Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ "ދިރިއުޅުމަކީ މިއީބާ"

"ދިރިއުޅުމަކީ މިއީބާ" ދެން ފެންނާނީ ރާއްޖެޓީވީން!

11 އެޕްރީލު 2017 | އަންގާރަ 21:50

މި ސިލްސިލާގެ އެޕިސޯޑްތައް ދެއްކުމާ ގުޅޭ އެއްބަސްވުމުގައި ރާއްޖެޓީވީއާއި އެކު އަންގާރަ ދުވަހު ވަނީ ސޮއިކޮށްފަ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 11 އެޕްރީލު 2017 | އަންގާރަ 21:50
 "ދިރިއުޅުމަކީ މިއީބާ" ގެ އެއްބަސްވުމުގައި ސޮއިކުރުން

"ދިރިއުޅުމަކީ މިއީބާ" ގެ އެއްބަސްވުމުގައި ސޮއިކުރުން

މުޖުތަމައުގައި އެ އިރެއްގައި ހިނގާ މައްސަލަތަކާއި ގުޅޭގޮތުން މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓާރ ޔޫސުފް ރަފީއު (ޔޫސޭ) ތައްޔާރުކުރާ "ދިރިއުޅުމަކީ މިއީބާ" ގެ އެޕިސޯޑުތައް ދެން ފެންނާނީ ރާއްޖެޓީވީންކަމަށް ޔޫސުފް ރަފީއު ވިދާޅުވެއްޖެއެވެ.

އަންނަ ރަމަޟާން މަހަށް ޚާއްސަކޮށްގެން ގެނެސްދިމުމަށް ހަމަޖެހިފައިވާ ހެއްވާ މަޖާ މި ސިލްސިލާގެ އެޕިސޯޑްތައް ދެއްކުމާ ގުޅޭ އެއްބަސްވުމުގައި ރާއްޖެޓީވީއާއި އެކު އަންގާރަ ދުވަހު ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ޔޫސުފް ރަފީއު ސޮއިކުރެއްވިއިރު، ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޝަންގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވަމުން ޑައިރެކްޓަރު ޔޫސުފް ރަފީއު ވިދާޅުވީ، މީ އެތައް ދުވަހެއްގެ އިންތިޒާރުކަމަށާއި، ރާއްޖެޓީވީފަދަ ބޮޑު އޯޑިއަންސްއަކުން "ދިރިއުޅުމަކީ މީއީބާ؟" ގެ އެޕިސޯޑްތައް ދެއްކުމަށް ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މިއީ ބެލުންތެރިން 4 އަހަރު ދުވަހު މެދުނުކެނޑި ކުރި އިންތިޒާރެއްގެ ނިމުންކަމަށް ޔޫސޭ ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވަމުން ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ، "ދިރިއުޅުމަކީ މީއީބާ؟" ގެ އެޕިސޯޑްތައް ރާއްޖެޓީވީން ދެއްކުމަށް ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތީންކަމަށާއި، އެ ފުރުސަތު ތަނަވަސް ކޮށްދިނީތީ، ޑައިރެކްޓަރ ޔޫސޭއަށް ޝުކުރު ދަންނަވާކަމަށެވެ. އަދި "ދިރިއުޅުމަކީ މީއީބާ؟"ގެ ސަބަބުން ރޯދަމަހުގެ ކޮންޓެއްޓަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް ފިޔާޒް ވިދާޅުވިއެވެ.

މުޖުތަމައުގައި އެއިރެއްގައި ހުންނަ އެންމެ ޓްރެންޑިން މައްސަލަތަކާއި ގުޅޭގޮތުން ގެނެސްދެމުންދާ "ދިރިއުޅުމަކީ މީއީބާ" ހުއްޓުމެއް ނެތި ގެނެސް ދޭތާ މިއީ 37 ވަނަ އަހަރެވެ. އަދި މިއަހަރުގެ ރަމަޟާން މަހު ރާއްޖެޓީވީން ގެނެސްދޭނީ، މި ސިލްސިލާގެ 200 ވަނަ އެޕިސޯޑުން ފެށިގެންނެވެ.

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2017

ޔާމީންގެ މަރުގެ މައްސަލައާއި ފާރިސްގެ ޝަރީއަތް ލައިވް ކުރުމުގެ ހުއްދައަށް ރާއްޖެޓީވީން އެދިއްޖެ

14 ސެޕްޓެމްބަރު 2017
ޔާމީންގެ މަރުގެ މައްސަލައާއި ފާރިސްގެ ޝަރީއަތް ލައިވް ކުރުމުގެ ހުއްދައަށް ރާއްޖެޓީވީން އެދިއްޖެ
04 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީން ޓެލެތޯންއެއް ބާއްވަނީ

04 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީން ޓެލެތޯންއެއް ބާއްވަނީ
14 އޯގަސްޓު 2017

"މޭޑް އިން މޯރޑިސް"ގެ ޝޯވްތައް ރާއްޖެޓީވީން ދައްކަން ނިންމައިފި

14 އޯގަސްޓު 2017
"މޭޑް އިން މޯރޑިސް"ގެ ޝޯވްތައް ރާއްޖެޓީވީން ދައްކަން ނިންމައިފި
18 މެއި 2017

އައްޑޫ ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީން "އައްޑޫރިލީފް ފަންޑް" ހުޅުވައިފި

18 މެއި 2017
އައްޑޫ ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީން "އައްޑޫރިލީފް ފަންޑް" ހުޅުވައިފި
04 މެއި 2017

ރައީސް ޔާމީނުގެ އަބުރާ ބެހުނު ކަމަށް ބުނެ ކުރި އެއްމިލިއަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައިފި

04 މެއި 2017
ރައީސް ޔާމީނުގެ އަބުރާ ބެހުނު ކަމަށް ބުނެ ކުރި އެއްމިލިއަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައިފި
16 އެޕްރީލު 2017

ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

16 އެޕްރީލު 2017
ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
10 މާރިޗު 2017

ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި

10 މާރިޗު 2017
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
08 މާރިޗު 2017

ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ

08 މާރިޗު 2017
ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް