Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބ. ކެންދޫ

ކެންދޫއަށް ރައީސް ވަޑައިގެންނެވީ، އިދިކޮޅު މީހުން ގެންގުޅުނު ޕޯސްޓަރުތައް ކޯޓު އަމުރެއްގެ ދަށުން އަތުލުމަށް ފަހު

ކޯޓު އަމުރުގައި އަތުލުމަށް ބުނެފައިވާ ލިޔުންތައް ނުގެންގުޅޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2017 | ހޯމަ 17:43
ކެންދޫގައި އިދިކޮޅު މީހުން ގެންގުޅުނު ލިޔުންތައް ފުލުހުން ޗެކްކުރަނީ:-

ކެންދޫގައި އިދިކޮޅު މީހުން ގެންގުޅުނު ލިޔުންތައް ފުލުހުން ޗެކްކުރަނީ:-

ބ.ކެންދޫއަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިއަދު ވަޑައިގެންނެވީ އިދިކޮޅު ފަރާތްތަކުން ޝުއޫރު ފާޅުކުރުމަށް ލިޔުނު ޕޯސްޓަރުތައް ކޯޓު އަމުރެއްގެ ދަށުން އަތުލުމަށް ފަހު ކަމަށް "ރާއްޖެ އެމްވީ"އަށް އެނގިއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމިން ކެންދޫއަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ. އެރަށަށް ރައީސް ޔާމިން ވަޑައިގަންނަވާތީ އެރަށުގައި ތިބި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ތިބީ ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރުމަށް ތައްޔާރުވެގެންނެވެ.

Advertisement - newsAdvertisement

ރައީސް ޔާމިން އެރަށަށް ވަޑައިގަތުމަށް ކުޑަތަންވެފައިވަނިކޮށް ކެންދޫގައި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ވަނީ އިދިކޮޅު މީހުން ދަމާފައިވާ ބެނާތަކާއި އަޑު ގަދަ ކުރުމަށް ބޭނުންކުރާ ސާމާނު ހިފެހެއްޓުމަށެވެ. ނަމަވެސް އިދިކޮޅު މީހުން ޝުއޫރު ފާޅުކުރުމަށް އެއްވެސް ބެނާއެއް ތައްޔާރު ކޮށްފައިނުވާއިރު ގެންގުޅުނު ޕޯސްޓަރުތަކުގެ ވާހަކަ ކޯޓު އަމުރުގައި ނެތެވެ.

ކެންދޫގައި އިދިކޮޅު ފަރާތްތަކުން ގެންގުޅުނު ލިޔުންތައް ފުލުހުން ބަލަނީ:- އެ ލިޔުންތައް ފުލުހުން ވަނީ އަތުލާފައި

ކޯޓު އަމުރަކަށް ފުލުހުން އެދިފައިވަނީ ރައީސް ޔާމިންގެ ދަތުރުފުޅާ ދިމާކޮށް ކެންދޫގެ އެކި ސަރަހައްދަށް މީހުން އެއްވެ، މަސްލަހަތު ނަގާލަން، ބަޔަކު މީހުން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެވެ. އަދި ކޯޓު އަމުރު ނެރެފައި ވަނީ ކެންދޫ މަގުތަކާއި އެރަށުގެ އާންމުތަންތަނުގައި ދަމާހުރި ހަޑިހުތުރު އެއްޗެއްސާއި ހަޑިހުތުރު ބަސް ބޭނުންކޮށްފައިވާ ބެނާތަކާއި ފޮއްޗާއި ދިދަތަކާއި އާންމު މަސްލަހަތަށް ގެއްލުން ހުރި ތަކެތި ނެގުމަށް ނެރުނު އަމުރުގެ ދަށުންނެވެ.

ކޯޓު އަމުރަކަށް ފުލުހުން އެދުނީ ފުލުހުންނަށް ލިބިފައިވާ ސިއްރު މައުލޫމާތެއްގެ މައްޗަށްކަން އެ އަމުރުން އެނގެ އެވެ.

ކޯޓު އަމުރަށް ފުލުހުން އެދުނީ ގާނޫނުލްއުގޫބާތުގެ 615ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަމްބަރާއި އަދި ގާނޫލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ)ގެ 6 ވަނަ ނަމްބަރާ ހަވާލާދީ އެވެ.

އޭގެ ތެރެއިން ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަމްބަރުގައި ބަޔާން ކުރަނީ އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު އެމީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރުހީވާނެކަން އެނގިހުރެ ހަޑިހުތުރުބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލުކުރުން އެއީ ކުށެއް ކަމުގަ އެވެ. އަދި ގާނޫލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ)ގެ 6 ވަނަ ނަމްބަރުގައި ބަޔާން ކޮށްފައިވަނީ އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު އެމީހެއްގެ އަމަލެއްގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން. ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގި ހުރެ، ޖާއިޒް މަގުސަދެއް ހާސިލްނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީ ގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަ ފަދަ ހާލެއް އުފެއްދުމުގެ ކުށެވެ.

ކެންދޫއަށް ރައީސް ޔާމިން ވަޑައިގެން އެރަށުގެ ބައެއް މީހުންނާ ރައީސް ސަލާމް ކުރައްވަނީ

އެ ފަދަ ބޮޑެތި ތުހްމަތުތަކެއް ކޮށްފައިވީ ނަމަވެސް ކޯޓު އަމުރުގައި ބުނެފައިވާ ފަދަ ބެނާތަކެއް އެރަށުން ފެނިފައިނުވެ އެވެ. އަދި ޕޯސްޓަރުތައް ލިޔުމުގައި އުޅުނު މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ކޯޓު އަމުރުގައި އެ ބުނާ ފަދަ ހުތުރު އެއްވެސް އެެއްޗެއް ލިޔެފައިނުވާ ކަމަށެވެ. އަދި ބެނާ ވެސް ތައްޔާރު ކޮށްފައިނުވާއިރު ހަމަ އެކަނި ލިޔުނީ ހުދު ގަނޑުތަކެއްގައި ޝުއޫރުތަކެއް ކަމަށް އޭނާ ބުންޏެވެ. ރާއްޖެއެމްވީއަށް ވެސް ލިބިފައިވާ އެ ފޮޓޯތަކުގައި ވަނީ ވައްކަން ކުރުމާއި އަނިޔާވެރިވުމަށް އެރަށުގެ ރައްޔިތުން ނޭދޭ ކަމަށް ބުނެފައިވާ ލިޔުންތަކެވެ. އަދި ސަރުކާރުން ދޭން ވައުދުވި ރިސޯޓް ހިއްސާކޮބައިތޯ އާއި ވައުދުތަކާ ގުޅޭ ގޮތުން ކޮށްފައިވާ ސުވާލުތައް ހިމެނޭ ލިޔުންތައް ފުލުހުން ވަނީ ގެންގޮސްފަ އެެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު