Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސީހުގެ ވޯޓް

މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟

މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަށް ވޯޓު ދެއްވޭނީ ވޯޓް އެއްވަރު ވެއްޖެ ހިނދެއްގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 މާރިޗު 2017 | ހޯމަ 14:25
މަޖިލީހުގެ ނައިބު ރައީސް މޫސާމަނިކު

މަޖިލީހުގެ ނައިބު ރައީސް މޫސާމަނިކު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ލުމަށްޓަކައި ވޯޓް ލާނެގޮތެއް ކަނޑައެޅުމަށް ނެގި ވޯޓުގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް މޫސާމަނިކު އާއި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވޯޓް ދެއްވާފައިވާ ކަމަށް މަޖިލީހުގެ ވޯޓިން ސިސްޓްމުން ދައްކައިފި އެވެ.

މޫސާމަނިކު އާއި މަހުލޫފް ވޯޓް ދެއްވާފައި ވަނީ ނުފެންނަ ކަމަށެވެ.

Advertisement - newsAdvertisement

ވޯޓަށް އަހާފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕް ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ހުށަހެޅުއްވި ހުށަހެޅުއްވުމަށެވެ. އެއީ ވަކިވަކި މެމްބަރުންނާ ސުވާލުކޮށްގެން ވޯޓު ނެގުމަށެވެ.

ނިހާނުގެ އެހުށަހެޅުން 45 މެމްބަރުންގެ އިޣްލަބިއްޔަތުން ފާސްވެއްޖެ ކަމަށް އިއުލާނު ކުރެއްވިއިރު، ނުފެންނަ ކަމަށް ދެ މެމްބަރުން ތިއްބެވި ކަން ވެސް ވަނީ އިއުލާން ކުރައްވާފަ އެވެ. ނުފެންކަމަށް ވޯޓު ދެއްވި ކަމަށް ސިސްޓަމުން ދައްކަނީ މިޖަލްސާގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންނުވާ، ރިޔާސަތުގައި އިންނެވި މޫސާމަނިކު އާއި ޖަލުގައި ހުންނެވި މަހުލޫފް އެވެ.

ރިޔާސަތުގައި އިންނެވި މޫސަ އާއި ޖަލުގައި ހުންނެވި މަހްލޫފް "ރަތަށް" ވޯޓް ދެއްވާފަ

މީގެ އިތުރުން ވޯޓްލި ވަގުތު އިތުރު މެމްބަރުންގެ ވޯޓާ ވެސް ކުޅެ ސިސްޓަމްގެ "މައުސް މޫވްމަންޓްތައް" ވެސް ފެނިގެންދިޔަ އެވެ.

މިއީ މަޖިލީހުގެ ރިޔާސަތުން މިފަދަ ގޮތަކަށް ވޯޓް އޮޅުވާލި ފުތަރަމަ ފަހަރެވެ.

ވޯޓް ނެގި ވަގުތު، މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ގެންދެވީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރައްވަމުންނެވެ. ނަމަވެސް މޫސަ ވަނީ ވޯޓުލުން ކުރިއަށް ގެންދަވާފަ އެވެ.

ނިހާނުގެ އެހުށަހެޅުން ފާސްވެއްޖެކަމަށް މޫސާ އިއުލާނު ކުރެއްވުމާ އެކު ޖަލްސާ ކުރިއަށް ނުގެންދެވޭވަރަށް މަޖިލީހުގެ ތަޅުން ހޫނު ވުމުގެ މަޖިލިސް ވަނީ މެދުކަނޑާލާފަ އެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

މޫސަގެ އިތުބާރުގެ ވޯޓާ ދިމާކޮށް ރަށުން ބޭރުން ނުދާން ޕީޕީއެމް ޕީޖީ މެންބަރުންނަށް އަންގައިފި

04 އެޕްރީލު 2017
މޫސަގެ އިތުބާރުގެ ވޯޓާ ދިމާކޮށް ރަށުން ބޭރުން ނުދާން ޕީޕީއެމް ޕީޖީ މެންބަރުންނަށް އަންގައިފި
30 މާރިޗު 2017

މަހުލޫފްގެ މައްސަލަ މި ދަނީ ތަޙްގީގްކުރަމުން، ބައްދަލުކުރަންޖެހިންޖެ ނަމަ އެކަން ކުރާނަން: އެޗްއާސީއެމް

30 މާރިޗު 2017
މަހުލޫފްގެ މައްސަލަ މި ދަނީ ތަޙްގީގްކުރަމުން، ބައްދަލުކުރަންޖެހިންޖެ ނަމަ އެކަން ކުރާނަން: އެޗްއާސީއެމް
28 މާރިޗު 2017

މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޭޕްރީލް 11 އެޖެންޑާ ކޮށްފި

28 މާރިޗު 2017
މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޭޕްރީލް 11 އެޖެންޑާ ކޮށްފި
28 މާރިޗު 2017

މޫސަގެ އިތުބާރު ނެތް ކަމުގެ ވޯޓް ވެސް ފެއިލް ކޮށްލާނަން:ނިހާން

28 މާރިޗު 2017
މޫސަގެ އިތުބާރު ނެތް ކަމުގެ ވޯޓް ވެސް ފެއިލް ކޮށްލާނަން:ނިހާން
24 މާރިޗު 2017

މަހުލޫފް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވައިފި

24 މާރިޗު 2017
މަހުލޫފް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު