Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ޕާޓީތަކުގެ މަޝްވަރާ

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ލަންކާގައި ބޭއްވޭތޯ މަސައްކަތް ކުރަނީ

20 ޑިސެމްބަރު 2017 | ބުދަ 05:08

މަޝްވަރާތައް ބާއްވަން ޖެހެނީ މިނިވަން މާހައުލެއްގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 20 ޑިސެމްބަރު 2017 | ބުދަ 05:08
މިދިޔަ އަހަރުގެ ކުރީކޮޅު ބައެއް ޕާޓީތަކާއެކު ސަރުކާރުން ބޭއްވި މަޝްވަރާ ބައްދަލުވުމެއް

މިދިޔަ އަހަރުގެ ކުރީކޮޅު ބައެއް ޕާޓީތަކާއެކު ސަރުކާރުން ބޭއްވި މަޝްވަރާ ބައްދަލުވުމެއް | ޓްވިޓަރ

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ސްރީ ލަންކާގައި ބޭއްވޭތޯ މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ރާއްޖެއެމްވީއަށް ލިބިއްޖެ އެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ބޭރުގެ ޑިޕްލޮމެޓަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް ހައްލެއް ލިބެން އޮތީ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެއް މޭޒެއްގެ ދޮށުގައި ތިބެ، ޚިޔާލު ތަފާތުވުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްގެންނެވެ. އެހެންކަމުން، އެކަން ހަގީގަތަކަށް ހެދުމަށް ބައެއް ގައުމުތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޑިޕްލޮމެޓް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ހާލަތުން ޕާޓީތަކުގެ މަޝްވަރާތައް ބާއްވަންޖެހޭނީ މިނިވަން މާހައުލެއްގައި ލީޑަރުންނަށް ބައިވެރިވެވޭ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަޝްވަރާތައް ބާއްވަން އެންމެ އެކަށީގެންވަނީ ބޭރުގެ ގައުމެއްގައެވެ.

އެގޮތުން، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަޝްވަރާތައް ސްރީ ލަންކާގައި ފެށޭތޯ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އދ. އާއި ޔޫރަޕުގެ އިއްތިހާދު(އީޔޫ) އިންވެސް ދަނީ ލަންކާގައި ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށް ބާރުއަޅަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއަކުންވެސް މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުމެއް ނުވި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ތެރޭގައިވެސް ލަންކާގައި މަޝްވަރާތައް ބޭއްވުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް، ސަރުކާރުން އެގޮތަށް އެއްބަސްނުވުމުން އެފަހަރު އެކަން ކާމިޔާބެއް ނުވި އެވެ.

ސިޔާސީ ޕާޓީތަކުގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަޝްވަރާއަށް ސަރުކާރުން ގޮވާލި އެވެ. އެހެން ނަމަވެސް، އިދިކޮޅު ޕާޓީތަކުން ބުނީ، ޖަލު ހުކުމްތަކުގައި ތިއްބެވި ލީޑަރުން މިނިވަން ނުކުރަނީސް ސަރުކާރާއެކު ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށެވެ.

ސަރުކާރުން ބުނަމުންދަނީ، މަޝްވަރާތައް ފެށުމުގެ ކުރިން ޝަރުތުތަކެއް ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މަޝްވަރާގެ މޭޒުގައި އެކަންކަމާމެދު ވާހަކަ ދައްކައިގެން، ގާނޫނީ އިމުގެ ތެރެއިން ހޯދެން ހުރި ހައްލުތައް ހޯދުމަށް ސަރުކާރުން ވަނީ ގޮވާލާފަ އެވެ.

ޕާޓީތަކުން މަޝްވަރާއަށް ނުދާން ނިންމީ ގިނަ ސަބަބުތަކެއް ދެއްކުމަށް ފަހުގަ އެވެ. އެގޮތުން ޤާނޫނު އަސާސީއަށާއި ގާނޫނަށް ބެލުމެއް ނެތި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ނުޙައްގުން ދައުވާކޮށް ޖަލަށްލާފައިވާ ކަމާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް "އެއްވެސް އަސާސެއް ނެތް ތުހުމަތުތައް" ކޮށް ދައުވާ ކުރަމުންދާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ޕާޓީތަކުން ބުނީ، ސަރުކާރާ ޚިޔާލު ތަފާތުވާ ކޮންމެ ރައްޔިތަކަށް ބޮޑެތި އަނިޔާ ދެމުންދާ ކަމަށާއި ޕްރޮސިކިޔުޓަރ ޖެނެރަލަށާއި، ފަނޑިޔާރުންނަށާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ނާޖާއިޒު ނުފޫޒު ފޯރުވައި، ބިރުދައްކައި، އެފަރާތްތަކުގެ މިނިވަންކަން ނަގާލާފައިވާ ކަމަށެވެ. އަދި ސިފައިން ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލިސް ހިސޯރުކުރުމަށްފަހު އެ މުއައްސަސާގެ ހަގީގީ ބޭނުން ކަނޑާލާފައިވާ ކަމަށެވެ.

ޕާޓީތަކުން ބުނީ މިކަންކަން އިޞްލާޙުކުރުމަކީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށްގެން ކުރަންޖެހޭ ކަންކަން ކަމަށް ނުދެކޭ ކަމަށާއި ސަރުކާރުގެ ހެޔޮ ނިޔަތް އޮތްކަމުގައިވާނަމަ ގައުމުގައި އިސްލާހުކުރަން ހުރި ކަންކަމަކީ ސަރުކާރަށް މިހާރުން މިހާރަށްވެސް ކުރެވޭނެ ކަންތައްތައް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް