Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެލޭޝިއާ ބޮޑުވަޒީރު

ނަޖީބު ރައްޒާޤް ރާއްޖޭގައި ފަތުރުވެރިއެއްގެ ގޮތުގައި!

21 ޑިސެމްބަރު 2017 | ބުރާސްފަތި 00:27

ލަންކާގައި ރަސްމީ މަސައްކަތުގެ ފޮޓޯ ޓްވީޓްކުރެއްވިނަމަވެސް، ރާއްޖޭގައި ރަސްމީ މަސައްކަތަށްވުރެ ބޮޑަށް ޓްވީޓްކުރެއްވީ އެހެން ފޮޓޯތަކެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 21 ޑިސެމްބަރު 2017 | ބުރާސްފަތި 00:27
ނަޖީބު ރައްޒާޤް މާލޭގެ އިއްޒުއްދީން ފާލަމުގައި

ނަޖީބު ރައްޒާޤް މާލޭގެ އިއްޒުއްދީން ފާލަމުގައި

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިހާރު ވަނީ އަނބުރާ ޤައުމަށް ވަޑައިގެންފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ގިނަ އެއްބަސްވުންތަކެއްގައި ރާއްޖެއާއި މެލޭޝިއާ އާއި ދެމެދު ސޮއިކުރެވުނުއިރު، ދެޤައުމުގެ މެދުގައިވަނީ ރަސްމީ ވާހަކަތަކެއް ބާއްވާފައެވެ. އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ނަޖީބު ރައްޒާޤް ރާއްޖެ ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ދަތުރުފުޅާ ގުޅޭ ގޮތުން ޓްވީޓް ކުރެއްވި ފޮޓޯތަކަށް ބައެއް ފަރާތްތަކުގެ ސަމާލުކަންވަނީ ލިބިފައެވެ.

ލަންކާއަށް ވަޑައިގެން ގިނައިން ނެންގެވީ ރަސްމީ ފޮޓޯތައްކަމަށްވިޔަސް، ރާއްޖޭގައި ނެންގެވި ގިނަ ފޮޓޯތަކުން ފެންނަނީ ވަރަށް ހަމަޖެހިވަޑައިގެން ޗުއްޓީއެއް ހޭދަކުރައްވާ ފަތުރުވެރިއެއްގެ މަންޒަރުތަކެއްކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

Advertisement - newsAdvertisement

ތިރީގައި މިވަނީ ރާއްޖެ ވަޑައިގެން ކުރެއްވި އެންމެ ފުރަތަމަ ޓްވީޓެވެ. މިޓްވީޓްގައި މެލޭ ބަހުން ލިޔުއްވާފައިވަނީ "މާލެ އާދެވިއްޖެ. ސިއްހީ، ފަތުރުވެރިކަން އަދި މަތީ ތައުލީމުގެ ދާއިރާއިންނާއި އެހެން ދާއިރާތަކުން ދެޤައުމުގެ ގުޅުން ބަދަހިކުރާނަން. އިންޝާﷲ" މިހެންނެވެ.

ނަޖީބު ރައްޒާޤް ރާއްޖެއަށް ވަޑައިގެން ދެވަނަ އަށް ޓްވީޓްކުރެއްވީ ރިޒޯޓުގެ ގޮނޑުދޮށުގައި މޫދަށް ބަލަހައްޓަވައިގެން ހުންނެވި ފޮޓޯއެކެވެ. ފޮޓޯއާއިއެކު ލިޔުއްވާފައިވަނީ، "ބުރަ ޝެޑިއުލްއިން ވަގުތުކޮޅެއް ހޯދާލައިގެން ހިނގާލަމުން، ކުޅަދުންވަންތަކުމުން ހިތްހަމަޖެހުން ލިބިގަންނަނީ" ކަމަށެވެ.

ފުރާވަޑައިގަތުމުގެ ކުރިން މާލޭ އިއްޒުއްދީން ޖެޓީގައި ހުންނަވައިގެންވެސް ނަޖީބު ރައްޒާޤް ފޮޓޯއެއް ނެންގެވިއެވެ. އެފޮޓޯއާއިއެކު ޓްވީޓްކުރައްވާފައިވަނީ "މާޝާﷲ. ޤުދުރަތުގެ ރީތިކަމާއިއެވެ".

ފުރާވަޑައިގަތުމަށް ރިޔާސީ ލޯންޗްކޮޅުގައި ހުޅުލެއަށް ވަޑައިގަންނަވަމުން، ލޯންޗުގެ މައްޗަށް އަރާވަޑައިގެންވެސް ނަޖީބު ރައްޒާޤްވަނީ ފޮޓޯއެއް ނަންގަވާފައެވެ.

ލަންކާއަށް ވަޑައިގެން ރަސްމީ މަސައްކަތުގެ ގިނަ ފޮޓޯތަކެއް ޓްވީޓްކުރެއްވިނަމަވެސް، ރާއްޖެއަށް ވަޑައިގެން ނަޖީބު ރައްޒާޤް އެމަނިކުފާނުގެ ހިތްހަމަޖެހުމަށް ކުރައްވާ ކަންކަމުގެ ފޮޓޯ ޓްވީޓްކުރައްވައި، ފަތުރުވެރިއެއްގެ ގޮތަށް އުޅުއްވުމުން، ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވީ ހަޤީގަތުގައި ލަންކާއަށް ކުރެއްވި 3 ދުވަހުގެ ރަސްމީ ދަތުރުފުޅަށްފަހު އަނބުރާ މެލޭޝިއާއަށް ވަޑައިގަތުމުގެ ކުރިން އެއް ދުވަހުގެ ޗުއްޓީއަކަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް