Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއޭޓީއެމް މެޝިން

އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ

އޭޓީއެމް މެޝިން ތެރޭ ތާށިވެފައިވަނީ ބޭންކެއްގައި މަސައްކަތްކުރަމުން އަންނަ ފިރިހެނެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ޖުލައި 2017 | ހުކުރު 05:47
އޭޓީއެމް މެޝިނަކުން ލާރި ނަގަނީ

އޭޓީއެމް މެޝިނަކުން ލާރި ނަގަނީ

އެމެރިކާގެ ޓެކްސަސް ސިޓީގެ އޭޓީއެމް މެޝިނެއް ތެރޭގައި ބުދަ ދުވަހު މީހަކު ތާށި ވެއްޖެއެވެ.

އޭޓީއެމް މެޝިން ތެރޭ ތާށިވެފައިވަނީ ބޭންކެއްގައި މަސައްކަތްކުރަމުން އަންނަ ފިރިހެނެއް ކަމަށް ޚަބަރުތައް ބުނެއެވެ. މި މީހާ އޭޓީއެމް މެޝިން ތެރޭ ތާށިވެފައިވާކަން އެނގުނީ ލާރި ނަގަން އޭޓީއެމް އަށް ގޮސް ހުރި މީހަކަށް ފައިސާ ނަގަން ޖެހުމުން ފައިސާގެ ބަދަލުގައި ކަރުދާސް ކޮޅެއް އައުމާ ގުޅިގެންނެވެ.

ކަރުދާސް ކޮޅުގައި ލިޔެފައި އޮތީ "އަހަންނަށް އެހީވެދީ. އަހަރެން މިހިރީ އެތެރޭގައި ތާށިވެފައި. އަހަރެން އަތުގަ ފޯނެއް ވެސް ނެތް. އަހަރެންގެ ބޮސްއަށް ގުޅައިދީ" މިހެންނެވެ. އަދި އެ ކަރުދާސް ކޮޅުގައި އޭނާގެ ބޮސްގެ ނަންބަރު ވެސް ވަނީ ލިޔެފައެވެ.

ލާރި ނަގަން އޭޓީއެމް އަށް ދިޔަ މީހާއަށްވީ މިއީ ވަރަށް ހައިރާންކުރުވަނި ކަމަށެވެ. އަދި އެ މީހާ ވަގުތުން ބޮސްއަށް ފޯނުކޮށް އެވާހަކަ ކިޔައިދިނެވެ. ބޮސް އެތަނަށް އައިސް ފުލުހުންނަށް ގުޅިއެވެ.

ފުލުހުންނަށް ވެސް މިކަންވީ ޤަބޫލުކުރަން ދަތި މަޖާ ކަމަކަށެވެ. ސިފައިން އެތަނަށް ގޮސް ގާތްގަނޑަކަށް ދެ ގަނޑިއިރު ތެރޭގައި ވަނީ އޭޓީއެމް ތެރެއިން އެ މީހާ ނެރެދީފައެވެ.

އެތަނުގައި ހަރަކާތްތެރިވި ފުލުހންގެ މީހަކު ބުނެފައިވަނީ ވަރަށް މަދުން ނޫނީ ދިރިއުޅުމުގައި މިހެން މީހަކު އޭޓީއެމް މެޝިނެއް ތެރޭގައި ތާށިވެފައިވާ މަންޒަރު ނުފެންނާނެ ކަމަށާއި މިއީ ވަރަށް އާދަޔާ ހިލާފު ކަމެއް ކަމަށެވެ.

މި މީހާ އޭޓީއެމް މެޝިން ތެރޭގައި ތާށިވާން ދިމާވި ސަބަބެއް ސާފެއް ނުވެއެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު

21 މާރިޗު 2017
ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު
20 މާރިޗު 2017

ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި

20 މާރިޗު 2017
ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި
17 މާރިޗު 2017

ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ

17 މާރިޗު 2017
ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ
16 މާރިޗު 2017

ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ

16 މާރިޗު 2017
ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ
05 މާރިޗު 2017

ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

05 މާރިޗު 2017
ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު