Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޭލު އެކްސިޑެންޓް

ރޭލެއް ދަގަނޑުން ކައްސާލައި، 3 މީހުން މަރުވެއްޖެ

100އެއްހާ މީހުންނަށް އަނިޔާވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 19 ޑިސެމްބަރު 2017 | އަންގާރަ 04:18
ރޭލުގެ ބައެއް ދަގަނޑުން ކައްސާލައި، ވެއްޓިފައި

ރޭލުގެ ބައެއް ދަގަނޑުން ކައްސާލައި، ވެއްޓިފައި

އެމެރިކާގެ ވޮޝިންޓަން ސްޓޭޓްގައި ދުއްވާފައިދިޔަ އެމްޓްރެކް ރޭލެއް ދަގަނޑުން ކައްސާލައި، ހައިވޭއެއްގެ މައްޗަށް ވެއްޓި، 3 މީހުން މަރުވެއްޖެއެވެ.

މިޙާދިސާގައި ޒަޚަމްވި ސަތޭކައަށް ވުރެ ގިނަ މީހުން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާއިރު، ބައެއް މީހުންގެ ޙާލު ސީރިއަސް ކަމަށް ހޮސްޕިޓަލްތަކުން ބުނެއެވެ. މިހާދިސާގައި ހިނގި އިރު، ރޭލު ދަތުރުކުރަމުންދިޔައީ ހައިވޭއެއް ހުރަސްކޮށް މަތިން އަޅާފައިވާ ރޭލު ދަގަނޑެއް މަތިންނެވެ. އަދި ރޭލު މަގުމައްޗަށް ވެއްޓުމުން 7 ވެހިކަލަކަށް ގެއްލުން ލިބިފައިވާއިރު، އޭގެ ތެރޭގައި ބޮޑު 2 ޓްރަކް ހިމެނެއެވެ. އަނިޔާވި މީހުންގެ ތެރޭގައި އެވަގުތު ހައިވޭގައި ދުއްވާފައި ދިޔަ ވެހިކަލްތަކުގައި ތިބި މީހުންނާއި މަގުމަތީގައި ތިބި މީހުން ހިމެނެއެވެ.

ކުރިން މުދާ އުފުލާ ރޭލު ދުއްވާ މި ރޫޓުން ފަސިންޖަރުން ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ. ވޮޝިންޓަން ސްޓޭޓްގެ ވެރިރަށް ސިއޭޓްލްއިން ފުރައިގެން މި ރޭލު ދަތުރުކުރީ ޕޯޓްލޭންޑަށެވެ.

ރޭލު ދަގަނޑުން ކައްސާލިއިރު، ރޭލުގައި 77 ފަސެންޖަރުންނާއި އެމްޓްރެކްގެ 7 މުވައްޒަފުން ދަތުރުކުރި ކަމަށް އެމެރިކާގައި ރޭލުގެ ޚިދުމަތްދޭ މައި ކުންފުނި އެމްޓްރެކުން ބުނެއެވެ.

ރޭލު ދަގަނޑުން ކައްސާލުމާއިއެކު ރޭލުގެ ޑްރައިވަރާއި އިންޖިނިއަރު ޑިސްޕެޗަށް ގުޅައިގެން ވަރަށް ހާސްވެ ތިބެ ވާހަކަ ދައްކާ އަޑު ހިމެނޭ އޯޑިއޯތަކެއް ވަނީ އާއްމުކޮށްފައެވެ.

މި ޙާދިސާއަށް ފަހު، ޙާދިސާގައި މަރުވި މީހުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މި އެކްސިޑެންޓަކީ އެމަނިކުފާނު ވަރަށް އަވަހަށް ހުށަހަޅުވަން ނިންމަވާފައިވާ އިންފްރާސްޓްރަކްޗަރ ޕްލޭން އަވަހަށް އެޕްރޫވް ކުރަން ޖެހޭކަމުގެ ހެއްކެއް ކަމަށެވެ.

އެކްސިޑެންޓް ހިނގި ރޭލު ދަގަނޑަކީ ދާދިފަހުން މަރާމާތުކޮށްފައިވާ ދަގަނޑެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު