Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނަޕޯލީ

ރެކޯޑު މުގުރާލުމުން ހަމްސިކްއަށް މެރަޑޯނާ މަރުހަބާ ކިޔައިފި

26 ޑިސެމްބަރު 2017 | އަންގާރަ 11:25

ހަމްސިކް ވަނީ ނަޕޯލީއަށް ކުޅުނު 275 މެޗުގައި އެ ޓީމަށް 116 ލަނޑު ޖަހައިދީފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 26 ޑިސެމްބަރު 2017 | އަންގާރަ 11:25
ނަޕޯލީއަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހަމްސިކް ހޯދި ލަނޑު ޖެހުމަށް ފަހު އޭނާ އުފާ ފާޅުކުރަނީ

ނަޕޯލީއަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހަމްސިކް ހޯދި ލަނޑު ޖެހުމަށް ފަހު އޭނާ އުފާ ފާޅުކުރަނީ

ނަޕޯލީއަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލުމާއެކު އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މެރަޑޯނާ އެ ރެކޯޑު މުގުރާލި ސްލޮވާކިއާގެ މިޑްފީލްޑަރު މަރެކް ހަމްސިކްއަށް މަރުހަބާ ކިޔައިފިއެވެ.

ހަމްސިކް މި ރެކޯޑު މުގުރާލީ އިޓާލިއަން ސެރީއޭގައި ސަމްޕްދޯރިއާ އަތުން 3-2 ގެ ނަތީޖާއަކުން ނަޕޯލީ މޮޅުވި މެޗުގައި ލަނޑު ޖަހައިގެންނެވެ. މިއީ އޭނާ ނަޕޯލީއަށް ޖަހައިދިން 116 ވަނަ ލަނޑެވެ. ހަމްސިކް ވަނީ މިހާތަނަށް ނަޕޯލީއަށް 275 މެޗު ކުޅެދީފައެވެ.

މީގެކުރިން މި ރެކޯޑު އޮތީ 1984 އިން ފެށިގެން 1991 ވަނަ އަހަރާ ހަމަޔަށް އެ ޓީމަށް ކުޅުނު އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މެރަޑޯނާ އަތުގައެވެ. ނަޕޯލީގައި ހޭދަ ކުރި ހަތް އަހަރު މެރަޑޯނާ އެ ޓީމަށް ކުޅުނު 259 މެޗުގައި 115 ލަނޑު ޖަހާފައިވެއެވެ.

މެރަޑޯނާގެ މި ރެކޯޑު 26 އަހަރަށް ފަހު ހަމްސިކް މުގުރާލުމާ ގުޅިގެން އޭނާ ބުނެފައިވަނީ ނަޕޯލީގެ ތާރީހުގައި ހަމްސިކްގެ ނަން ރަން އަކުރުން ލިޔެވުމާއެކު ވަރަށް އުފާވެފައި ހުރި ކަމަށެވެ. އަދި ހަމްސިކްއަށް އެ ރެކޯޑު މުގުރާލުން ހައްގު ކަމަށާއި އޭނާއަކީ ނަޕޯލީގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށެވެ.

ހަމްސިކް މި ރެކޯޑު މުގުރާލުމާއެކު ނަޕޯލީގެ ސަޕޯޓަރުން އޭނާއަށް ކުރާ ގަދަރާއި ދެމުންދާ ލޯބި އިންތިހާއަށް އިތުރުވެގެންދާނެ ކަމަށާއި ނަޕޯލީގެ ތާރީހުގެ އެންމެ މުހިންމު ކުޅުންތެރިންގެ ލިސްޓުގައި ހަމްސިކްގެ ނަން ގުނާލެވޭނެ ކަމަށް މެރަޑޯނާ ބުނެފައިވެއެވެ.

ހަމައެހެންމެ މެރަޑޯނާ ބުނެފައި ވަނީ މި ސީޒަނުގައި ނަޕޯލީގެ ފަރާތުން ފެންނަމުން ދަނީ މުޅިން ތަފާތު ކުޅުމެއް ކަމަށާއި މި ސީޒަނަކީ ނަޕޯލީއިން ތަށި ހޯދާނެ ސީޒަން ކަމުގައި ގަބޫލުކުރާ ކަމަށެވެ. އެގޮތުން މި ސީޒަނުގައި ފެންނަމުންދާ އެންމެ ވަރުގަދަ ޓީމަކީ ނަޕޯލީ ކަމަށާއި ނަޕޯލީގެ ފަހަތުން ދެން އެންމަ ވަރުގަދަކޮށް ފެންނަނީ އިންޓަ މިލާން އާއި ޔުވެންޓަސް ކަމަށްވެސް މެރަޑޯނާ ބުނެފައިވެއެވެ. މެރަޑޯނާގެ ރެކޯޑު ހަމްސިކް މުގުރާލީ އޭނާ މި ސީޒަނުގައި ޖެހި ތިންވަނަ ލަނޑާއެކުއެވެ.

އުމުރުން 30 އަހަރުގެ ހަމްސިކް ނަޕޯލީއާ ގުޅުނީ 2007 ވަނަ ބްރެސިއާއިންނެވެ. ނަޕޯލީގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު މިހާރު އޮންނަ ހަމްސިކް ވަނީ އެ ޓީމާއެކު ދެފަހަރެއްގެ މަތިން ކޮޕާ އިޓާލިއާ އަދި އެއްފަހަރު އިޓާލިއަން ސުޕަކޯޕާ ކާމިޔާބު ކޮށްފައެވެ. އޭނާވަނީ ހަ ފަހަރެއްގެ މަތިން ސްލޮވާކިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ބާސެލޯނާ ދޫކޮށް 1984 ވަނަ އަހަރު ނަޕޯލީއާ ގުޅުމަށް ފަހު މެރަޑޯނާވަނީ އެ ޓީމުގައި ކާމިޔާބު ހަތް އަހަރު ވޭތުކޮށްފައެވެ. އޭނާގެ ކެޕްޓަން ކަމުގެ ދަށުން ނަޕޯލީއިން ދެ އިޓާލީއަން ސެރީއޭ އާއި ޔުއެފާ ކަޕްގެ އިތުރުން ކޮޕާ އިޓާލިއާއެއް ކާމިޔާބުކުރިއެވެ. ނަޕޯލީގެ ސަޕޯޓަރުން ދެކޭގޮތުގައި އޭނާއަކީ އެ ކްލަބުގެ ތާރީހު ބަދަލު ކޮށްލި ކުޅުންތެރިޔެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 އޯގަސްޓު 2017

އޭޝިއާގެ އެއްވަނަ ހޯދި ޝާންޓެ ރަން މެޑަލާއެކު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

28 އޯގަސްޓު 2017
އޭޝިއާގެ އެއްވަނަ ހޯދި ޝާންޓެ ރަން މެޑަލާއެކު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
26 ޖުލައި 2017

ރެކޯޑު ފީއަކާއެކު އެމްބަޕޭ ހޯދުމަށް ރެއާލް އިން އެއްބަސްވެއްޖެ

26 ޖުލައި 2017
ރެކޯޑު ފީއަކާއެކު އެމްބަޕޭ ހޯދުމަށް ރެއާލް އިން އެއްބަސްވެއްޖެ
04 ޖޫން 2017

ޗެމްޕިއަންސް ލީގު: ރެކޯޑުތަކަކާއެކު ރެއާލް މެޑްރިޑުން 12 ވަނަ ތަށި އުފުލާލައިފި

04 ޖޫން 2017
ޗެމްޕިއަންސް ލީގު: ރެކޯޑުތަކަކާއެކު ރެއާލް މެޑްރިޑުން 12 ވަނަ ތަށި އުފުލާލައިފި
23 މެއި 2017

އަނިޔާގައި ހުރެ ދުވެގެން 200 މީޓަރު ދުވުމުގެ ރެކޯޑު ނާއިލް މުގުރާލައިފި

23 މެއި 2017
އަނިޔާގައި ހުރެ ދުވެގެން 200 މީޓަރު ދުވުމުގެ ރެކޯޑު ނާއިލް މުގުރާލައިފި
27 އެޕްރީލު 2017

ޒޯން ތިނެއްގެ ޗެމްޕިއަން ކަމާއެކު އޭދަފުއްޓަށް ރަތް ދޫލައިގެ މަރުހަބާއެއް

27 އެޕްރީލު 2017
ޒޯން ތިނެއްގެ ޗެމްޕިއަން ކަމާއެކު އޭދަފުއްޓަށް ރަތް ދޫލައިގެ މަރުހަބާއެއް
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
08 މާރިޗު 2017

އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި

08 މާރިޗު 2017
އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި
07 މާރިޗު 2017

ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ

07 މާރިޗު 2017
ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް