Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ކައުންސިލަރުންގެ ހުރިހާ ކަމެއް ގަދަ ބާރުން ހިފެހެެއްޓުމުގެ އެއްވެސް ޤާނޫނީ ބާރެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެންނެއް ނުވޭ: އެމްޑީޕީ

14 ޑިސެމްބަރު 2017 | ބުރާސްފަތި 08:59

ގއ އަތޮޅު ކައުންސިލަރުން ސަސްޕެންޑް ކުރީ ބާރުތައް މުށުތެރެއަށް ލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 14 ޑިސެމްބަރު 2017 | ބުރާސްފަތި 08:59
އެމްޑީޕީ އިން ބޭއްވި ޖަލްސާއެއްގެ ތެރެއިން

އެމްޑީޕީ އިން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ކައުންސިލަރުންގެ ހުރިހާ ކަމެއް ގަދަ ބާރުން ހިފެހެެއްޓުމުގެ އެއްވެސް ޤާނޫނީ ބާރެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިދީފައިނުވާ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އިން ބުނެފިއެވެ.

އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަކިލޭޝް މިޝްރާ ގއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ ކައުންސިލް މެމްބަރުން އެމަނިކުފާނާއި ބައްދަލު ކުރުމާއި ގުޅިގެން ކައުންސިލް މެމްބަރުން ތިން މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް އެލްޖީއޭ އިން ނިންމުމާ ގުޅިގެން އެމްޑީޕީ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހުވަދު އަތޮޅު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރެއްވުމާ ގުޅިގެން މުޅި ކައުންސިލް އެއްކޮށް 3 މަސް ދުވަހަށް ސަސްޕެންޑް ކުރުމަކީ ރައްޔިތުންގެ ތާޢީދު ސަރުކާރަށް ގެއްލުމުން މުޅި ނިޒާމު މުށުތެރެއަށްލުމަށް ކުރާ ޚުދުމުހުތާރު ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެލްޖީއޭގެ މިފަދަ ނިންމުންތަކުން ހާމަަވަނީ ޤާނޫނު އަސާސީގައި ބަޔާންކުރާފަދަ ލާމަރުކަޒީ ނިޒާމެއް ބިނާކުރުމުގެ ނިޔަތް ވެސް ނެތް ކަމެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ޙާލަތު ބައްލަވައި، ދިވެހިރާއްޖެއަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދެއްވާ ބޭރުގެ ޤައުމުތަކުގެ ސަފީރުން ދިވެހިންގެ ޙާލަތާއި، މަސައްކަތްތައް ބައްލަވާލެއްވުމަކީ ރާއްޖެއަށާއި ދިވެހިންނަށް އެކަމުގެ މަންފާ ލިބިގެންދާނެ ކަމެކެވެ .ވަކިން ޙާއްސަކޮށް ކައުންސިލަރުންނާ ބައްދަލު ކުރެއްވުމުން ރަށު ތަރައްޤީގެ ކަންކަން ގާތުން ދެނެގަނެވޭނެ ކަމަށާއި އެހެންކަމުން ކައުންސިލަރުންނާ ސަފީރުންނާ ގުޅުން ބަދަހިވުމަކީ މުހިއްމު ކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި ހާމަކަން ބޮޑު ގޮތުގައި ރާއްޖޭގެ ރަށްރަށުގެ ޙާލަތާ ގުޅޭ މައުލޫމާތު ބޭރުގެ ޤައުމުތަކަށް ލިބިގެންދާނެ ކަމެއް ކަމުގައިވެސް ދެކޭކަމަށް އެ ޕާޓީންގެ ބަޔާނުގައި ބުނެފައިވެއެވެ. . އެހެންކަމުން އެފަދަ ގުޅުންތައް ބަދަހިކުރުމަށް ފުރުޞަތު ދިނުމަކީ މައި ސަރުކާރުގެ ޒިންމާ ކަމަށާއި އަދި ސަރުކާރުން މިފަދަ ކަންކަމަށް ނުފޫޒު ފޯރުވައި ރައްޔިތުންނަށް ހުޅުވޭ މިފަދަ މުހިއްމު ދޮރުތައް ބަންދުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ކައުންސިލަރުންނަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުން ކަމުގައިވީހިނދު، އެކައުންސިލަރުންގެ ޤާނޫނީ ޒިންމާ އަދާކުރުަމަށް ދައުލަތުގެ މުއައްސަސާތަކުން ޖާގަ ދިނުމަށް ގޮވާލާ ކަމަށް ބުނެފައިވެއެވެ. އަދި މިހާރުން މިހާރަށް ގއ. އަތޮޅު ކައުންސިލަރުންގެ ސަސްޕެންޝަން އުވާލައި މިފަދަ ނޭއްގާނީ ކަންކަމުން ލޯކަލް ގަވަމަންޓް އޮތޯރިޓީ ދުރުވުމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް