Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޮޅިވަރަމް

ނޮޅިވަރަމުން ގެއްލުނު އަންހެން މީހާ އަދިވެސް ނުފެނޭ، ރައްޔިތުން ވަލުތެރެ ހޯދަނީ

21 ޑިސެމްބަރު 2017 | ބުރާސްފަތި 04:01

އެމީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 11.0 ގައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 21 ޑިސެމްބަރު 2017 | ބުރާސްފަތި 04:01
ނޮޅިވަރަމުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަނީ

ނޮޅިވަރަމުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަނީ

ހދ. ނޮޅިވަރަމުން ގެއްލިގެން ހޯދަމުންދާ އަންހެން މީހާ އަދިވެސް ނުފެންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ނޮޅިވަރަމް ކައުންސިލްގެ ނާއިބު ރައީސް އަހްމަދު ރަޝީދު އާދަމް "ރާއްޖެއެމްވީ"އަށް މިރޭ މައުލޫމާތު ދެއްވި ގޮތުގައި ބުދަ ދުވަހު ހެނދުނުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ އެރަށު މަންޒަރުގެ، ޝާހިދާ އަލީ ފެނިފައި ނުވާތީ ހޯދުމުގެ މަސައްކަތް މިރޭ ވެސް އެރަށުގެ ރައްޔިތުން ނިކުމެ ދަނީ ކުރަމުންނެވެ. އެމީހާ ހޯދުމުގެ މަސައްކަތުގައި އުޅެނީ އެރަށުގެ ފިރިހެނުންނެވެ. މިރޭ ވެސް އެށުގެ ވަލުތެރޭގެ ބައެއް ހިސާބު ބަލަމުންދާއިރު ދުވާލު ވެސް ބައެއް ހިސާބުތައް ވަނީ ބަލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ މިހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 11:00 ހާއިރު ކަމަށެވެ. އުމުރުން 41 އަހަރުގެ އެ އަންހެން މީހާ މޫދަށް އެރި އުޅެނިކޮށް ވީގޮތެއް ނޭނގިގެން ހޯދަމުންދާއިރު އޭނާ މޫދުން އަރައިގެން ދިޔަތަން ދުށް ކަމަށް ބައެއް މީހުންނާ ހަވާލާދީ ކައުންސިލުން ބުނެއެވެ. އެމްއެންޑީއެފް ނޮދާން އޭރިއާގެ ސިފައިން އެރަށުގެ ވަށައިގެން ކަނޑުގެ ސަރަހައްދު ބެލުމުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި އެމްއެންޑީއެފްގެ ޓީމަކުން ފީނައިގެން ވެސް އޭނާ ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ގެއްލިގެން ހޯދަމުން ދަނީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށާއި އޭނާ ހެނދުނު މޫދަށް ގޮސްފައި ވަނީ އޭނާ ދިރިއުޅޭ ގޭ މީހުންނަށް ވެސް ނޭނގި ކަމަށް މައުލޫމާތުލިބިފައިވެއެވެ. އަދި އޭނާ ހޯދުމަށް ރަށު ތެރެ ބަލަމުންދަނީ ހެނދުނު 08:30 ހާއިރު އޭނާ މޫދުން އެރި ތަން ފެނުން ކަމަށް ބައެއް މީހުން ބުނާތީ ކަމަށް ވެސް ރަށު ކައުންސިލުން ބުނެއެވެ.

ނަމަވެސް ފުލުހުން ވެސް އަދި ސިފައިން ވެސް އެރަށުގެ ވަލު ތެރެ އާއި ރަށުގެ އެހެން ސަރަހައްދެއް ހޯދާފައިނުވާ ކަމަށް އަހްމަދު ރަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް