Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތޫފާން އޮކި

ތޫފާން އޮކިގެ ސަބަބުން ހޯރަފުއްޓަށް ލިބުނު ގެއްލުމުގެ ބަދަލު ނުދޭނެ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓުން އަންގައިފި

އެކަމުގެ ސަބަބުން ދިރިއުޅުމަށް ބުރޫއަރައި، ގެދޮރު ގެއްލި ނުވަތަ ދިރި ނޫޅެވޭވަރުގެ ގެއްލުންތަކެއް ވެފައި ނުވާ ކަމަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 14 ޑިސެމްބަރު 2017 | ބުރާސްފަތި 11:35
ތޫފާން އޮކިގެ ސަބަބުން ހޯރަފުއްޓަށް ލިބުނު ބައެއް ގެއްލުންތައް

ތޫފާން އޮކިގެ ސަބަބުން ހޯރަފުއްޓަށް ލިބުނު ބައެއް ގެއްލުންތައް

ނޮވެމްބަރު މަހުގެ ފަހުކޮޅު އިންޑިއާގެ ކަނޑުގައި އުފެދުނު ކޮޅިގަނޑެއް ބާރަގަދަވެ، ތޫފާނަކަށް ބަދަލުވެ ކުރި ވިއްސާރާގައި ހއ. ހޯރަފުއްޓަށް ލިބުނު ގެއްލުމުގެ ބަދަލު ނުދޭން ނިންމާފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހޯރަފުށި ކައުންސިލްއަށް އަންގައިފިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހޯރަފުށި ކައުންސިލްއަށް ފޮނުވި ސިޓީގައި ވަނީ އެ ރަށުގެ ކައުންސިލުން ފޮނުވި ރިޕޯޓުގައިވާ މައުލޫމާތުތަކަށް ބަލައި، އެކަމުގެ ސަބަބުން ދިރިއުޅުމަށް ބުރޫއަރައި، ގެދޮރު ގެއްލި ނުވަތަ ދިރި ނޫޅެވޭވަރުގެ ގެއްލުންތަކެއް ވެފައި ނުވާ ކަމަށެވެ.

ހަމައެހެންމެ މިފަދަ ކާރިސާތަކުގެ ސަބަބުން ދަނޑުބިންތަކާއި ވިޔަފާރި މުދަލަށް ލިބޭ ގެއްލުންތަކަށް އެހީދިނުމަކީ، އެ ސެންޓަރުން އެހީދޭ މިންގަނޑުގައި ހިމެނޭ ކަމަކަށް ނުވާތީ ކާރިސާތަކުގައި ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމުގެ ނިޒާމުގެ ދަށުން ހޯރަފުއްޓަށް އެހީތެރިކަން ފޯރުކޮށްދެވެން ނެތް ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓުން ވަނީ ހޯރަފުށި ކައުންސިލަށް އަންގާފައެވެ.

ވިއްސާރައިގެ ސަބަބުން ހޯރަފުށިން ވެއްޓިފައިވާ ފާރުތަކާއި ތަނބުތަކަކީ ސިމެންތިނުޖަހައި ހުރި ފާރުތަކެއްކަން އެ ރިޕޯޓުގައި ފާހަގަކޮށްފައި ވާތީ އިމާރާތްކުރުމުގައި އެފަދަ ކަންކަމަށް ސަމާލުވެ، ގޯތިގެދޮރަށާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފަރުދީ ފެންވަރުގައި މަސައްކަތްކުރުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

ހޯރަފުށި ކައުންސިލްއިން ފޮނުވި ރިޕޯޓުގައިވާ ގޮތުން ތޫފާން އޮކިގެ ސަބަބުން ކުރި ވިއްސާރާގައި އެރަށަށްވި ގެއްލުމުގެ ޖުމްލަ އަދަދު 129،815 (އެއްލައްކަ ނަވާވީސް ހާސް އަށްސަތޭކަ ފަނަރަ ރުފިޔާ) އަށް އަރައެވެ.

މި ތޫފާނުގެ ސަބަބުން ރާއްޖެއަށް ކުރި ވިއްސާރާގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކަށް ގެއްލުންވިއިރު ހޯރަފުއްޓަކީ ނިސްބަތުން ބޮޑަށް ގެއްލުންވި ރަށެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު