Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުދުސްގެ މައްސަލަ

އެމެރިކާގެ އިންޒާރަށް ބެލުމެއް ނެތި ގުދުސްގެ ގަރާރު ދިވެހިރާއްޖެ އިން ކޯ-ސްޕޮންސަރކޮށްފި

21 ޑިސެމްބަރު 2017 | ބުރާސްފަތި 08:33

އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 21 ޑިސެމްބަރު 2017 | ބުރާސްފަތި 08:33
ދިވެހިރާއްޖެ އިން އދ. އަށް ކަނޑައަޅުއްވާފަ ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު

ދިވެހިރާއްޖެ އިން އދ. އަށް ކަނޑައަޅުއްވާފަ ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު

ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަތުމާ ދެކޮޅަށް އދ. ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރު ދިވެހިރާއްޖެ އިން ކޯ-ސްޕޮންސަރ ކޮށްފިއެވެ.

ދިވެހިރާއްޖެ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ގުދުސްގެ މައްސަލައިގައި އދ. ގެ އާއްމު މަޖިލީހުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ އަށް ހުށަހަޅާ ގަރާރު ދިވެހިރާއްޖެ އިން ކޯ-ސްޕޮންސަރ ކޮށްފައިވާ ކަމަށާއި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. އަދި ގުދުސްގެ ހާލަތަށް ބަދަލެއް ގެނައުމަށް އަޅާ ކޮންމެ ފިޔަވަޅަކީ ބާތިލް ފިޔަވަޅެއްގެ ގޮތުގައި ބަލައިގަތުމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރުމަށް ބާއްވާ އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި، ދިވެހިރާއްޖެ އިން ހުށަހަޅާ ބަޔާނުގައި އެކަން ތަކުރާރު ކުރައްވާނެ ކަމަށް ޑރ. ނަސީރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގުދުސްގެ މައްސަލާގައި އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރު ދިވެހިރާއްޖެ އިން ކޯ-ސްޕޮންސަރ ކޮށްފައިވަނީ، ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް އދ.ގެ އާއްމު މަޖިލީހުގައި ނަގާ ވޯޓުގައި އެމެރިކާއާ ދެކޮޅަށް ވޯޓުދޭ ގައުމުތަކަށް އެހީ ކަނޑާލާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފައިވަނިކޮށެވެ.

އިސްރާއީލްގެ ވެރިރަށަކީ ގުދުސްކަމަށް އެމެރިކާއިން ބަލައިގަތްގަތުމާ ދެކޮޅަށް އދ. ގެ އާއްމު މަޖިލީހުގައި ގަރާރެއް ފާސްކުރުމަށް އިސް ނެގީ ތުރުކީ އިންނެވެ.

ގުދުސްގެ މައްސަލައިގައި ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް ވޯޓަށް އެހުމުގެ ކުރިން ވެސް ތުރުކީއިން ވަނީ އެ ގަރާރު އެމެރިކާއިން ވީޓޯ ކުރާނެކަން ކަށަވަރުވާ ކަމަށް ބުނެ އާއްމު މަޖިލީހަށް ގަރާރެއް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

އެ ގަރާރަކީ "ހުރުމަތްތެރިވެގެންވާ ގުދުސްގައި އެއްވެސް ގައުމަކުން ޑިޕްލޮމެޓިކް މިޝަނެއް ގާއިމް ނުކުރުމަށް" ގޮވާލާފައިވާ ގަރާރެކެވެ.

އދ. ގެ އެންމެ އިސް އެއް ގުނަން ކަމަށްވާ ސަލާމަތީ މަޖިލީހުގައި ހިމެނޭ ވީޓޯކުރުމުގެ ބާރު އޮންނަ ދާއިމީ ފަސް ގައުމުގެ ތެރެއިން އެއް ގައުމަކީ އެމެރިކާއެވެ.

އެމެރިކާގެ ޒަމާންވީ ސިޔާސަތު ދޫކޮށްލައްވައި އަދި ބައިނަލްއަޤްވާމީ މުޖުތަމައުން އަބަދުވެސް ގަބޫލުކުރަމުން އަންނަ ހަމަތަކާ ޚިލާފަށް ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައި ވަނީ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ.

ތުރުކީ އިން އާއްމު މަޖިލީހަށް ހުށަހަޅާފައި ވަނީ އދ. އިން މީގެ ކުރިން ފާސްކޮށްފައިވާ ގަރާރެއް ކަމަށްވާ 377-އޭ ނުވަތަ އާއްމުކޮށް ކިޔާ ގޮތުން ނަމަ "ޔުނައިޓިންގް ފޯރ ޕީސް"ގެ ދަށުން ހުށަހަޅާ ގަރާރެކެވެ.

އދ. އިން 1950 ވަނަ އަހަރު ފާސްކުރި، މި ގަރާރަކީ ސަލާމަތީ މަޖިލީހުގެ އެންމެ އަސާސީ ޒިންމާ ކަމަށްވާ ސުލްހަ އާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް އެ ކައުންސިލް ނުކުޅެދިއްޖެ ނަމަ އާއްމު މަޖިލީހުން އެ ކަމާ މެދު ގޮތެއް ނިންމުމާ ބެހޭ ގަރާރެވެ.

އާއްމު މަޖިލީހުގައި މި ގަރާރު ފާސް ވާނީ އެންމެ މަދުވެގެން ތިން ބައިކުޅަ ދެބައި މެމްބަރުންގެ ވޯޓް ލިބިގެންނެވެ. ތުރުކީގެ ފޮރިން މިނިސްޓްރީ އިން ވާހަކަދެއްކެވި ފަރާތުން ވިދާޅުވީ އެ އަދަދަށް ވޯޓް ހަމަކުރެވިފައިވާ ކަމަށާއި ނަމަވެސް ތުރުކީ އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނު މަސައްކަތްކުރަމުން ދަނީ އެ އަދަދު އިތުރުކުރުމަށް ކަމަށެވެ.

ފަލަސްތީނުން އދއަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ރިޔާދް މަންސޫރު ވިދާޅުވީ އެ ގަރާރަށް ފުރިހަމައަށް ތާއީދު ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. ނަމަވެސް އެމެރިކާގެ މަންދޫބު ނިކީ ހޭލީ އަންގާރަދުވަހު މެމްބަރު ގައުމުތަކުގެ ބައެއް މަންދޫބުންނަށް ފޮނުއްވި ސިޓީފުޅެއްގައިވަނީ އެމެރިކާއާއި ރައީސް ޓްރަމްޕް މި ވޯޓް ނަންގަވަނީ ވަރަށް ބޮޑަށް އަމިއްލަފުޅުކަމެއްގެ ގޮތުގައިކަން ކަން އަންގަވައި ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު

13 މާރިޗު 2017
ފާރިސްއަށް ބިރުދައްކަމުން ދަނީ ފާޅުގައި ލަދެއް ނެތި: ރައީސް ނަޝީދު
27 ފެބުރުއަރީ 2017

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް