Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމަކަރު ހީލަތް ހެދުން

މަކަރު ހީލަތުގެ ކުށުގައި ތައިލެންޑް މީހަކު 13،275 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

30 ޑިސެމްބަރު 2017 | ހޮނިހިރު 09:39

މަކަރު ހަދައިގެން ފައިސާ ހޯދި ދެ ކުންފުނިވެސް 20 މިލިއަން ޑޮލަރުން ވަނީ ޖުރިމަނާ ކޮށްފައި

| 30 ޑިސެމްބަރު 2017 | ހޮނިހިރު 09:39
ތައި ފައިސާ ބާތު -

ތައި ފައިސާ ބާތު -

މަކަރު ހީލަތް ހަދައިގެން މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމުގެ ކުށް ސާބިތުވެ ތައިލެންޑްގެ ރައްޔިތަކު 13،275 (ތޭރަ ހާސް ދުއިސައްތަ ހަތް ދިހަ ފަހެއް) އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ޕުޑިތް ކިއްޓިތްރަޑިލޮކް ވަނީ މަކަރު ހީލަތް ހަދައިގެން އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމަށް ކޯޓުގައި އިއުތިރާފް ވެފައެވެ.

އިންވެސްޓް ކޮށްގެން ރަނގަޅު ފައިދާ އެއް ލިބޭނެ ކަމަށް ބުނެ ސާޅީސް ހާހަށް ވުރެ ގިނަ މީހުން މަޅީގައި ޖައްސައިގެން އެމީހުންގެ އަތުން 160 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އޭނާ ހޯދިކަން ކޯޓުގައި ވަނީ ސާބިތު ވެފައެވެ.

ދައުލަތުގެ ވަކީލުން ކޯޓުގައި ބުނެފައިވަނީ، ޕުޑިތް އަކީ، މީހުން ލައްވާ އިންވެސްޓް ކުރުވުމަށް ކޮންފަރެންސްތައް ބާއްވައިގެން އިމާރާތް ކުރުމާއި، ސެކަންޑް ހޭންޑް ވެހިކަލް އެކްސްޕޯޓު ކުރުން ފަދަ ކަންކަމުން ބޮޑު ފައިދާ އެއް ލިބޭނެ ކަމަށް ބުނެ މީހުންގެ ޝައުގުވެރިކަން ހޯދައިގެން އޭނާގެ ކުންފުނިތަކަށް މީހުން ލައްވާ އިންވެސްޓް ކުރުވާ މީހެއް ކަމަށެވެ. ޕުޑިތް ސެމިނަރ ތަކުގައި ބައިވެރިވާ މީހުންގެ ގާތު އޭނާ ބުނަނީ އިންވެސްޓް ކުރުމުން ލިބޭ ފައިދާގެ އިތުރުން، އިންވެސްޓް ކުރާ މީހުން މެދުވެރި ވެގެން އިތުރު އިންވެސްޓަރުން ހޯދުމުން އިތުރު ބޯނަސް ލިބޭނެ ކަމަށެވެ. މި ގޮތުން ކުރިން ފައިސާ ދިން މީހުންނަށް ލާރި ދެނީ އަލަށް ބައިވެރިވެ އިންވެސްޓް ކުރާ މީހުން ދޭ ފައިސާ ބޭނުން ކޮށްގެން ކަމަށްވެސް ވަކީލުން ބުނެފައިވެއެވެ.

ޕުޑިތްގެ މައްޗަށް އައި ހުކުމުގެ އިތުރުން، މަކަރު ހަދައިގެން ފައިސާ ހޯދުމަށް ޕުޑިތް އުފައްދާފައިވާ ދެ ކުންފުނިން ކުރެ ކޮންމެ ކުންފުންޏެއް 20 މިލިއަން ޑޮލަރުން ކޯޓުން ވަނީ ޖުރިމަނާ ކޮށްފައެވެ. އަދި އޭނާގެ މަޅީގައި ޖެހުނު މީހުންގެ ތެރެއިން 2،653 ފަރާތްތަކަށް އަހަރަކު 7.5 ޕަސެންޓްގެ އިންޓަރެސްޓް ރޭޓުން ގާތްގަނޑަކަށް 17 މިލިއަން ޑޮލަރު ދިނުމަށްވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2017

މީހަކު އެންޖެލީނާ ޖޯލީއަށްވާން 50 އޮޕަރޭޝަން ކޮށްފި

01 ޑިސެމްބަރު 2017
މީހަކު އެންޖެލީނާ ޖޯލީއަށްވާން 50 އޮޕަރޭޝަން ކޮށްފި
13 ނޮވެމްބަރު 2017

ޗައިނާގެ މީހަކު 25 އައިފޯނުން ޕްރޮޕޯސް ކޮށްފި

13 ނޮވެމްބަރު 2017
ޗައިނާގެ މީހަކު 25 އައިފޯނުން ޕްރޮޕޯސް ކޮށްފި
14 ޖުލައި 2017

އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ

14 ޖުލައި 2017
އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ
07 ޖޫން 2017

ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

07 ޖޫން 2017
ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ
18 މެއި 2017

ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

18 މެއި 2017
ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި
12 މެއި 2017

ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

12 މެއި 2017
ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ
28 އެޕްރީލު 2017

ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި

28 އެޕްރީލު 2017
ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި
16 މާރިޗު 2017

ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ

16 މާރިޗު 2017
ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ
05 މާރިޗު 2017

ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

05 މާރިޗު 2017
ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި
08 ޖެނުއަރީ 2017

"ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ

08 ޖެނުއަރީ 2017
 "ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް