Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮބަޓް މުގާބޭ

މުގާބޭގެ ރިޓަޔާމެންޓް ޕެކޭޖް: އަމިއްލަ ގެކޮޅެއް، 20 މުވައްޒަފުން، ކާރު ފްލީޓެއް، ހިލޭ ވައިގެ ދަތުރުފަތުރު

އެ ގައުމުގެ އާ ސަރުކާރުން ވަނީ މުގާބޭގެ ރިޓަޔާމެންޓް ޕެކޭޖުގެ ހުރިހާ ހަރަދެއް ކުރުމަށް ނިންމާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 ޑިސެމްބަރު 2017 | ހުކުރު 07:34
ރޮބަޓް މުގާބޭ: އިސްތިއުފާ ދެއްވި ނަމަވެސް ރައީސްއާ އެއް އަދަދަކަށް މުސާރަ ލިބިލައްވާ

ރޮބަޓް މުގާބޭ: އިސްތިއުފާ ދެއްވި ނަމަވެސް ރައީސްއާ އެއް އަދަދަކަށް މުސާރަ ލިބިލައްވާ

އިސްތިއުފާދެއްވި ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ރިޓަޔާމެންޓް ޕެކޭޖުގެ ދަށުން އެމަނިކުފާނަށް އަމިއްލަ ގެކޮޅަކާއި 20 މުވައްޒަފުންނާއި ކާރު ފްލީޓެއްގެ އިތުރުން ހިލޭ ވައިގެ ދަތުރުފަތުރު ހަމަޖައްސައިދިނުމަށް އެ ގައުމުގެ އައު ސަރުކާރުން ނިންމަވައިފިއެވެ.

އެ ގައުމުގެ ގައުމީ ޓީވީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ އައު ސަރުކާރުން ވަނީ މުގާބޭގެ ރިޓަޔާމެންޓް ޕެކޭޖުގެ ހުރިހާ ހަރަދެއް ކުރުމަށް ނިންމާފައެވެ. މި ޕެކޭޖުގެ އެއްވެސް ތަފްސީލެއް އާންމުކޮށްފައި ނުވާއިރު ޒިމްބާބުވޭގެ ގާނޫނުގައި ވާގޮތުން ކުރީގެ ރައީސުންނަށް ދެވޭ ޕެންޝަން އެ ގައުމުގެ ރައީސްކަމުގެ މަގާމުގައި ހުންނަ ބޭފުޅެއްގެ މުސާރައާއި އެއްވަރުވާން ޖެހެއެވެ. އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސްކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މުގާބޭއަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ ބޯނަސްއެއް ދީފައިވެއެވެ.

މި ޕެކޭޖުގެ ދަށުން އެ ގައުމުގެ ވެރިރަށް ހަރާރޭގެ ސަރަހައްދަކުން ފުލީ ފާނިޝްޑް ގެކޮޅެއް ވެސް މުގާބޭއަށް ލިބިވަޑައިގަންނަވާއިރު އެ ގެކޮޅުގެ ހުރިހާ ބިލްތަކާއި ހަރަދުތަކެއް ވެސް ބަލަހައްޓާނީ ސަރުކާރުންނެވެ. އަދި މުގާބޭއަށާއި އެމަނިކުފާނުގެ އާއިލާގެ ހުރިހާ މެމްބަރުންނަށް ހެލްތު އިންޝުއަރެންސް ވެސް ލިބިގެންދާނެއެވެ.

ހަމައެހެންމެ މުގާބޭއާ އެމަނިކުފާނުގެ އަނބިކަބަލުން ގްރޭސް މުގާބޭއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމަށް ހަމެޖެހިފައިވާއިރު އެ ދެކަނބަލުންނަށް ޒިމްބާބްވޭގެ އެތެރޭގެ އުދުހުންތަކުގައި ފަސްޓް ކްލާސް ޓިކެޓް ލިބިގެންދާނެއެވެ. އަދި އަހަރެއްގެ މައްޗަށް ހަތަރު ފަހަރު ގައުމުން ބޭރަށް ވަޑައިގަތުމަށް ފަސްޓް ކްލާސް ޓިކެޓް ވެސް ދިނުމަށް ވަނީ ނިންމާފައެވެ.

މި ޕެކޭޖުގެ ދަށުން މުގާބޭއަށް ތިން ކާރު ލިބިވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި މާސިޑީސް ބެންޒްގެ "އެސް 500 ސެޑާން" އެއް ހިމެނެއެވެ. އަދި ޕިކްއަޕް ވޭނަކާއި އިތުރު އުޅަނދެއް ވެސް ލިބިވަޑައިގަންނަވާއިރު މި ހުރިހާ އުޅަނދެއްގެ ތެލުގެ ހަރަދު ވެސް ބަލަހައްޓާނީ ސަރުކާރުންނެވެ. މި އުޅަނދުތައް ކޮންމެ ފަސް އަހަރަކުން އާކުރުމަށް ވަނީ ނިންމާފައެވެ. ހަމައެހެންމެ މުގާބޭގެ ހިދުމަތުގައި ސަރުކާރުން ހަރަދުކުރާ 20 މުވައްޒަފުން ތިބޭއިރު އޭގެ ތެރޭގައި ހަ ހަށިފާރަވެރިން ހިމެނެއެވެ.

މުގާބޭގެ 37 އަހަރުގެ ވެރިކަމަށް ނިމުމެއް އައިސް މިހާރު އެ ގައުމުގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ އޭނާގެ ނާއިބު ރައީސްގެ މަގާމު އަދާކުރެއްވި އުމުރުފުޅުން 75 އަހަރުގެ އެމަސަން ނަންގަގްވާއެވެ.

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2017

އިރާނަށް އައި ބިންހެލުމުގައި އަމިއްލަ ފަރާތްތަކުން އިމާރާތްކޮށްފައިވާ އިމާރާތްތައް ވެއްޓިފައެއް ނެތް: އިރާނުގެ ރައީސް ހަސަން ރޫހާނީ 

15 ނޮވެމްބަރު 2017
އިރާނަށް އައި ބިންހެލުމުގައި އަމިއްލަ ފަރާތްތަކުން އިމާރާތްކޮށްފައިވާ އިމާރާތްތައް ވެއްޓިފައެއް ނެތް: އިރާނުގެ ރައީސް ހަސަން ރޫހާނީ 
06 ނޮވެމްބަރު 2017

އަނބިކަނބަލުންގެ ޕްރެޝަރާ ހެދި، މުގާބޭގެ ނައިބު ރައީސް ވަކިކުރައްވައިފި

06 ނޮވެމްބަރު 2017
އަނބިކަނބަލުންގެ ޕްރެޝަރާ ހެދި، މުގާބޭގެ ނައިބު ރައީސް ވަކިކުރައްވައިފި
05 ނޮވެމްބަރު 2017

ޕުއިޖެމޮންޓް އަމިއްލައަށް ބެލްޖިއަމްގެ ޕޮލިހަށް ހާޒިރުވެއްޖެ

05 ނޮވެމްބަރު 2017
ޕުއިޖެމޮންޓް އަމިއްލައަށް ބެލްޖިއަމްގެ ޕޮލިހަށް ހާޒިރުވެއްޖެ
05 ނޮވެމްބަރު 2017

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރު ރޭންޑް ޕައުލް އަމިއްލަ ގޭގައި ހުންނަވަނިކޮށް ހަމަލާއެއްދީފި

05 ނޮވެމްބަރު 2017
އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރު ރޭންޑް ޕައުލް އަމިއްލަ ގޭގައި ހުންނަވަނިކޮށް ހަމަލާއެއްދީފި
08 އޮކްޓޯބަރު 2017

މުގާބޭގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަނީ

08 އޮކްޓޯބަރު 2017
މުގާބޭގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު