންވެރިކޮށްދީގެން ލިބޭނެ ކަމަށް ކަނޑައަޅާފައިވާ 500 މިލިއަން ރުފިޔާ އާއި މާލޭ ސަރަހައްދުން ނަގާ ކޮންޖެޝަން ޗާޖުގެ ގޮތުގައި 261 މިލިއަން ރުފިޔާ އާއި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން ނަގާ 200 މިލިއަން ރުފިޔާ އާއި ޕިޒީ ޑްރިންކްސް އާއި އެނަރޖީ ޑްރިންކްސް އިން ނަގާ 9 މިލިއަން ރުފިޔާ އާއި ޓެކްސީ އަދި ފިކަޕް ހިދުމަތުގެ ހުއްދަ ވިއްކައިގެން 12 މިލިއަން ރުފިޔާ އާއި ސްޕެޝަން އިކޮނޮމިކް ޒޯން ( އެސްއީޒެޑް) ތައާރަފްކޮށްގެން 500 މިލިއަން ރުފިޔާ ހޯދުމަށް ހިމަނާފައިވެ އެވެ. ބަޖެޓުގައި ހިމަނާފައިވާ މި ކަންތައްތަކުން ސަރުކާރަށް ލިބުނީ 592 މިލިއަން ރުފިޔާ އެވެ.

މި އަދަދުތަކުގެ ތެރެއިން އާމްދަނީ ހޯދުމަށް އަލަށް ފެށުނީ މަދުކަމެކެވެ. އެގޮތުން ބިންވެރިކޮށްދީގެން ލިބޭނެ ކަމަށް ކަނޑައަޅާފައިވާ 500 މިލިއަން ރުފިޔާ އާއި މާލޭ ސަރަހައްދުގެ ކޮންޖެޝަން ފީގެ ގޮތުގައި ކަނޑައަޅާފައިވާ 261 މިލިއަން ރުފިޔާ އާއި އެސްއީޒެޑްގެ ގޮތުގައި ކަނޑައަޅާފައިވާ 500 މިލިއަން ރުފިޔާވެސް ސަރުކާރަށް ހޯދިފައެއް ނުވެ އެވެ. އާމްދަނީ ހޯދުމަށް ހިމަނާފައިވާ އައު ކަންތައްތަކުގެ ތެރެއިން ލިބުނު އަދަދުން ބަލާ ނަމަ ސަރުކާރަށް ހާސިލްވީ 34 ޕަސެންޓެވެ.

ބިންވެރިކޮށްގެން ފައިސާ ހޯދުމަށް ސަރުކާރުން ނިންމާފައިވާގޮތަކީ ގެސްޓްހައުސް ފަދަ ތަންތަން ތަރައްގީކުރުމަށް ބިން ހިއްކުމަށް ފަހު ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްގެންނެވެ. އެގޮތުން އަކަފޫޓެއް 1000ރ. އަށް ވިއްކައިގެން ގާތްގަނޑަކަށް އަހަރުގެ ތެރޭގައި ފަސް ލައްކަ އަކަފޫޓު ދޫކޮށްގެން 500 މިލިއަން ހޯދާނެ ކަމަށް ހިމެނި އެވެ. އެހެން ނަމަވެސް އަހަރު ނިމެން ދެ މަހަށް ވެފައިވާ އިރުވެސް އެކަން ހާސިލުވާ މަންޒަރެއް ނުފެނެ އެވެ.

ކޮންޖެޝަން ފީއެއް ނެގުމަށް ނިންމީ މާލޭގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށްވުމުން ގިނަ އަދަދެއްގެ ވެހިކަލް ބޭނުން ކުރެވޭތީ މަގުތަކުގެ ބާރުބޮޑުވެ ބައިބޯވުން ކުޑަކުރުމުގެ ގޮތުން ހަތަރު ފުރޮޅުލީ އުޅަނދާއި ދެ ފުރޮޅުލީ އުޅަނދުން ފީއެއް ނަގައިގެންނެވެ. އެހެން ނަމަވެސް އެކަމެއްވެސް ސަރުކާރަކަށް ނުވި އެވެ.

އޭގެ މާނައަކީ ސަރުކާރަށް އާމްދަނީ އިތުރު ކުރުމަށް އައު ކަންތައްތައް ކުރެވިފައިނުވާ ކަމެވެ. ނުވަތަ އެންމެ އެދެވޭ ގޮތުގައި އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރެވިފައިނުވާ ކަމެވެ.

ދައުލަތަށް ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި ހޯދައި ގައުމީ ތަރައްގީގެ ދުވެލި ބާރުކޮށް ބޭރު ފައިސާގެ ދަތިކަން ފިލުވައިލެވޭނީ ދަރަނި ކުޑަކޮށް އާމްދަނީ އިތުރުކޮށްގެން ކަމަށްވާ އިރު އާމްދަނީ އިތުރުކުރުމަށް ހުށަހެޅި އާ ކަންތައްތަކުން ސަރުކާރުން ލިބުނީ "އީ" ގްރޭޑެވެ.

ގައުމެއްގެ ތަރައްގީއާ ކުރިއެރުމަށް އަހަރުން އަހަރަށް އާމްދަނީގެ ގޮތުގައި އައު ކަންތައްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ތަރައްގީ ނުކުރެވޭނެ ނަމަ، ތަރައްގީ ހާސިލް ކުރާނީ ކޮންކަމެއް ކޮށްގެންނެވެ.

ރާއްޖޭގެ އާމްދަނީއަށް ބަލާ އިރު ޓެކުހުގެ ގޮތުގައި 14 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ޓެކްސް ނޫން ގޮތްގޮތަށް 4 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ހިލޭ އެހީގެ ގޮތުގައިވެސް 876 މިލިއަން ވަނީ ލިބިފަ އެވެ.

މިދިޔަ 2016 ވަނަ އަހަރަށް ބަލާ އިރު 27.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރެވުނު އިރު 22.8 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރި އެވެ. އަހަރު ނިމުނު އިރު ލިބިފައިވަނީ ގާތްގަނޑަކަށް 18.1 ބިލިއަން ރުފިޔާ އެވެ.

މިފާއިތުވެދިޔަ ދެ އަހަރު ކަމަށްވާ، 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގައި ވެސް ލަފާކުރި އާމްދަނީ އަށްވުރެ އަސްލު ލިބުނު އާމްދަނީ 4 ބިލިއަން ރުފިޔާ ދަށެވެ.

މި ހިނގާ 2017 ވަނަ އަހަރަށް ސަރުކާރުން އާމްދަނީގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭ ކަމަށް ލަފާކޮށްފައިވާ އިރު އަންދާޒާކުރި އާމްދަނީގެ 985 މިލިއަން ރުފިޔާ ސަރުކާރަށް ލިބިފަ އެއް ނުވެ އެވެ. މިއީ މި ފާިއތުވެދިޔަ ދެ އަަހަރާ ބަލާ އިރު ކުޑަ ފަރަގެއް ނަމަވެސް އުފާކުރަން ޖެހޭ ވަރު ކާމިޔާބީއެއް ނޫނެވެ. މިފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުން އެކި ޕްރޮޖެކްޓްތަކަށް ލޯނު ނަގާފައިވާ އިރު ބޮންޑުވެސް ވަނީ ވިއްކާފަ އެވެ. މި އަދަދުތައް އަދި އާމްދަނީގެ ތެރޭގައި ހިމެނުނު ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި އެ ފައިސާ ދަރަންޏަށް ބަދަލުވެގެންދާނެ އެވެ. އެހެންކަމުން މިއީ ކުރިއަށް އޮތް 2018 އަހަރުގެ ބްޖެޓްގައިވެސް ސަރުކާރުން ވިސްނަންޖެހޭނެ ކަންތައްތަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ރައީސް މައުމޫން ހައްޔަރުކުރަން މި ސަރުކާރަށް ކެރިދާނެތަ؟

ރައީސް މައުމޫން ހައްޔަރުކުރަން މި ސަރުކާރަށް ކެރިދާނެތަ؟

14 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

10 ޖޫން 2017
ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު