Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

"ރައީސް ޔާމީންގެ ސިކުނޑީގައި މިހާރު ވެސް އުނިކަމެއް އުޅޭ"

25 ޑިސެމްބަރު 2017 | ހޯމަ 07:06

ވޯޓް ދިނުމުގެ ކުރިން ވިސްނަންޖެހޭ ތިން ޝޯޓް ކަޓެއް ވިދާޅުވި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 25 ޑިސެމްބަރު 2017 | ހޯމަ 07:06
ރައީސް ޔާމީން ހިންނަވަރުގައި ވާހަކަ ދައްކަވަނީ: ޥޯޓު އެޅުމުގެ ކުރިން ވިސްނަންވީ ކަންތައްތަކެއް ވިދާޅުވި

ރައީސް ޔާމީން ހިންނަވަރުގައި ވާހަކަ ދައްކަވަނީ: ޥޯޓު އެޅުމުގެ ކުރިން ވިސްނަންވީ ކަންތައްތަކެއް ވިދާޅުވި

ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް އެމަނިކުފާނުގެ ސިކުނޑިފުޅުގައި އުނިކަމެއް ހުންނަ ކަމަށް ވިދާޅުވެއްޖެއެވެ.

ޅ. ހިންނަވަރު ފެނުގެ ނިޒާމު ފައްޓަވައި ދެއްވުމަށް ފަހު އެރަށުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސިކުނޑިފުޅުގައި މިހާރު ވެސް އުނިކަމެއް ހުންނަ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ކުރިން ރައްޔިތުން ވިސްނާލަންޖެހޭ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ތިން ކަމެއްގެ ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު އެކަން ސިފަކުރެއްވީ ރަނގަޅު ލީޑަރަކު ހޮވުމަށް "ޝޯޓް ކަޓް" އެއްގެ ގޮތުގައެވެ.

Advertisement - newsAdvertisement
"ތިބޭފުޅުން ހިތާހިތާ ކޮށްލަންވީ ސުވާލަކީ، އަދި ޖޯލިފަތިތަކާއި ހޮޅުއަށިތަކުގައި ދައްކަވަންވީ ވާހަކައަކީ މިވެނި މީހަކު މިވެނި ކަހަލަ ވާހަކައެއް ދައްކައިފިޔޭ، ރައީސް ޔާމީން ވެސް ސްޕޭސްއަށްދާ ވާހަކަ ދައްކައިފިއްޔާ ޖައްވަށް ދަތުރުކުރާ ވާހަކަ ދައްކައިފިއްޔާ, ރައީސް ޔާމީނުގެ ސިކުނޑީގައި މިހާރުވެސް އުނިކަމެއް އުޅޭ، އެއިރުން އަދި އަނބުރާ އިޔާދަ ނުކުރެވޭ ވަރަށް ސިކުނޑި ގޯސްކަމަށް ނިންމަންވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރަށްރަށުގައި ނަރުދަަމާ އާއި ފެނުގެ ނިޒާމު ނެތް ވާހަކަ ދައްކަމުންދަނިކޮށް، ޚިޔާލުގައި ނުކުރެވޭ ވަރުގެ މޮޅު ވާހަކަ ދައްކާ ނަމަ އެއީ އެހެން ދުނިޔެއަކުން އައިސްގެން އުޅޭ އޭލިއަނެއް ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެކަހަލަ ވާހަކަ ދައްކާ މީހުންގެ ނަން ވޯޓު ކަރުދާސް ކޮޅުގައި ހިމެނުމުގެ ކުރިން އެފަދަ މީހުންނަަށް ރަސްގެ ދޭންޖެހޭ ކަމަށެވެ.

"ރައީސް ޔާމީނު ވެސް ނާސާގެ އުޅަނދުފަހަރު ދަތުރުކުރާ ފަދައިން ސްޕޭސްއަށްދާ ވާހަކަ ދައްކައިފި ނަމަ މި ދެންނެވީ އެކަހަލަ ނުކުރެވޭ ވަރުގެ މޮޅު ވާހަކަ ދައްކައިފި ކަމަށް ވަންޏާ އެ ހިސާބުން ގަބޫލުކުރަންވާނެ މިއުޅެނީ އަދި އެހެން ދުނިޔެއަކުން އައިސް އުޅޭ އޭލިއަނެއްކަން، މުޅިން އެހެން ޖައްވަކުން އައިސް އުޅޭ އޭލިއަނެއް މިއުޅެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސިޔާސީ ލީޑަރުން އެބަތިއްބެވި ކަމަށާއި މައްސަލައަކަށް ވަނީ އެއްކަމެއްގައި އެބޭފުޅުން ދައްކަވާ ވާހަކަ ތަފާތުވެގެންދިއުން ކަމަށެވެ.

"އެހެންވީމަ ރައްޔިތުންނަކަށް ފަސޭހައެއް ނޫން މިތަނުން ރަނގަޅަށް ވާހަކަ ދައްކަނީ ކާކުތޯ ބަލާކަށް، އަދި މި މައްސަލައަކީ ފައިސަލާ ކުރާކަށް ޝަރުއީ ކޯޓަކަށް ވައްދައިގެން ގޮތެއް ނިންމޭވަރުގެ މައްސަލައަކަށް ވެސް ނުވޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ބޭފުޅުން ތަފާތު ވާހަކަ ދެއްކިކަމުގައިވީ ނަމަވެސް، ވޯޓްލާ ދުވަހު ރައްޔިތުން ބުއްދީގެ ބޭނުން ހިފަންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ލީޑަރުންނާއި ހެޔޮއެދޭ މީހުން އިޚްތިޔާރު ކުރުމުގައި އެ މީހެއްގެ ދީނީ "ބެކްގްރައުންޑަށް" ބަލަންޖެހޭ ކަމަށެވެ.

"ދެކެވޭ ވާހަކަ އާއި ވާހަކަ ދައްކާ މީހުންގެ ބެކްގްރައުންޑް މާޒީއަށް ބަލާފައި އަޅުގަނޑުމެން ނިންމަން އެބަޖެހޭ، މީނަ މިދައްކާ ވާހަކައިން އަޅުގަނޑުމެން މިތިބަ މިސްރާބުގައި ނޫނީ އަޅުގަނޑުމެން މިތިބަ އަގީދާ މަތީގައި ތިބުމުގެ ސާބިތުކަން ކިހާވަރަކަށް ގެނެސްދޭނެތޯ. ވަރަށް ފަސޭހަ ސުވާލެއް ނޫންތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އިސްލާމީ އަގީދާގައި ތިބެން ބޭނުންވާ ކަމަށްވާ ނަމަ، ދީނީ ބެކްގްރައުންޑް ބެލުމުން ފެއިލްވާނެ ލީޑަރުންތައް އިންތިހާބުގެ ކުރިން ކަށަވަރުކޮށް އެފަދަ ލީޑަރުންނަށް ރަސްގެ ދޭންޖެހޭ ކަމަށެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި ރައީސް ޔާމީން ވިދާޅުވީ ވޯޓު ދިނުމުގެ ކުރިން، ވައުދުވާ ކަންތައްތަކާއި ދައްކާ ވާހަކަތައް ހަގީގަތަކަށް ހެދުމުގެ އިލްމީ ގާބިލުކަމާއި ކުޅަދާނަކަން އެ މީހެއްގެ ކިބައިގައި ހުރިތޯ ބަލަންޖެހޭ ކަމަށެވެ. ރައީސް ޔާމީން ވަނީ މި ކަންތައްތަކާ މެދު ވިސްނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް