Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤުދުސްގެ މައްސަލަ

މިއީ އަޤްޞާ މިސްކިތް ތަޅައިލުމުގެ ފެށުން، ދިވެހިން އަޑުއުފުލަން ޖެހޭ: ޑރ. ޝަހީމް

6 ޑިސެމްބަރު 2017 | ބުދަ 14:36

މި މައްސަލައިގައި ދިވެހި ސަރުކާރުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 6 ޑިސެމްބަރު 2017 | ބުދަ 14:36
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ފަލަސްޠީނުގެ ޤުދުސްއަކީ އިޒްރާއީލުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަކީ އެކަމާ ދެކޮޅަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަޑުއުފުލަން ޖެހޭ ކަމެއް ކަމަށް ދެކިލައްވާ ކަމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް އެމަނިކުފާނުގެ ފޭސްބުކް ޕޭޖްގައި ވިދާޅުވީ، ފަލަސްޠީނާއި، ޤުދުސް އަދި އަލް މަސްޖިދުލް އަޤްޞާގެ ދިފާއުގައި ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުން އަޑު އުފުލަން ވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ޤުދުސްއަކީ އިޒްރާއީލުގެ ވެރިރަށް ކަމުގައި ކަނޑައެޅުމަކީ އަލް މަސްޖިދުލް އަޤްޞާ ތަޅައިލުމުގެ ފެށުން ކަމަށާއި، އަދި އެއީ އިސްލާމީ އުއްމަތާ ދެކޮޅަށް ހިންގޭ އަމަލެއް ކަމަށް ޑރ. ޝަހީމް ސިފަކުރެއްވިއެވެ.

ޝަހީމް މިގޮތަށް ވިދާޅުވެފައި މި ވަނީ، އިޒްރާއީލުގެ ވެރިރަށަކީ ޤުދުސް ކަމަށް ނިންމައި، އިޒްރާއީލުގެ ތެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ، ޤުދުސް އަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމުގެ މަޢުލޫމާތު ފަލަސްތީނުގެ ރައީސް މަޙުމޫދު އައްބާސްއާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިއްސާކުރައްވާފައި ވަނިކޮށެވެ.

އެމެރިކާގެ މި ނިންމުމާއި ގުޅިގެން ގިނަ މައްސަލަތަކެއް ނުކުންނާނެ ކަމަށް ބެލެވޭއިރު، ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް އާއި އުރުދުންގެ ރަސްގެފާނު ޢަބްދުﷲ 2 ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ރައީސް ޓްރަމްޕްއާ ހިއްސާ ކުރައްވާފައެވެ. އަދި އެމެރިކާގެ މި ނިންމުމާ ގުޅިގެން، އަރަބި، އިސްލާމީ ޤައުމުތަކާއި ވިލާތުގެ ބައެއް ޤައުމުތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މައްސަލައިގައި ދިވެހި ސަރުކާރުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިޒްރާއީލާއި ފަލަސްތީނާ ދެމެދުގައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލައަކީ ޤުދުސްގެ މައްސަލައެވެ. އިޒްރާއީލުން 1967 ވަނަ އަހަރު ކުރި ހަނގުރާމާގައި އިރުމަތީ ޤުދުސް ހިފުމަށް ފަހު، އިޒްރާއީލުން ޤަބޫލުކުރަނީ އިރުމަތީ ގުދުސްއަކީ އެމީހުންގެ ވެރިރަށުގެ ގޮތުގައެވެ. އެހެންނަމަވެސް ފަލަސްޠީނުން ބޭނުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެދުމުން، އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް ހެދުމަށެވެ.

ޤުދުސްގައި މިހާތަނަށް އެއްވެސް ޤައުމެއްގެ އެމްބަސީއެއް ޤާއިމްކޮށްފައެއް ނުވެއެވެ. އަދި ޤުދުސްއަކީ އިޒްރާއީލުގެ އިޚްތިޞާސް ހިނގާ އިޒްރާއީލުގެ ސަހަރެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ބަލައިގަނެފައެއް ވެސް ނުވެއެވެ.

އަދި ޤުދުސްއަކީ އިޒްރާއީލުގެ ވެރިރަށް ކަމުގައި ކަނޑައެޅުމަކީ އަލް މަސްޖިދުލް އަޤްޞާ ތަޅައިލުމުގެ ފެށުން ކަމަށާއި، އަދި އެއީ އިސްލާމީ އުއްމަތާ ދެކޮޅަށް ހިންގޭ އަމަލެއް ކަމަށް ޑރ. ޝަހީމް ޝިފަކުރައްވާފައިވާ އިރު މިއަދަކީ އިންޑިއާގައި 15 ވަނަ ގަރުނުގެ ކުރީކޮޅު ބިނާކުރި ޒަމާންވީ ބޮޑު މިސްކިތެއް ކަމަށްވާ ބާބްރީ މިސްކިތް ހަރުކަށި ހިންދޫން ވެގެން ތަޅާ ބިމާ ހަމަކޮށްލިތާ 25 އަހަރު ފުރުނު ދުވަހެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2017

ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް

28 އެޕްރީލު 2017
ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް
11 އެޕްރީލު 2017

"ދިރިއުޅުމަކީ މިއީބާ" ދެން ފެންނާނީ ރާއްޖެޓީވީން!

11 އެޕްރީލު 2017
 "ދިރިއުޅުމަކީ މިއީބާ" ދެން ފެންނާނީ ރާއްޖެޓީވީން!
27 މާރިޗު 2017

މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟

27 މާރިޗު 2017
މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟
27 މާރިޗު 2017

މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން

27 މާރިޗު 2017
މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން
22 މާރިޗު 2017

"މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"

22 މާރިޗު 2017
 "މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"
14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
10 މާރިޗު 2017

މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ

10 މާރިޗު 2017
މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ
08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
02 މާރިޗު 2017

ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ

02 މާރިޗު 2017
ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް