Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމްގެ ހޫނު މަރުހަބާއެއް

އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި

ޝައިހް ކަމާލް ކަޕް ޓީސީން ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެ

ލީވާން އަލީ
ލީވާން އަލީ | 8 މާރިޗު 2017 | ބުދަ 07:44
އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔުން

އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔުން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ އެފްއޭއެމް ހައުސް ކުރިމަތީގައި ބޭއްވި ހަފްލާއެއްގައި ޓީސީއަށް މަރުހަބާ ކިޔުމުގެ ގޮތުން ހަފްލާއެއް ބާއްވާފައިވާއިރު، ޓީސީ ކުޅުންތެރިންނާއި އޮފިޝަލުން އަދި އެ ކްލަބުގެ ބޯޑު މެމްބަރުން ވެސް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން މި ހަފްލާގައި އެފްއޭއެމްގެ އިސްވެރިންނާއި، ސްޕޯޓްސް ކޮމިޝަނަރ، އަހުމަދު ނަޝީދު އަދި އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދު ވަނީ ބައިވެރިވެފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، މި މުބާރާތަށް ދިއުމަށް އެފްއޭއެމް އިން ޓީސީ އަށް ފުރުސަތު ނުދޭ ކަމަށާއި، މިއީ މިދިޔަ ސީޒަނުގައި ޓީސީން ހޯދި ނަތީޖާއިން ތަނަވަސްކުރި ފުރުސަތެއް ކަމަށެވެ. އެގޮތުން މުބާރާތުގައި ވާދަކޮށް ޓީސީން ވަނީ މުޅި ދިވެހި ރާއްޖެ ފަހުރުވެރިވާ ފަދަ ނަތީޖާއަކާއެކު، ފުރަތަމަ ފަހަރަށް ރާއްޖެއަށް ކްލަބް ރަން މެޑަލްއެއް ގެނެސްފައި ކަމަށް ވެސް ބައްސާމް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ބައްސާމް ވިދާޅުވީ، ޓީސީން މިއަދު ދިވެހި ކްލަބްތަކަށް އާ ހިތްވަރެއް ދީފައިވާ ކަމަށާއި، އެގޮތުން އެ ކްލަބްތަކުން ބޭރުގެ މުބާރާތްތަކަށް ގޮސް ތަށިތައް ކާމިޔާބުކުރެވޭނެކަން ދައްކުވައިދީފައިވާ ކަމަށެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަށް ތައުރީފްކުރަމުން ބައްސާމް ވިދާޅުވީ، މިއީ ދިވެހި ކޯޗެއް ރާއްޖެއަށް ރަން މެޑަލް ހިފައިގެން އައި ފުރަތަމަ ފަހަރު ކަމަށާއި، ދިވެހި ކޯޗުންގެ ވެސް ފެންވަރު ހުރިކަން މި ކަމުން އެނގިގެން ހިނގައްޖެ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތްތަނުގައި އިތުރު ކޯޗުންނަށް ވެސް މި ކާމިޔާބީ ތަކުރާރުކުރެވޭނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން ޓީސީ ހޯދާފައިވާއިރު، އެ ޓީމު ވަނީ ކިރިގިސްތާން، ނޭޕާލް، ދެކުނު ކޮރެއާ އަދި ބަންގްލަދޭޝްގެ ކްލަބްތައް ވެސް ބަލިކޮށްފައެވެ.

މީގެ ކުރިން ބައިނަލްއަގުވާމީ މުބާރާތެއްގެ ތަށްޓާ އެންމެ ކައިރިޔަށް ދަތުރުކުރެވުނު ކްލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެހެން ނަމަވެސް އެޓީމަށް ދެވުނީ ސެމީފައިނަލާ ހަމައަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު