Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހދ. އަތޮޅުގެ ކެމްޕެއިން

ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް

28 އެޕްރީލު 2017 | ހުކުރު 10:53

ޓީމްގައި އިސްކޮށް ހުންނެވީ އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 28 އެޕްރީލު 2017 | ހުކުރު 10:53
ހދ. އަތޮޅު ކުރިނބީގެ ކެމްޕޭންޓީމާއި ބައްދަލުކުރަނީ

ހދ. އަތޮޅު ކުރިނބީގެ ކެމްޕޭންޓީމާއި ބައްދަލުކުރަނީ

އެމްޑީޕީގެ ކެމްޕޭން ޓީމްތަކުން މިހާރު ކުރަމުންދާ މަސައްކަތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް އެމްޑީޕީން ކުރާ މަސައްކަތުގެ އެންމެ މުހިންމު މަސައްކަތް ކަމަށް އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވަފުދު ހދ. އަތޮޅު ކުރިނބި އަށް ވަޑައިގެން، ކައުންސިލް އިންތިހާބުގައި އެރަށުގެ ކައުންސިލް ގޮނޑިތަކަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި ކެމްޕޭން ޓީމްތަކާ ބައްދަލުކުރެއްވުމަށް ފަހު ޝިފާޒް ވިދާޅުޅީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީން ނަގާނެ ކަމަށެވެ. އެހެންނަމަވެސް މެއި މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބު މިނިވަން އިންސާފްވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ކެމްޕޭންޓީމްތަކުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އެގޮތުން އިންތިހާބުގައި އޮބްސާވަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނާއި މޮނިޓަރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޝިފާޒް ވަނީ ވިދާޅުވިއެވެ. އަދި އިންތިހާބުގެ ވޯޓާސް ލިސްޓުގައި ކާކު ކޮންތާކަށްތޯ ވޯޓްލުމަށް ރަޖިސްޓްރީ އޮތީ މިއަދު ބަލަންޖެހޭ ކަމަށް ޝީފާޒް ވިދާޅުވިއެވެ.

ހދ އަތޮޅު ކުރިންބީގެ ކެމްޕޭންޓީމާއި ބައްދަލުކުރަނީ

ހުކުރު ދުވަހު ހެނދުނު ކުރިނބީ އެމްޑީޕީގެ ޖަގަހާގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ޝިފާޒާއި، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ މުލަކު މެމްބަރު އިބްރާހިމް ނަސީރުގެ އިތުރުން އެޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
10 މާރިޗު 2017

މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ

10 މާރިޗު 2017
މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ
08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް