Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން 2018

ރައީސް ޔާމީން އިތުބާރުކުރައްވަނީ ހަމައެކަނި އަނބިކަނބަލުންނަށް، ދެން އުޅެނީ މަތިންބައިން ޖެހިގެން އުޅޭ މީހުން: ލަތީފް

26 ޑިސެމްބަރު 2017 | އަންގާރަ 01:25

ނިހާނާއި އަބްދުއްރަޙީމްގެ ޖޯޝާއި ހިތްވަރު ނެތް ކަމަށް ވިދާޅުވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 26 ޑިސެމްބަރު 2017 | އަންގާރަ 01:25
މެންބަރު ލަޠީފް: ޕީޕީއެމްގެ ތެރެއިން ނައިބުރައީސްކަމަށް ދެ މީހަކު ފައްކާކުރަމުންދާކަމަށް ވިދާޅުވި

މެންބަރު ލަޠީފް: ޕީޕީއެމްގެ ތެރެއިން ނައިބުރައީސްކަމަށް ދެ މީހަކު ފައްކާކުރަމުންދާކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިތުބާރުކުރައްވަނީ ހަމައެކަނި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީއަށް ކަމަށާއި، އެމަނިކުފާނުގެ އަރިހުގައި ދެން ތިއްބެވި ފަރާތްތަކަކީ އެފަރާތްތަކުގެ މައްޗަށް ރައީސްގެ އިތުބާރު ނެތް އިރުވެސް މަތިންބައިން ޖެހިގެން އުޅުއްވާ ފަރާތްތަކެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުލްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ލަޠީފް ވިދާޅުވީ، އިންތިޚާބަކަށް ކުރިމަތިލައްވައިފިނަމަ ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދެއްވަން ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ މަދު މެންބަރުންތަކެއް ކަމަށާއި، އެ ބޭފުޅުންގެ ހަޤީޤަތް ރައީސް ޔާމީނަށް އެނގިލައްވާ ކަމަށެވެ. އެފަދަ މެންބަރުންނަކީ އަމިއްލައަށް ފައިދާއެއް ހޯދުމަށް އެމަނިކުފާނުގެ އަރިހުގައި ތިއްބެވި މެންބަރުން ކަމަށް ވެސް ލަޠީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ޔާމީންގެ އެންމެ އަރިހުގައި ތިއްބެވި، ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކާއި ޕާޓީގެ ނައިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲމެން ފަދަ ބޭފުޅުން، ރައީސް ޔާމީން ފަސްދެއްވުމުން، އެމަނިކުފާނަށް ފާޑުވިދާޅުވާ ކަމަށާއި، އެހެންކަމުން ރައީސް ޔާމީން އިތުބާރު ކުރައްވަނީ ހަމައެކަނި އަނބިކަނބަލުންނަށް ކަމަށާއި، ޕާޓީގެ ތެރޭގައި އެކަމަނާގެ ނުފޫޒު ގަދަވެފައިވަނީވެސް އެ ސަބަބަށްޓަކައި ކަމަށް ލަތީފް ވިދާޅުވި އެވެ.

"ނިހާން، އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ނިހާންގެ ޖޯޝާ ފޯރިއެއް ނެތް. ދެން ހަމަ އަޅުގަނޑަށް އެއާއެކުގައި ފާހަގަކޮށްލެވޭނީ، އަބްދުއްރަހީމް. އަބްދުއްރަހީމްގެވެސް ޖޯޝާ ފޯރިއެއް ނުފެނޭ. އެބޭފުޅުން އެތިބީ ލީޑަރޝިޕްގަ އެންމެ ބޮޑުކޮށް ނަގައިކިޔަންވެސް. އަދި އެބޭފުޅުންނަކަށް އިތުބާރެއްވެސް ރައީސް ނުކުރައްވާ. އެހެންވީމަ އެކަންކަން ރައީސްއަށް އެނގޭ މި ކޮން ބޭފުޅުންނެއްކަން، އަދި މި ބޭފުޅުންނަކީ ތިމަން މަނިކުފާނަށް މަސައްކަތް، ހިތްވަރެއް، ފަންވަރެއް ކެރުމެއް (ނެތް ބައެއްކަން). ފިލާ ތިބޭ ބައެއް އެއީ. އެހެންވީމަ ރައީސްކައިރީގައި ސަނާކިޔާލަން އެވަގުތު ލިބިދާނެ މަންފާއަކަށް ނޫނީ ފައިދާއަކަށް، ލިބިދާނެ އެއްޗަކަށް ރައީސް ހެއްވާލަން، އުފާކޮށްލަން އެ ތިބެނީ. ހަމަ ރައީސް ފަސްދީ ދިޔައިމަ ލޮލުން އިޝާރާތްކޮށްފަ ބުނާނެ ނޫނެކޭ މީ ކަމުދާ ރައީސެއް ނޫނޭ. އެހާ ހިސާބުގަ އެމީހުން ތިބެނީ. އެހެންވީމަ ރައީސް އިތުބާރެއް ނުކުރައްވާނެ"، ލަޠީފް ވިދާޅުވިއެވެ.

ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ލަޠީފް ވަނީ ޕީޕީއެމްގެ އެތެރޭގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީގެ ނުފޫޒު ގަދަވުމުން ބައިބައިވުން އުފެދިފައިވާކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

"މެޑަމްގެ އޮފީހުން ކުރާ، ފާތުމަތު އިބްރާހިމް ދީދީގެ އޮފީހުން ކޮންމެ އިވެންޓެއްވެސް ބާއްވަންވަނީ. ސަރުކާރުގެ މުދަލާ ފައިސާއާ ތަކެތި ބޭނުންކޮށްގެން ނުވަތަ ސަރުކާރުގެ މީހުން ބޭނުންކޮށްގެން، މެޑަމް ކުރާކަމެއް އެ ކުރަނީ. އެތަނުގަ އަބްދުއްރަހީމަށް ނުވަތަ ނިހާނަށް ނުވަތަ ދެންހުރި ބޭފުޅަކަށް ފުރުޞަތު ދީގެންނެއް (ނޫޅޭ). ދެން އަނެއްކާ، އެބޭފުޅުންތެރޭގަވެސް ވަރަށް ބޮޑު ކޯޅުން އޮންނާނެ. ރައީސް (ޔާމީން 2018 އިގެ ރިޔާސީ އިންތިޚާބަށް) ކުރިމަތިލައްވައިފިއްޔާ ނައިބުރައީސަކަށް، މެޑަމް އޮފީހުންވެސް މިހާރު ނައިބުރައީސަކު ތައްޔާރުކޮށްގެން އުޅެނީ. ދެން އަނެއްކޮޅުން ވައި އޮފީސް، ޕާޓީ އޮފީހުންވެސް ނައިބު ރައީސަކު ތައްޔާރުކޮށްގެން އެ އުޅެނީ. އެހެންވީމަ އެއާވެސް ހަނގުރާމަ އެބަކުރޭ. މެޑަމްއަށް މި ހުރިހާއެއްޗެއް ރަނގަޅަށް އެނގޭނެ" ލަޠީފް ވިދާޅުވިއެވެ.

ލަޠީފް ވިދާޅުވީ މި ދަނޑިވަޅުގައި ރައީސް ޔާމީންއަށް އެންމެ ލާބަހުރި ގޮތަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު އެމަނިކުފާނު ދޫކޮށްލެއްވުން ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް