Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ - އިންޑިއާ

އިންޑިއާ ސަފީރާއި އެމްބަސީގެ ފޯނު ކޯލުތައް ދިވެހި ސަރުކާރުން އަޑުއަހަމުންދާ ކަމަށް ތުހުމަތުކޮށްފި

23 ޑިސެމްބަރު 2017 | ހޮނިހިރު 14:26

ފޯން ކޯލް އަޑުއަހަމުންދާކަމުގެ ތުހުމަތާއި ގުޅިގެން ސަރުކާރުގެ ބަހެއް ނުލިބުނު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 23 ޑިސެމްބަރު 2017 | ހޮނިހިރު 14:26
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ

އިންޑިއާ އެމްބަސީއާއި އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާގެ ފޯނު ކޯލުތައް ދިވެހި ސަރުކާރުން އަޑުއަހަމުންދާ ކަމަށް އިންޑިއާގެ ސްޓްރެޓީޖިކް އެނަލިސްޓު ރަޖީވް ޝަރުމާ ތުހުމަތު ކުރައްވައިފި އެވެ.

އިންޑިއާގެ "ދަ ކުއިންޓް" ނޫހުގައި ޝާއިއުކޮށްފައިވާ ރަޖީވް ޝަރުމާގެ ލިޔުމެއްގައިވާ ގޮތުގައި، މާލޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ ލޭންޑްލައިން ފޯނުތަކާއި އެމްބަސީގައި މަސައްކަތް ކުރައްވާ ޑިޕްލޮމެޓުންނާއި ސަފީރު އަކިލޭޝް މިޝްރާގެ މޯބައިލް ފޯނު ކޯލުތައް ދިވެހި ސަރުކާރުން ދަނީ އަޑުއަހަމުންނެވެ.

Advertisement - newsAdvertisement

ހޯމް މިނިސްޓަރަށާއި ޑިފެންސް މިނިސްޓަރަށް ގުޅައިގެން މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީއިން ވާނީ މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް، މީގެން އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބު ނުދެއްވާތީ މިހާތަނަށް ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ރަޖީވް ޝަރުމާގެ ލިޔުމުގައިވާ ގޮތުގައި، އިންޑިއާގެ ސަފީރާއި ބައްދަލުނުކުރުމަށް، މިނިސްޓަރުންނަށާއި ސަރުކާރުގެ އޮފިޝަލުންނަށާއި ޕީޕީއެމްގެ އިސްވެރިންނަށް ސަރުކާރުން ވަނީ އަންގާފަ އެވެ. ލިޔުމުގައިވާ ގޮތުގައި މިކަންތައްތަކުގެ ސަބަބުން، އިންޑިއާ ސަފީރަށް ރާއްޖޭގައި ހަރަކާތްތެރިވުމަށް ވަނީ ހުރަސް އެޅިފަ އެވެ. އެ ލިޔުމުގައި ސިފަކޮށްފައިވާ ގޮތުގައި އިންޑިއާ ސަފީރު މިހާރު ހުންނެވީ "ކޮއްޓަކަށް ލާފައިވާ ގުރައެއްގެ" ހާލަތުގައެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީއިން ސުވާލުކުރުމުން، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ވަކި ގައުމެއްގެ ސަފީރަކާއި ބައްދަލުނުކުރުމަށް ސަރުކާރުން ނުވަތަ ޕީޕީއެމް އިން އެއްވެސް ފަރާތަކަށް އަންގާފައިނުވާ ކަމަށެވެ. އަދި ސަރުކާރާއި ޕީޕީއެމްއާ ގުޅޭގޮތުން ދައްކާފައިވާ އެ ވާހަކައަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަ ކުއިންޓް" ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ވެސް ވަނީ، އިންޑިއާގެ ސަފީރާއި ބައްދަލުކުރުމުން ގއ. އަތޮޅު ކައުންސިލް ސަސްޕެންޑްކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިންޑިއާގެ ސަފީރާއި ބައްދަލުކުރުމުން ގއ. އަތޮޅު ކައުންސިލާ ދެކޮޅަށް ފިޔަވަޅު އެޅިއިރު، ހަމަ އެ ދުވަހު އިނގިރޭސީ ސަފީރު ޖޭމްސް ޑޯރިސްއާ ބައްދަލުކުރެއްވި ގދ. ތިނަދޫ ކައުންސިލަށް ފިޔަވަޅު އަޅާފައިނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.

އެ ލިޔުމުގައިވާ ގޮތުގައި، ޗައިނާގެ ނުފޫޒު ރާއްޖޭގައި ގަދަކުރުމަށް އެހީތެރިވެދީ އަދި ހުރިހާ އިންތަކެއް ދިވެހި ސަރުކާރުން ވަނީ ހުރަސްކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް