Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންގެ ދުވަސް

އިހަވަންދޫ ކައުންސިލްގެ ރައްދު: އެއްބާރުލުން ނުދިނީއެއް ނޫން، އެއްބާރުލުން ޝައިނީ ބޭނުންފުޅު ނުވީ

17 ޑިސެމްބަރު 2017 | އާދީއްތަ 13:22

ގިޑިގެތައް ނަގަން އެންގިޔަސް ނުނެގި

| 17 ޑިސެމްބަރު 2017 | އާދީއްތަ 13:22
މަސްވެރިންގެ ދުވަހަށް އިހަވަންދޫގައި ހެދި ގިޑިގެތަކެއް

މަސްވެރިންގެ ދުވަހަށް އިހަވަންދޫގައި ހެދި ގިޑިގެތަކެއް

މި އަހަރުގެ މަސްވެރިންގެ ދުވަސް ހއ. އިހަވަންދޫގައި ފާހަގަކުރީ އެ ރަށު ކައުންސިލްގެ އެއްވެސް އެހީތެރިކަމެއް ނެތި ރައްޔިތުންގެ ތެރެއިން ބަޔަކު އަމިއްލައަށް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވި ނަމަވެސް، އެކަން އެ ރަށުގެ ކައުންސިލުން ދޮގުކޮށްފި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އިހަވަންދޫގައި ބޭއްވި ޖަލްސާގައި ޝައިނީ ވިދާޅުވީ އެ ރަށުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރީ، ކުރީގެ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލަކާ އެއްގޮތަށް ކަމަށެވެ. އޭގެ ފަހުން ކައުންސިލް ބަދަލުވެފައިވާއިރު، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރީގެ ކައުންސިލުން އެކުލަވާލި ޕްރޮޕޯސަލްއާ އެއްގޮތަށް އަމަލުކުރާނެކަމުގެ ޔަގީންކަން މިހާރު އޮތް ކައުންސިލުން ދިން ކަމަށް ޝައިނީ ވިދާޅުވި އެވެ. ނަމަވެސް އެކަމަށް އެއްބާރުލުން ނުލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިހާރު އިހަވަންދޫގައި އޮތީ އެމްޑީޕީގެ ކައުންސިލެކެވެ.

މަސްވެރިންގެ ދުވަހުގެ މަސައްކަތްތަކެއް މިނިސްޓަރު ޝައިނީކުރައްވަނީ

ފިޝަރީޒް މިނިސްޓަރު ޝައިނީގެ ވާހަކައަށް ރައްދު ދެއްވައި ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ގައުމީ ފެންވަރެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރާތީވެ، މީގެ ދޮޅު މަހެއްހާ ދުވަސްކުރިން ކައުންސިލުން އިންތިޒާމުތައް ފެށި ކަމަށެވެ. ޒީނަތްތެރި ކުރުމާއި، މަރުހަބާ ކިޔުމަށް ތައްޔާރުވުމާއި، މެހުމާނުން ތިއްބެވުމުގެ އިންތިޒާމް އަދި ކެއިންބުއިމުގެ އިންތިޒާމު ހަމަޖެއްސެވި ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަ ޖެހުނީ ކީއްވެ؟

އަށް އަހަރަށް ފަހު އިހަވަންދޫގައި މަސްވެރިންގެ ދުވަސް މި އަހަރު ފާހަގަކޮށްފައި ވާއިރު، އިންތިޒާމުތަކަށް ކައުންސިލުން ތައްޔާރުވަމުން ދިޔައީ ސަރުކާރާއި އެރަށުގައި ތިބި ޕީޕީއެމްގެ މެމްބަރުންނާ ވެސް ގުޅިގެންނެވެ.

"މިރަށުގެ ރައްޔިތުންނަކީ ގައުމީ ކަންކަމުގައި ސިޔާސީ ކަންކަން އިސްކުރާ ބައެއް ނޫން. އެހެންވެ، ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ލިބިގެން ދިޔަ. އެއްބާރުލުން ނުލިބޭ ކަމަށް ޝައިނީ ވިދާޅުވިޔަސް، ކައުންސިލާއި ރައްޔިތުންގެ އެހީތެރިކަން ލިބުނު. މައްސަލަ ދިމާވީ ސިޔާސީ ކުރި ހިސާބުން،" އޭނާ ވިދާޅުވި އެވެ.

އިހަވަންދޫގައި ފުރަތަމަ މައްސަލަ ދިމާވީ މަސްވެރިންގެ ދުވަހަށް ރަށް ޒީނަތްތެރިކޮށްފައި ވަނިކޮށް، ޕީޕީއެމްގެ މެމްބަރުން ރަށުގެ ބަނދަރުމަތީގައި، ފިޔާތޮށި ކުލައިގެ ފޮތި ދަމަންފެށުމުން ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ. ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކުރި ނަމަވެސް، ހުކުރު ދުވަހު ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ އެ ރަށަށް އަރައިވަޑައިގަތީ ބަނދަރުމަތީގައި ފިޔައިތޮށި ކުލައިގެ ފޮތި ދެމުމުން ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ. ފޮތި ދެމެންދެން މިނިސްޓަރުގެ ލޯންޗުކޮޅު އޮތީ ކަނޑުމަތީގައި މަޑުކޮށްލައިގެންނެވެ.

މުހައްމަދު ރަޝީދު ވިދާޅުވި ގޮތުން ހަމައެކަނި ފޮތި ދަމާފައި ނިންމާލީއެއް ނޫނެވެ. މަރުހަބާ ކިޔުމަށް މާބޮނޑި އާއި އެ މާބޮނޑި ހިފައިގެން ހުރުމަށް ކައުންސިލްގެ ޓާސްކްފޯހުން ކުއްޖަކު ހަމަޖައްސާފައިވަނިކޮށް، އެހެން މާބޮނޑިއެއް ހަވާލުކުރީ، ޕީޕީއެމްގެ މެމްބަރުން ހަމަޖެއްސި ކުއްޖެކެވެ. މިނިސްޓަރާއެކު ވަޑައިގެންނެވި މެހްމާނުންނަށް ތައްޔާރު ކުރި ކުރުނބާ ނުހިއްޕެވި އެވެ. މިނިސްޓަރަށް ވެސް ފަރިއްކޮޅު ތައްޔާރުކޮށްފައި ވަނިކޮށް، ފަރިއްކުޅުއްވަނީ އެހެން ތަނަކުން ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ޝައިނީ އިހަވަންދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް ހުރި ކަމަށާއި އެހެންވެ، މަސްވެރިން ދުވަހުގެ އިންތިޒާމުތައް އެހެން ބަޔަކާާ ހަވާލުކޮށްގެން ކުރިއަށް ގެންދާނެ ކަމަށް އިޝާރާކުރެއްވި ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ. ޝައިނީގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ގިޑިގެ ތަކުގެ މައްސަލަ އާއި ބައެއް އިންތިޒާމުތަކުގެ މައްސަލައެވެ.

"ރަށުގެ ބައެއް މަދުބަޔަކު [ޕީޕީއެމްގެ މެމްބަރުން] އޮތީ މިނިސްޓަރަށް ޝަކުވާ ގެންގޮސްފައި. ކައުންސިލްގެ އެއްބާރުލުން ނުލިބޭނެ ކަމަށް. އެއީ ހަގީގަތެއް ނޫން. މިކަން ގައުމީ ކަމަކަށްވުރެ ބޮޑަށް ސިޔާސީ ކަމަކަށް އެންމެ ފަހުވަގުތު ހެދުމުން ރަށުގެ ގިނަ ބަޔަކު ހިތްހަމަ ނުޖެހުނު،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

އެ ހިތްހަމަ ނުޖެހުން ސަރުކާރަށް ހައްލެއް ނުކުރެވުނު ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރި ޖަލްސާއަށް ކައުންސިލްގެ އެއްވެސް މެމްބަރަކަށް ދައުވަތު ނުދޭއިރު، ރަށުގެ މަސްވެރިންނަށް ވެސް ދައުވަތެއް ނުދެ އެވެ. އެހެންވެ، ޖަލްސާއަށް ރަށުގެ ގިނަ ބަޔަކު ހާޒިރުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ރަށްރަށުން އައި މީހުންނާއެކު ޖަލްސާއަށް ދިޔައީ ގާތްގަނޑަކަށް 130 ވަރަކަށް މީހުން. ޖަލްސާއަށް ދައުވަތު ނުލިބުނަސް، މި ރަށުގައި އެފަދަ ޖަލްސާއެއް ބާއްވާތީ ކައުންސިލްގެ މެމްބަރުން ދިޔައިން ޖަލްސާއަށް ވަންނަން. ފުލުހުން އެކަމަށް ހުރަސް އެޅީ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ގައުމީ ދުވަހެއް ފާހަގަކުރާއިރު ރަށްވެރިކަމުގެ ތަރައްގީ ރަށަށް ލިބޭ ކަމަށާއި ނަމަވެސް މިފަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ރަށަށް އެއްވެސް ކަހަލަ ތަރައްގީއެއް ލިބިފައި ނެތް ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަހުގެ ޖަލްސާއާ ދިމާކޮށް އިހަވަންދޫގައި ވަނީ ހޮނިހިރު ދުވަހުގެ ރޭ މުޒާހަރާވެސް ކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި

22 ފެބުރުއަރީ 2017
އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް