Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދ. ރިނބުދޫ

އެހެން ރަށްރަށުގެ މީހުން ހުއްދަ ނެތި ރިނބުދޫ އަށް އެރުން މަނާ!

22 ޑިސެމްބަރު 2017 | ހުކުރު 11:22

ރިނބުދޫގެ އާބާދީއަކީ 567 މީހުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 ޑިސެމްބަރު 2017 | ހުކުރު 11:22
ދ. ރިނބުދޫ

ދ. ރިނބުދޫ

ދ. ރިނބުދޫ ކައުންސިލްގެ ހުއްދަ ނެތި އެހެން ރަށްރަށުގެ މީހުން އެރަށަށް އެރުން އެ ރަށު ކައުންސިލުން މަނާކޮށްފިއެވެ.

އެރަށު ކައުންސިލުން މިދިޔަ އަންގާރަދުވަހު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެރަށަށް އެހެން ރަށްރަށުގެ މީހުން ދަތުރު ދިއުން އިތުރުވެފައިވާ ކަމަށާއި ޒިޔާރަތްކުރާ ބައެއް މީހުންގެ ފަރާތުން ސާފުތާހިރު ކަމަށް ދޭންޖެހޭ ސަމާލުކަން ކުޑަވެފައި ކަމަށެވެ. އެކަމުގެ ސަބަބުން ރަށުގައި ދިރިއުޅޭ މީހުންނަށް އެކި ކަހަލަ އުނދަގޫތައް ދިމާވެ އެކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އެހެން ކަމުން އަންގާރަ ދުވަހުން ފެށިގެން ރަށުން ބޭރު މީހުން އެ ރަށަށް ޒިޔާރަތްކުރަންޖެހޭނީ ރަށުގެ މީހަކު ޒިންމާވާ ގޮތަށް އެ އިދާރާގެ ހުއްދަ ހޯދައިގެން ކަމަށް ރިނބުދޫ ކައުންސިލުން މިމަހުގެ 19 ވަނަ ދުވަހު އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

ހުއްދަ ނުހޯދައި އެރަށަށް "ދަތުރުދާ" ފަރާތްތަކާ މެދު ކައުންސިލުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ރިނބުދޫ ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ނިޔާޒު ސޮއިކުރައްވައި އާންމުކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.

ރިނބުދޫގެ އާބާދީއަކީ 567 މީހުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަހުމަދު ނިޔާޒު ވިދާޅުވީ އެރަށަކީ ވަރަށް ސާފުތާހިރު ކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި "ދަތުރު އަންނަ" ފަރާތްތަކުން އެރަށުގެ މޫދަށް ކުނިއަޅައި ހަޑިކުރަމުންދާ ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުން ހުއްދަ ނުހޯދައި ގޭގެއަށް ވަދެ ގޭގޭގެ ގޯތިތެރޭގައި ހުންނަ ގަސްތަކަށް ގެއްލުންދީ ހަދާތީ އެކަމުގެ ޝަކުވާ ވެސް ބޮޑުވެފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އެހެން ކަމުން އެރަށަށް އެރޭނީ ކައުންސިލްގެ ހުއްދަ ހޯދައިގެން ކަމަށް އަލީ ނިޔާޒު ރާއްޖެއެމްވީއަށް ވިދާޅުވިއެވެ.

ކައުންސިލުން މިގޮތަށް ނިންމި ނަމަވެސް ކޯޓު އަމުރަކުން މަނާނުކުރާހާ ހިނދަކު މީހުން ދިރިއުޅޭ ރަށްތަކަށް ހުއްދައެއް ނެތި ޒިޔާރަތްކުރުމުގެ ހައްގު ގާނޫނުއަސާސީން ކޮންމެ ދިވެއްސަކަށް ވެސް ލިބިދެއެވެ. ރިނބުދޫ ކައުންސިލްގެ މި އިއުލާނު ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު ގިނަ ބަޔަކު ދަނީ މި ކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން މިއީ ކުރީ ޒަމާނުގައި މާލެ އެރުމަށް ކުޑަސިޓީ ބޭނުންވާ އުސޫލުގެ ޒަމާން ނޫން ކަމަށާއި އެއީ ގާނޫނާ ޚިލާފް ބާތިލް އިއުލާނެއް ކަމަށް ބުނެ ފާޑުކިޔާފައި ވެއެވެ. އަދި ރަށް ހަޑިވާ ނަމަ މަގުމައްޗަށް ކުނި އެޅުމުން ދޭނެ އަދަބުތައް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހިންގާ ނަމަ އެކަމަށް ވެސް އަދަބުތައް ކަނޑައަޅާފައި ވުމުން އެފަދަ ކަންކަމުން ރައްކާތެރިވުމަށް ރަށަށް އެރުން މަނާކުރުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް