Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓާ ސިޓީ

ސިޓީގެ ކުޅުންތެރިން ވަރުބަލި ނުވޭ: ގާޑިއޯލާ

26 ޑިސެމްބަރު 2017 | އަންގާރަ 13:12

ސިޓީގެ ފުރަތަމަ އެގާރައިން ގާޑިއޯލާ ފުރުސަތު ދެމުން އަންނަނީ ގާތްގަނޑަކަށް ހަމަ އެއް ކުޅުންތެރިންތަކަކަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 26 ޑިސެމްބަރު 2017 | އަންގާރަ 13:12
ޕެޕް ގާޑިއޯލާ - ސިޓީއަށް ރަނގަޅު ނަތީޖާތަކެއް އޭނާ އަންނަނީ ހޯދައިދެމުން

ޕެޕް ގާޑިއޯލާ - ސިޓީއަށް ރަނގަޅު ނަތީޖާތަކެއް އޭނާ އަންނަނީ ހޯދައިދެމުން

މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ވަރުބަލި ނުވާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މި ސީޒަނުގައި ސިޓީގެ ފުރަތަމަ އެގާރައިން ގާޑިއޯލާ ފުރުސަތު ދެމުން އަންނަނީ ގާތްގަނޑަކަށް ހަމަ އެއް ކުޅުންތެރިންތަކަކަށެވެ. މި ކުޅުންތެރިން ގާޑިއޯލާއަށް ނަތީޖާ ހޯދައިދެމުންދާއިރު ސީޒަނުގެ ފަހު ބަޔަށް އަޅާއިރު އެ ކުޅުންތެރިން ވަރުބަލިވެ ނަތީޖާތައް ދަށަށް ދާނެ ކަމަށް އެހެން ޓީމުތަކުގެ ކޯޗުން އަންނަނީ ބުނަމުންނެވެ. ސިޓީއިން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވާއިރު އެ ޓީމު މިވަގުތު އޮތީ ޕްރިމިއާ ލީގުގެ އެއްވަނައިގައި 13 ޕޮއިންޓްގެ ލީޑަކާއެކުއެވެ.

ސިޓީގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަމުގެ އަސަރުތައް ފެންނަމުންދާ ކަމަށް ބުނެ ބައެއް މީހުން ފަތުރަމުންދާ ވާހަކަތަކައް ރައްދު ދެމުން ގާޑިއޯލާ ބުނީ އޭނާގެ ޓީމުގެ އޮތީ ރަނގަޅު ސްކޮޑެއް ކަމަށާއި ކުޅުންތެރިންގެ ފަރާތުން ވަރުބަލި ކަމުގެ އަސަރު ނުފެންނަ ކަމަށެވެ. ކޮންމެ ހަތަރު ދުވަހަކުން މެޗެއް ކުޅެން ޖެހޭކަން ފާހަގަކުރަމުން ގާޑިއޯލާ ބުނީ އެފަދަ ދަނޑިވަޅުތަކުގައި ފުރަތަމަ އެގާރަ ބަދަލުކުރާނެ ކަމަށެވެ. ސީޒަނުގެ މިހާތަނަށް ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތުދީފައިވާ ކަމަށާއި ސީޒަނުގެ ފަހު ބައިގައި ވެސް ކަން ހިގާނީ އެހެން ކަމަށް ގާޑިއޯލާ ހާމަކުރިއެވެ.

މިކަމާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ އޭނާގެ ކޯޗުކަމުގެ ދަށުގައި މިހާރު އޮތް ސިޓީގެ ސްކޮޑަކީ އޭނާ ބާސެލޯނާ އަދި ބަޔާން މިއުނިކްއަށް އިރުޝާދުދިން އިރު އޭނާގެ ދަށުގައި ތިބި ސްކޮޑުތަކާއި އެއް ފެންވަރެއްގެ ސްކޮޑެއް ކަމަށެވެ. އޭނާ ބުނީ ކުރިޔަށް ޖެހި އެޓޭކް ކުރުމުގައި އެއްވެސް ޓީމަކަށް ސިޓީ ޖަހާލުމަށް ފަހު ނުދެވޭނެ ކަމަށާއި ބޯޅަ ގެއްލުމުން ބޯޅަ ހޯދުމަށް ވެސް އެންމެ މަސައްކަތް ކުރަނީ ސިޓީގެ ކުޅުންތެރިން ކަމަށެވެ.

ގާޑިއޯލާ މިހެން ބުނެފައިވާއިރު މިހިނގަމުންދާ 2017 ވަނަ އަހަރު އެ ޓީމުން ވަނީ 100 ލަނޑު ޖަހާފައެވެ. މިއީ 1982 ވަނަ އަހަރުގެ ލިވަޕޫލް ޓީމުން މި އަދަދަށް ލަނޑު ޖެހިފަހުން ޕްރިމިއާ ލީގުގެ ޓީމަކުން މި އަދަދަށް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. ހަމައެހެންމެ ގާޑިއޯލާގެ އިރުޝާދުގެ ދަށުން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސިޓީ ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު އެ ޓީމުން ވަނީ ޖެހިޖެހިގެން 17 މެޗު ކާމިޔާބު ކޮށްފައެވެ. މިއީ ވެސް ޕްރިމިއާ ލީގުގެ ރެކޯޑެކެވެ.

ސިޓީގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެ ޓީމު ދޫކޮށްލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން ގާޑިއޯލާ ބުނީ އޭނާއަކީ ސިޓީގެ ތާރީހުގައި ވެސް ކުޅުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށާއި ޓީމު ދޫކޮށްލަން ޖެހޭނަމަ އެކަމެއް ނިންމާނީ އަގުއޭރޯ ކަމަށެވެ. އަދި އަގުއޭރޯ ނިންމާ ކޮންމެ ނިންމުމަކަށް ކޯޗެއްގެ ހައިސިއްޔަތުން އިހުތިރާމު ކުރާނެ ކަމަށް ގާޑިއޯލާ ހާމަކޮށްފައިވެއެވެ.

ގާޑިއޯލާގެ ފުރަތަމަ ސީޒަނުގައި އޭނާއަށް އަމާޒުވި ފާޑުކިޔުންތަކަށް އޭނާ އަންނަނީ މި ސީޒަނުގައި ނެރެމުންދާ ނަތީޖާތައް މެދުވެރިކޮށް ރައްދު ދެމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް