Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޖެނުއަރީ ޓްރާންސްފާގައި ކުޅުންތެރިން ގަންނަން ކޮންޓޭ ލަފާ ދެނީ

26 ޑިސެމްބަރު 2017 | އަންގާރަ 12:52

މި ސީޒަނާއި ޗެލްސީއިން ކުރިމަތިލީ ޕްރިމިއާ ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 26 ޑިސެމްބަރު 2017 | އަންގާރަ 12:52
އެންޓޯނިއޯ ކޮންޓޭ - ޗެލްސީގެ ކޯޗުގެ ގޮތުގައި ގިނަ ކާމިޔާބުތަކެއް އަންނަނީ ހޯދަމުން

އެންޓޯނިއޯ ކޮންޓޭ - ޗެލްސީގެ ކޯޗުގެ ގޮތުގައި ގިނަ ކާމިޔާބުތަކެއް އަންނަނީ ހޯދަމުން

އަންނަ ޖެނުއަރީ މަހު ހުޅުވޭ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި ޗެލްސީއަށް ކުޅުންތެރިން ގެނައުމުގައި އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ލަފާ ހޯދުމަށް އެ ކްލަބުގެ މެނޭޖްމަންޓުން ނިންމައިފިއެވެ.

މި ސީޒަނާއި ޗެލްސީއިން ކުރިމަތިލީ ޕްރިމިއާ ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި ނަމަވެސް އެ ޓީމަށް މި ސީޒަނުގައި އަދި މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ރަށުން ބޭރުގައި 0-0 ގެ ނަތީޖާއަކުން އެވަޓަންއާ ދެކޮޅަށް އެއްވަރުވީއެވެ. ޗެލްސީގެ ޓީމު އިތުރަށް ވަރުގަދަކޮށް އެ ޓީމުން ހޯދަމުން އަންނަ ނަތީޖާތައް ރަނގަޅު ކުރުމުގެ ގޮތުން މި ހުޅުވޭ ފިނި މޫސުމުގެ ޓްރާންސްފާގައި އެ ޓީމަށް އާ ކުޅުންތެރިން ގެނައުމަށް އެ ޓީމުގެ ވެރިޔާ ރޯމަން އަބްރަހޮމޮވިޗް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ކޮންޓޭ ބުނީ ކްލަބާއިއެކު ކުރެވުނު މަޝްވަރާތަކުގައި އޭނާގެ ހިޔާލު ކްލަބުގެ މެނޭޖްމަންޓަށް ހުށަހަޅާފައިވާ ކަމަށާއި އެގޮތުން ޓްރާންސްފާގައި ކުޅުންތެރިން ގަތުމުގައި އޭނާގެ އިރުޝާދާއި ލަފާ ހޯދުމަށް ކްލަބުގެ ކިބައިން އެދިފައިވާ ކަމަށެވެ. އަދި ކްލަބުން އެކަމަށް އިޖާބަ ދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެހެން ނަމަވެސް އަބަދު ވެސް އެންމެ ފަހުގެ ނިންމުން ނިންމާނީ ކްލަބުން ކަމަށް ކޮންޓޭ ބުނެފައިވެއެވެ.

އޭނާ ބުނީ ކުޅުންތެރިން މިހާތަނަށް ދައްކާފައިވާ ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ހުރިހާ މުބާރާތްތަކުގައި ވާދަކުރެވޭ ފެންވަރު ސްކޮޑުގައި ހުރިކަން އެނގިގެންދާނީ ސީޒަނުގެ ފަހު ބައިގައި ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވުމާއި ލީގު ކަޕްގެ ސެމީއިން ޖާގަ ހޯދުމުގެ އިތުރަށް ޕްރިމިއާ ލީގުގެ ތިންވަނަ މަގާމުގައި އޮތްކަން ފާހަގަ ކުރަމުން ކޮންޓޭ ބުނީ މިހުރިހާ ކަމަކުން ވެސް އަންގައިދެނީ އޭނާގެ ކުޅުންތެރިން ހިތްވަރު ކުރަމުންދާކަން ކަމަށެވެ.

ފިނި މޫސުމުގެ ޓްރާންސްފާގައި ގެނައުމަށް ޗެލްސީއިން އަންނަނީ ގިނަ ކުޅުންތެރިންތަކަކަށް ފާރަލަމުންނެވެ. އެގޮތުން ޔުވެންޓަސްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު އެލެކްސް ސަންޑްރޯއާއި މޮނާކޯއަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ތޯމަސް ލެމާރ އަދި ސައުތްހެމްޕްޓަންއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ހޯދުމަށް ޗެލްސީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް މި ކުޅުންތެރިންނަށް ޗެލްސީއިން ބިޑުކުރަން އުޅޭކަމެއް ކޮންޓޭ ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޗެލްސީއިން އާ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށާނީ އެ ކްލަބުގެ ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މައިކަލް އެމެނާލޯއާ ނުލައެވެ. އޭނާވަނީ އެ މަގާމު ދޫކޮށް ފްރާންސްގެ މޮނާކޯގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ހަވާލުވެފައެވެ.

މި ސީޒަނުގައި ޗެލްސީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ ސްކޮޑުގައި ކުޅުންތެރިން މަދުވުމުގެ މައްސަލައެވެ. މި މައްސަލައަށް ހައްލު ހޯދުމަށް ކޮންޓޭ މަސައްކަތް ފަށާފައިވާއިރު އޭނާގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި އެ ޓީމު ކުޅުނު 29 މެޗުގެ ތެރެއިން މޮޅުވެފައިވަނީ 18 މެޗުންނެވެ. ފަސް މެޗުން އެއްވަރުވެފައިވާއިރު ބާކީ ހަ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް