Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަރުގެ ޖަލްސާ

އިންސާނީ ހައްގުތައް ކަށަވަރު ކޮށްދެވޭނީ އެ ގައުމެއްގައި އިންސާފު އޮވެގެން: ރޮޒޭ

12 ޑިސެމްބަރު 2017 | އަންގާރަ 03:29

ހައްގުތައް ގެއްލުމުގެ ޒިންމާ މުއައްސަސާތަކުން އުފުލަންޖެހޭ

ލީވާން އަލީ
ލީވާން އަލީ | 12 ޑިސެމްބަރު 2017 | އަންގާރަ 03:29
އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވާހަކަ ދައްކަވަނީ

އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވާހަކަ ދައްކަވަނީ

އިންސާނީ ހައްގުތައް ރައްޔިތުންނަށް ކަށަވަރު ކޮށްދެވޭނީ އެ ގައުމެއްގައި އިންސާފު އޮވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު އިއްތިހާދުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒޭ ވިދާޅުވީ، އިންސާނީ ހައްގުތައް ކަށަވަރު ކޮށްދެވޭނީ އެ ގައުމެއްގެ ކޯޓުތަކުން އިންސާފު ދެވި، ޒިންމާދާރުކުރުވަން ތިބި މިނިވަން މުއައްސަސާތަކުން ރަނގަޅަށް މަސްއޫލިއްޔަތު އަދާކުރުމުން ކަމަށެވެ.

Advertisement - newsAdvertisement

މި ގައުމުގައި އިންސާނީ ހައްގުތައް ލިބެމުންނުދާކަން ފާހަގަ ކުރައްވަމުން ރޮޒޭ ވިދާޅުވީ، މިވަގުތު އެންމެ ބޭނުންވަނީ އެޗްއާރްސީއެމްގެ ރައީސް އަދި ފޮރިން މިނިސްޓަރު ވެސް އިންސާފުން ކަންތައް ކުރުން ކަމަށާއި، އެބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުން އިންސާނީ ހައްގުތައް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރޮޒޭ ވިދާޅުވީ، މިހާރު އޮތް ސަރުކާރު އައި ފަހުން ރާއްޖޭގެ އިންސާނީ ހައްގުތައް ލިބެމުންދާ ގޮތުގެ ފުރިހަމަކަމާ ބެހޭގޮތުން ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ބަޔާންތައް ނެރެފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ސަރުކާރުގެ މުއައްސަސާތައް ނުކުޅެދިފައިވާ ކަމަށެވެ.

އެގޮތުން ރޮޒޭ ވިދާޅުވީ އިންސާނީ ހައްގުތައް ގެއްލިގެންދަނީ ސަރުކާރުން އެ ހައްގުތައް ހޯދައިދޭން ނުކުޅެދުމުން ކަމަށާއި، އެހިނދު ރައްޔިތުންނާ އެއްކޮޅަށް ނިކުންނަން އޮތް ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލިސް އަދި މިނިވަން މުއައްސަސާތައް ވެސް އޮތީ ހައްގުތައް ހޯދައިދޭން ނުކުޅެދިފައި ކަމަށެވެ.

މީގެއިތުރުން ރޮޒޭ ވިދާޅުވީ، އިންސާނީ ހައްގުތައް ހޯދައިދީ ކުރިއެރުވުމަށް ރާއްޖެއިން ވަނީ ފަހުރުވެރި ހައްގު ކާމިޔާބީތަކެއް ހޯދައިފައި ކަމަށް ސަރުކާރުން ބުނި ނަމަވެސް ރާއްޖޭގައި ދިރިހުރުމުގެ ހައްގު ވެސް ނުލިބޭ ކަމަށެވެ.

ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް ދެއްވި ހިތޯބުގައި ވިދާޅުވެފައިވާ ގޮތުގައި އިންސާނީ ޙައްޤުތަކުގެ ނަޒަރުން ބަލާއިރު މި އަހަރަކީ ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ކުރިއަރުވާ، ދެމެހެއްޓުމަށް ގިނަގުނަ ކާމިޔާބު މަސައްކަތްތަކެއް ކުރެވިގެންދިޔަ އަހަރެކެވެ. އެގޮތުން، ޖިނާޢީ އަދުލުގެ ނިޒާމާބެހޭ ޤާނޫނުތައް ފާސްވެ މި އަހަރު އަމަލުކުރަން ފަށާފައިވާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ޙައްޤުތަކުގެ ދުވަހެވެ. ހަމަމިއާއެކު، މި ދުވަހަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދީ އެ ޙައްޤުތައް ފޯރުކޮށްދެވޭ މިންވަރު ދެނެގަނެ، އެ ޙައްޤުތަކަށް މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރުމަށް ވަކި މުއައްސަސާއެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އުފެއްދިތާ 14 އަހަރު ފުރިގެންދާ މުނާސަބާވެސްމެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

16 މާރިޗު 2017

ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި

16 މާރިޗު 2017
ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
13 މާރިޗު 2017

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
27 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު

27 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
11 ފެބުރުއަރީ 2017

ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި

11 ފެބުރުއަރީ 2017
ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް