Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެމިއަރ ލީގު

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

ޓޭބަލްގެ ދެވަނަ ލިބެނީ ވަގުތީ ގޮތުުން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 27 ފެބުރުއަރީ 2017 | ހޯމަ 02:51
ލަނޑު ޖެހުމަށްފަހު ކޭން އުފާ ފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު ކޭން އުފާ ފާޅުކުރަނީ

ފުރަތަމަ ހާފްގައި ހެރީ ކޭންގެ ހެދި ހެޓްރިކާއެކު އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ ދެވަނައަށް ޓޮޓެންހަމް ހޮޓްސްޕާސް ޖެހިލައިފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ސްޓޯކް ސިޓީއާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅުނު މެޗު ޓޮޓެންހަމް އިން ކާމިޔާބު ކުރީ 4-0 އިންނެވެ.

ޓޮޓެންހަމް އިން ހަތަރު ލަޑުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފްގެ ތެރޭގައެވެ. އެގޮތުން މެޗުގެ ފުރަތަމަ 37 މިނެޓުގެ ތެރޭގައި ޓޮޓެންހަމްގެ ފޯވާޑް އަދި އިނގިރޭސި ގައުމީޓީމުގެ ވެސް ފޯވާޑް ހެރީ ކޭން ހެޓްރިކެއް ހަދާފައިވާއިރު އަނެއް ލަނޑު ފެނިގެން ގޮސްފައިވަނީ ޑެލޭ އަލީގެ ފަރާތުންނެވެ.

ސްޓޯކްގެ މައްޗަށް ކުރިހޯދައި ޓޭބަލްގެ ދެވަނައަށް ޓޮޓެންހަމް އިން ޖެހިލާފައިވާއިރު، މިއީ އަމިއްލަ ދަނޑުގައި ކުޅެ އެޓީމުން ކާމިޔާބުކުރި 8 ވަނަ މެޗެވެ. ޓޮޓެންހަމްއަށް ލީގުގެ ދެވަނަ ލިބެނީ މެންޗެސްޓަރ ސިޓީއަށްވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ.

ތާވަލްގެ ދެވަނައިގައި ޓޮޓެންހަމް އޮތީ ސިޓީއަށްވުރެ އެއްޕޮއިންޓް އިތުރަށް ހޯދައިގެނެވެ. ސިޓީގެ މެޗު އާދިއްތަ ދުވަހަށް ކުރިން ޝެޑިއުލްކޮށްފައި އޮތަސް އެ މެޗުވަނީ ފަސްކޮށްފައެވެ. މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ސިޓީ ކުޅެންޖެހޭ އެމެޗު ފަސްކުރީ އިނގިރޭސި ލީގް ކަޕްގެ ފައިނަލުގައި ޔުނައިޓެޑުން ކުޅެން ޖެހުމުންނެވެ.

އާދިއްތަ ދުވަހު ޓޮޓެންހަމްގެ އަމިއްލަ ދަނޑު ވައިޓް ހާޓް ލޭންގައި ކުޅުނު މިމެޗުގައި ޓޮޓެންހަމްއާ ޚިލާފަށް ސްޓޯކް ސިޓީގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. އެގޮތުން ސްޓޯކްގެ ޕީޓަރ ކްރައުޗްގެ ފަރާތުން ފެނިގެންދިޔަ ހަމަލާ ފިޔަވައި އިތުރު ފުރުސަތެއް އެޓީމަށް ތަނަވަސް ކުރެވިފައެއް ނުވެއެވެ.

ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފްގެ 14 ވަނަ މިނެޓުގައެވެ. އަދި ދެވަނަ ލަނޑު ފެނިފައިވަނީ މެޗުގެ 32 ވަނަ މިނެޓުގައެވެ. ސްޓޯކްގެ ހަމަލާއެއް މުޅިމެޗުގައި ވެސް ފެނިފައިވަނީ ފުރަތަމަ ހާފްގެ 25 ވަނަ މިނެޓުގައެވެ.

ޓޮޓެންހަމްގެ ދެ ވަނަ ލަނޑު ކާމިޔާބުކުރިތާ 5 މިނެޓުފަހުން އެޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ 0-3 އަށް ބަދަލުކޮށްފައެވެ. ކޭން ހެޓްރިކް ހެދި މި ލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ސްޓޯކްއާ ދެކޮޅަށް، ކޭން ހެދި ހެޓްރިކަކީ ފާއިރުވެދިޔަ ނުވަ މެޗުގެ ތެރޭގައި އޭނާ ހެދި ތިން ވަނަ ހެޓްރިކެވެ. އަދި މިއާއެކު މި ސީޒަންގެ ހުރިހާ މުބާރާތެއް އެއްކޮށް، ކޭން ޖަހާފައިވާ ގޯލްގެ އަދަދު 22 ވަނީ އަރާފައެވެ.

ޓޮޓެންހަމް އަދި މެޗުގެ ވެސް އެންމެ ފަހު ލަނޑު ފެނިގެންގޮސްފައިވަނީ 45 ވަނަ މިނެޓުގެ ތެރޭގައެވެ. ޑެލޭ އަލީގެ މި ލަނޑާއެކު ސްޓޯކް ސަޕޯޓަރުން މާޔޫސްވެ، ސްޓޭޑިއަމް ދޫކޮށްދާން ފެށިއެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ޑާކާ އަބަހާނީ ބަލިކޮށް މޯހަން ބަގާން ގްރޫޕުގެ ދެވަނައަށް

05 އެޕްރީލު 2017
ޑާކާ އަބަހާނީ ބަލިކޮށް މޯހަން ބަގާން ގްރޫޕުގެ ދެވަނައަށް
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
20 ފެބުރުއަރީ 2017

އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް

20 ފެބުރުއަރީ 2017
އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު