Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހެރީ ކޭން

ކޭންގެ އަމާޒަކީ ރޮނާލްޑޯއާއި މެސީ ފަހަތަށް ޖައްސާލުން

28 ޑިސެމްބަރު 2017 | ބުރާސްފަތި 07:47

މިއަހަރުގެ ތެރޭގައި ކުޅުނު 52 މެޗުގައި އޭނާ 56 ލަނޑު ޖަހާފައިވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 28 ޑިސެމްބަރު 2017 | ބުރާސްފަތި 07:47
ހެރީ ކޭން - 2017 ވަނަ އަހަރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ

ހެރީ ކޭން - 2017 ވަނަ އަހަރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ

އިނގިރޭސިވިލާތުގެ ޓޮޓެންހަމްއަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ހެރީ ކޭންގެ އަމާޒަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިއޮނެލް މެސީ ފަހަތަށް ޖައްސާލުން ކަމަށް އޭނާ ބުނެފިއެވެ.

މިހިނގަމުންދާ 2017 ވަނަ އަހަރަކީ ކޭންއަށް ވަރަށް ކާމިޔާބު އަހަރެކެވެ. އުމުރުން 24 އަހަރުގެ ފޯވާޑް ވަނީ ސައުތްހެމްޕްޓަން ކޮޅަށް ހެދި ހެޓްރިކާއެކު 36 ލަނޑު ހަމަކޮށް އަހަރެއްގެ ތެރޭގައި ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ހަމައެހެންމެ މިއަހަރުގެ ތެރޭގައި ކުޅުނު 52 މެޗުގައި އޭނާ 56 ލަނޑު ޖަހާފައިވާއިރު މި އަދަދަށް އެހެން އެއްވެސް ކުޅުންތެރިޔަކަށް ލަނޑު ޖެހިފައެއް ނުވެއެވެ. މި ހެޓްރިކާއެކު އޭނާ ވެގެން ގޮސްފައިވަނީ ޔޫރަޕުގެ ގަދަ ފަސް ލީގުގައި ކުޅެމުން އަންނަ ފޯވާޑުންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. މިއީ ވޭތުވެދިޔަ ހަތް އަހަރުތެރޭ ރޮނާލްޑޯއާއި މެސީ ފިޔަވައި އެހެން ކުޅުންތެރިޔަކު މި މަގާމު ހޯދި ފުރަތަމަ ފަހަރެވެ.

މީގެކުރިން މީޑިއާތަކުން ކޭން ސިފަ ކޮށްފައިވަނީ "ވަން ސީޒަން ވޮންޑާ" އެއްގެ ގޮތުގައެވެ. މިކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޭން ބުނެފައިވަނީ އަދިވެސް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި އޭނާ މަސައްކަތްކުރަމުން އަންނަނީ ކޮންމެ ސީޒަނެއްގައި ވެސް ދައްކާ ކުޅުން އިތުރަށް ރަނގަޅު ކުރަން ކަމަށެވެ. އޭނާ ބުނީ އަމާޒަކީ ރޮނާލްޑޯއާއި މެސީ ފަހަތަށް ޖައްސާލުން ކަމަށާއި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ލޭބަލްވުމަކީ ދެކޭ ހުވަފެނެއް ކަމަށެވެ.

މިއަހަރުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ލިބުމަކީ އެކަމުގެ ފެށުން ކަމަށާއި ކުރިޔަށް ހުރި އަހަރުތަކުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދުމަކީ އުއްމީދެއް ކަމަށް ކޭން ބުނެފައިވެއެވެ. ރޮނާލްޑޯއާއި މެސީ އެއް ފެންވަރެއްގައި ކުޅެމުން އަންނަތާ ނުވަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އެ ކުޅުންތެރިން ފަހަތަށް ޖައްސާލަން ބޭނުންވާނަމަ އޭނާގެ ކުޅުމުގެ ފެންވަރުވެސް އެއް ފެންވަރެއްގައި ބަހައްޓަން ޖެހޭ ކަމަށް ކޭން ބުނެފައިވެއެވެ.

ދެ ރެކޯޑު ގާއިމު ކުރެވުނު ކަމަށް އިޝާރާތްކޮށް ކޭން ބުނެފައިވަނީ އެކަމުން އަންގައިދެނީ ކްލަބް ފެންވަރުގައާއި ގައުމީ ޓީމުގެ ފެންވަރުގައި މޮޅު ކުޅުމެއް އޭނާއަށް ދެއްކެމުންދާކަން ކަމަށެވެ. ހާއްސަކޮށް ޔުއެފާ ޗެމްޕިއަންސް ލީގާއި ގައުމީ ޓީމުގެ މެޗުތަކަށް އަހަންމިއްޔަތުކަންދޭ ކަމަށް ކޭން ބުނެފައިވެއެވެ.

މި ރޭޓުގައި ކޭން ލަނޑު ޖަހަމުންދާނަމަ އޭނާއަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޕްރިމިއާ ލީގުގެ ރަން ބޫޓު ލިބުމުގެ ފުރުސަތު އެބައޮތެވެ. މީގެކުރިން ޖެހިޖެހިގެން ތިން ފަހަރު ޕްރިމިއާ ލީގުގެ ރަން ބޫޓު ހޯދާފައިވާ ކުޅުންތެރިންގެ ތެރޭގައި އެލަން ޝިއަރާއާއި ތިއަރީ އޮންރީ ހިމެނެއެވެ.

ކޭންވަނީ އަންނަ އަހަރުގެ އަމާޒަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލެންޑޯ އެވޯޑު ހޯދުން ކަމަށްވެސް ބުނެފައެވެ. އޭނާއަށް މިއަހަރުގެ އެވޯޑުގައި ލިބިފައިވަނީ 10 ވަނަ އެވެ.

ކޭން އަންނަނީ މި ސީޒަނުގައި ޓޮޓެންހަމްގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 2020 ވަނަ އަހަރުގެ ނިޔަލަށް ޓޮޓެންހަމްގައި މަޑުކުރަން ނިންމާ އައު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކޭން ވަނީ އެޓީމަށް ކުޅުނު 171 މެޗުގައި 111 ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ސީޒަނުގެ މިހާތަނަށް އޭނާ ވަނީ ކުޅުނު 26 މެޗުގައި 26 ލަނޑު ޖަހައިދީފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
31 މާރިޗު 2017

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

31 މާރިޗު 2017
ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
19 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ޔުނައިޓެޑް ފަސްވަނައަށް

19 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ޔުނައިޓެޑް ފަސްވަނައަށް
27 ފެބުރުއަރީ 2017

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

27 ފެބުރުއަރީ 2017
ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް