Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްރީ ޓްރޭޑް އެގްރިމެންޓް

ރައީސް ޔާމީން ވިދާޅުވަނީ ތެދުފުޅެއް، އެފްޓީއޭއާ އެކު ސިހިގެންދާވަރުގެ ބަދަލު އަންނާނެ: ރައީސް ނަޝީދު

14 ޑިސެމްބަރު 2017 | ބުރާސްފަތި 14:45

ހުރިހާ ބާވަތެއްގެ ވިޔަފާރީގައި ވެސް ދިވެހިންނަށް ލިބިގެންދާނީ ގެއްލުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 14 ޑިސެމްބަރު 2017 | ބުރާސްފަތި 14:45
ރައީސް ނަޝީދު އެމްޑީޕީގެ އިސްވެރިންނާ އެކު: ރައީސް ނަޝީދާއި އެމްޑީޕީން ވެސް ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ފާޑުކިޔާފައި

ރައީސް ނަޝީދު އެމްޑީޕީގެ އިސްވެރިންނާ އެކު: ރައީސް ނަޝީދާއި އެމްޑީޕީން ވެސް ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ފާޑުކިޔާފައި

ޗައިނާއާ އެކު ދިވެހި ސަރުކާރުން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި މެދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ތެދުފުޅެއް ކަމަށާއި، އެ އެއްބަސްވުމާ އެކު ހަޤީޤަތުގައި ވެސް ސިހިގެންދާވަރުގެ ބަދަލުތައް އަންނާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަވަށްޓެރި ސްރީ ލަންކާގައި ހުންނަވައި ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޗައިނާއާ އެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން، ހުރިހާ ބާވަތެއްގެ ވިޔަފާރީގައި ވެސް ދިވެހިންނަށް ލިބިގެންދާނީ ގެއްލުން ކަމަށެވެ.

"ކޮންމެ ބާވަތެއްގެ ވިޔަފާރިއަށް ބެއްލެވިޔަސް، އެއީ ކޮންސްޓްރަކްޝަން ވިޔަފާރިއަށް ވިޔަސް، އަދި ގަނެ ވިއްކާ ރީޓެއިލް ވިޔަފާރިއަށް ވިޔަސް، ދަނޑުވެރިކަމަށް ވިޔަސް، މިއިން ކޮންމެ ބާވަތެއްގެ ވިޔަފާރީގާ ވެސް އަޅުގަނޑަށް ފެންނަ ފެނުމުގާ މި އެގްރިމެންޓްގެ ސަބަބުން، ދިވެހިންނަށް ލިބޭ ގެއްލުން ވަރަށް ބޮޑު. އިސާހިތަކު ދިވެހި ދައުލަތް އެތެރޭން ހޮޅި ވެގެން ދާނެ. ދައުލަތުގެ އާރާ ބާރު ގެއްލި ކަމީނާ ވެގެންދާނެ. ދިވެހި އިޤުތިޞާދު ބޭރު ބައެއްގެ އަތްމައްޗަށް ފުރޮޅިގެންދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި އެއްބަސްވުމާ އެކު ސިހިގެންދާވަރުގެ ބަދަލުތައް އަންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ވިދާޅުވުމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ވިދާޅުވަނީ ތެދުފުޅެއް ކަމަށާއި، މި އެއްބަސްވުމާ އެކު، ހަމަ ހަޤީޤަތުގައި ވެސް ރައްޔިތުން ސިހިގެންދާ ވަރުގެ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"އާދެ ރައީސް ޔާމީން އެ ވިދާޅުވަނީ ތެދުފުޅެއް. ސިހިގެންދާފަދަ ބަދަލު އަންނާނެ. ބޮޑެތި ބަދަލު އަންނާނެ. އެހެންނަމަވެސް އަޅުގަނޑުމެން މި ކުރަންޖެހޭ ސުވާލަކީ، އެ ބަދަލުތައް އައުމުން ދެން ދިވެހި ރާއްޖެއަށާ ދިވެހިންނަށް، ވެގެން މިދަނީ ކިހިނެއްތޯއާއި މެދު އަޅުގަނޑުމެން ކުރަން މިޖެހޭ ސުވާލު. އަޅުގަނޑުގެ ނަޒަރުގާ، ރިޔާސީ އިންތިޚާބު މުހިއްމުވެގެން ދަނީވެސް، ރިޔާސީ އިންތިޚާބަށް މި، ހިފެހެއްޓުމެއް ނެތް ވިޔަފާރީގެ އެއްބސްވުން، އެބަ ގެންދެވޭ. އޭގެ ވޯޓަށް އެބަ ގެންދެވޭ. ރައްޔިތުންގެ މަޖިލީހުގަ އަޅުގަނޑުމެން އެބަ މި މަޝްވަރާ ކުރަންޖެހޭ. ރައްޔިތުންނަށް މިކަން ވަރަށް ބޮޑަށް އެބަ ސާފުކޮށްދޭން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހި މަސްވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ހުރިހާ ގޮތަކުން ވެސް ދިވެހިންގެ ދިރިއުޅުމަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ އެއްބަސްވުމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް