Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެޓަލޯނިއާ

ޕުއިޖެމޮންޓް އަމިއްލައަށް ބެލްޖިއަމްގެ ޕޮލިހަށް ހާޒިރުވެއްޖެ

5 ނޮވެމްބަރު 2017 | އާދީއްތަ 18:07

ބެލްޖިއަމްގައި ތިއްބެވި ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގެ 4 ވަޒީރަކުވެސްވަނީ ފުލުހުންނާއި ހަވާލުވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 5 ނޮވެމްބަރު 2017 | އާދީއްތަ 18:07
ވެރިކަމުން ދުރުކުރެވުނު ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގެ ރައީސް ކާލްސް ޕުއިޖެމޮންޓް

ވެރިކަމުން ދުރުކުރެވުނު ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގެ ރައީސް ކާލްސް ޕުއިޖެމޮންޓް

ކެޓަލޯނިއާގެ މިނިވަންކަން އިއުލާންކުރެއްވުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވުމާއި ގުޅިގެން ބެލްޖިއަމްއަށް ވަޑައިގެންނެވި ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގެ ރައީސް ކާލްސް ޕުއިޖެމޮންޓް އަމިއްލަ އަށް ބެލްޖިއަމްގެ ޕޮލިހަށް ހާޒިރުވެއްޖެ އެވެ.

އެ މަނިކުފާނުގެ އަރިހުގައި ބެލްޖިއަމްއަށް ވަޑައިގެންނެވި ކެޓަލޯނިއާގެ ކުރީގެ ހަތަރު ވަޒީރަކާއިއެކު ޕުއިޖެމޮންޓް ޕޮލިހަށް ހާޒިރުވެވަޑައިގަތީ އެ ބޭފުޅުން ހައްޔަރުކުރުމަށް ސްޕެއިންގެ މައި ސަރުކާރުން ޔޫރަޕިއަން އެރެސްޓް ވޮރެންޓެއް ނެރުމާ ގުޅިގެންނެވެ. ޕުއިޖެމޮންޓް ސްޕެއިން ދޫކުރައްވައި ބެލްޖިއަމްއަށް ވަޑައިގަތީ ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރު އުވާލައި، މެޑްރިޑްގައި ޤާއިމްވެފައިވާ މައި ސަރުކާރުން ކެޓަލޯނިއާގެ މައްޗަށް ސީދާ ބާރު ހިންގަން ފެށުމާ ގުޅިގެންނެވެ. އިންސާފުވެރި ޝަރީޢަތެއް ލިބޭނެކަން ކަށަވަރު ނުވަނީސް އަނބުރާ ސްޕެއިންއަށް ވަޑައިނުގަންނަވާނެކަމަށް ޕުއިޖެމޮންޓް ވިދާޅުވިއެވެ.

ޕުއިޖެމޮންޓް މި އަމުރާމެދު ގޮތެއް ނިންމުމަށް ބެލްޖިއަމްގެ ފަނޑިޔާރަށް 24 ގަޑިއިރުގެ މުހުލަތެއް ލިބެއެވެ. އަދި މި 24 ގަޑިއިރުގެ ތެރޭގައި ކެޓަލޯނިއާގެ ކުރީގެ ވެރިން ހައްޔަރުކުރާނީތޯ ނުވަތަ ޝަރުތުތަކަކާއިއެކު ދޫކޮށްލާނީތޯ ބެލްޖިއަމްއިން ނިންމާނެއެވެ. ހައްޔަރުކުރަން ނިންމައިފިނަމަ، ހައްޔަރުކޮށް، ސްޕެއިންގެ ކަމާބެހޭ ފަރާތްތަކާއި ޕުއިޖެމޮންޓާ އޭނަގެ ވަޒީރުން ހަވާލުކުރުމަށް ބެލްޖިއަމްއަށް 2 މަސްދުވަހުގެ މުހުލަތެއް ޔޫރަޕްގެ ޤާނޫނުން ލިބިދެއެވެ. އެހެން ނަމަވެސް ހައްޔަރުކުރެވޭ މީހުންގެ ފަރާތުން ގާނޫނީ ނުކުތާތަކެއް ނުނަގާނަމަ މިއަށްވުރެ އަވަހަށްވެސް އެކަންވާނެއެވެ.

ޔޫރަޕިއަން އެރެސްޓް ވޮރަންޓެއް ނެރުނުނަމަވެސް، ޕުއިޖެމޮންޓްގެ އިންސާނީ ހައްޤުތަކަށް ސްޕެއިންއިން ހުރުމަތްތެރިކޮށް ނުހިތަފާނެކަމަށް ބެލްޖިއަމްއަށް ފެނިއްޖެ ޙާލަތެއްގައި ޕުއިޖެމޮންޓް ސްޕެއިންއާއި ހަވާލުނުކޮށް ދޫކޮށްލުމުގެ ބާރު ބެލްޖިއަމްއަށް އޮންނާނެއެވެ.

ޕުއިޖެމޮންޓްގެ މައްޗަށް ސްޕެއިން އިން ތުހުމަތުކުރަނީ ވެރިކަމާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ދައުވާތަކެކެވެ.

ސްޕެއިންގެ ބައެއްގެ ގޮތުގައި އޮތް ކެޓަލޯނިއާއިން މިނިވަންކަން އިއުލާންކުރީ އެޤައުމުގައި މިދިޔަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ނެގި ރެފަރެންޑަމްގައި މިނިވަންކަން އިއުލާންކުރަން ފެންނަކަމަށް ކެޓަލޯނިއާގެ ގިނަ ބަޔަކު ބުނުމާއި ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

02 ޖުލައި 2018

އިންޑިއާގެ ނިއު ދިއްލީގައި ބޮޑު އާއިލާއެއް އަމިއްލައަށް މަރުވެއްޖެ!

02 ޖުލައި 2018
އިންޑިއާގެ ނިއު ދިއްލީގައި ބޮޑު އާއިލާއެއް އަމިއްލައަށް މަރުވެއްޖެ!
01 ޖުލައި 2018

ބެލްޖިއަމްގެ އަށް އަހަރުގެ ކުއްޖެއް ޔުނިވާސިޓީއަށް!

01 ޖުލައި 2018
ބެލްޖިއަމްގެ އަށް އަހަރުގެ ކުއްޖެއް ޔުނިވާސިޓީއަށް!
20 ޖޫން 2018

ސްޕެއިންގެ ރަސްގެފާނުގެ ޅިޔަނު އަމިއްލައަށް ގޮސް ޖަލުގައި ބަންދުވެއްޖެ

20 ޖޫން 2018
ސްޕެއިންގެ ރަސްގެފާނުގެ ޅިޔަނު އަމިއްލައަށް ގޮސް ޖަލުގައި ބަންދުވެއްޖެ
07 އެޕްރީލު 2018

ބެލްޖިއަމްއަށް އެނބުރި ދިޔުމަށް އުއްމީދުކުރަން: ޕުއިޖެމޮންޓް

07 އެޕްރީލު 2018
ބެލްޖިއަމްއަށް އެނބުރި ދިޔުމަށް އުއްމީދުކުރަން: ޕުއިޖެމޮންޓް
25 މާރިޗު 2018

ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް ހައްޔަރުކޮށްފި

25 މާރިޗު 2018
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް ހައްޔަރުކޮށްފި
18 ޑިސެމްބަރު 2017

ދެކުނު ކޮރެއާގެ "ޝިނީ" ބޭންޑްގެ ލަވަކިޔުންތެރިޔާ އަމިއްލައަށް މަރުވެއްޖެ

18 ޑިސެމްބަރު 2017
ދެކުނު ކޮރެއާގެ "ޝިނީ" ބޭންޑްގެ ލަވަކިޔުންތެރިޔާ އަމިއްލައަށް މަރުވެއްޖެ
06 ނޮވެމްބަރު 2017

ފުލުހުންނާ ހަވާލުވި ކެޓަލޯނިއާގެ ލީޑަރު، ބެލްޖިއަމްގެ ކޯޓުން މިނިވަންކޮށްފި

06 ނޮވެމްބަރު 2017
ފުލުހުންނާ ހަވާލުވި ކެޓަލޯނިއާގެ ލީޑަރު، ބެލްޖިއަމްގެ ކޯޓުން މިނިވަންކޮށްފި
04 ނޮވެމްބަރު 2017

ކެޓަލޯނިއާގެ ކުރީގެ ރައީސް ޕުއިޖެމޮންޓް ހައްޔަރު ކުރުމުގެ އަމުރު ނެރެފި

04 ނޮވެމްބަރު 2017
ކެޓަލޯނިއާގެ ކުރީގެ ރައީސް ޕުއިޖެމޮންޓް ހައްޔަރު ކުރުމުގެ އަމުރު ނެރެފި
16 އޯގަސްޓު 2017

އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި އިރާގުގެ 7 ސިފައިން މަރާލައިފި

16 އޯގަސްޓު 2017
އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި އިރާގުގެ 7 ސިފައިން މަރާލައިފި
21 ޖޫން 2017

ބެލްޖިއަމްގެ ރޭލު ސްޓޭޝަނެއްގައި ޖާނުންފިދާ ވެގެން ބޮމުގެ ހަަމަލާ ދޭން އުޅުނު މީހަކު ފުލުހުން މަރާލައިފި

21 ޖޫން 2017
ބެލްޖިއަމްގެ ރޭލު ސްޓޭޝަނެއްގައި ޖާނުންފިދާ ވެގެން ބޮމުގެ ހަަމަލާ ދޭން އުޅުނު މީހަކު ފުލުހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް